ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޖަލު ހުކުމާއި ޖޫރިމަނާގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރުމާ މެދު އަންނަ އާދިއްތަ ދުވަހު ގޮތެއް ނިންމަން ހައި ކޯޓުން މިއަދު ހަމަޖައްސައިފި އެވެ.
10 އޯގަސްޓް 2023
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޖަލު ހުކުމާއި ޖޫރިމަނާގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރުމާ މެދު އަންނަ އާދިއްތަ ދުވަހު ގޮތެއް ނިންމަން ހައި ކޯޓުން މިއަދު ހަމަޖައްސައިފި އެވެ.
ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީން 11 އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރަން އެމަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓަށް އޮތީ ހުށަހަޅުއްވައިފަ އެވެ.
އިސްތިއުނާފް މައްސަލަ ނިމެންދެން ޖަލު ހުކުމާއި ޖޫރިމަނާގެ އަދަބު ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރަކަށް ޔާމީންގެ ފަރާތުން އެދިވަޑައިގަތުމުން ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުން ނިންމާލަމުން ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އެކަމުގައި ނިންމާ ގޮތެއް އާދިއްތަ ދުވަހު ލިޔުމުން އަންގަވާނެ ކަމަށެވެ.
ދައުލަތުން ބުނެފައިވަނީ މިހާރު ރާއްޖޭގެ ގާނޫނު އޮތްގޮތުން އެގޮތަށް ހުކުމް ތަންފީޒު ކުރުން ފަސް ނުކުރެވޭނެ ކަމަށެވެ. ނަމަވެސް ޔާމީންގެ ވަކީލުން ވިދާޅުވަމުން ގެންދަވަނީ ސުޕްރީމް ކޯޓުން ވެސް ކުރިން ބައެއް ބޭފުޅުންގެ ޖަލު ހުކުމް ފަސްކޮށްދީފައިވާތީ ޔާމީނަށް އެ ފުރުސަތު ލިބިވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ.
ހައި ކޯޓުން އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު މުހައްމަދު ސަލީމާއި ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު ހުޒައިފާ މުހައްމަދެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ސަލީމެވެ.
ޔާމީންގެ ޖަލު ހުކުމާއި ޖޫރިމަނާގެ އަދަބު އޮތުމުގެ ސަބަބުން އެމަނިކުފާނަށް އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ވަނީ ބަންދުވެފަ އެވެ. އެއީ ގާނޫނު އަސާސީ ބުނާގޮތުން ޖިނާއީ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ބޭފުޅުންނާއި ހުކުމާ އެއްގޮތަށް ސާބިތު ދަރަނި ނުދައްކާނަމަ ޝަރުތު އުނިވާތީ އެވެ.
ޖޫރިމަނާ ފައިސާ ނުދައްކަވާ އޮތުމުން އެ ފައިސާ ހޯދަން އެޓަނީ ޖެނެރަލްގެ އޮފީހުން މިހާރު ވަނީ ސިވިލް ކޯޓަށް މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ.
ޔާމީންގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައެއް ނުގަތް
ޔާމީންގެ ޖަލު ހުކުމުގެ އިސްތިއުނާފް ބުދަ ދުވަހު ފަށަނީ
ހައިކޯޓު ފަނޑިޔާރުންނާ ބައްދަލުކުރަން އިދިކޮޅުން އެދެފި
އާރަށް ހޯދަން އުޅުނު ކަމެއް ނޭނގޭ: ޔާމީން
ޔާމީންގެ ޖަލު ހުކުމް ފަސްކުރެވޭނެ ހަމައެއް ނެތް: ޕީޖީ
ފުއްގިރި މައްސަލާގެ ހުށަހެޅުންތައް ބަލައެއްނުގަތް
ފުއްގިރި ދައުވާ: ސުޕްރީމް ކޯޓުން ޔާމީނަށް ނާކާމިޔާބު
"އެއީ ޑޮލަރު ގަތުމުގެ މުއާމަލާތެއް، ރިޝްވަތެއް ނޫން"
ފުއްގިރި މައްސަލަ އަވަސް ކުރާތީ ޔާމީންގެ ނުރުހުން
ޔާމީންގެ މައްސަލަ ރަޖިސްޓަރީ ނުކުރޭ، ކަންބޮޑުވުން!