ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފްގެ ޝަރީއަތް އަންނަ ބުދަ ދުވަހު ފަށަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.
04 ޖޫން 2023
ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފްގެ ޝަރީއަތް އަންނަ ބުދަ ދުވަހު ފަށަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީން 11 އަހަރަށް ޖަލަށްލައި އަދި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކުރި ހުކުމް އިސްތިއުނާފް ކުރަން އެ މަނިކުފާނު ފަރާތްޕުޅުން އޮތީ ހުށަހަޅުއްވައިފަ އެވެ.
އެ މައްސަލައިގެ ޝަރީއަތް އަންނަ ބުދަ ދުވަހު ފަށަން ހަމަޖައްސާފައިވާކަން ހައި ކޯޓުން ކަށަވަރު ކޮށްދިނެވެ.
ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމަށްފަހު، އެ މައްސަލާގައި އެމަނިކުފާނު ލޯންޑާ ކުރެއްވި 52 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން ކްރިމިނަލް ކޯޓުން ކުރިން އަމުރެއް ނެރުނެވެ. ނަމަވެސް އެ އަމުރު ހައި ކޯޓުން ފަހުން ވަނީ ބާތިލްކޮށްފަ އެވެ.
ޖަލު ހުކުމާ އެކު، ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ޔާމީނަށް މިވަގުތު ވަނީ ބަންދުވެފަ އެވެ. އެހެން ނަމަވެސް ހައި ކޯޓުން އެމަނިކުފާނުގެ ޖަލު ހުކުމް ބާތިލްކޮށްފިނަމަ އެ ފުރުސަތު އަލުން ލިބިވަޑައިގަންނަވާނެ އެވެ.
ޔާމީންގެ ހުކުމް ފަސްކުރުމާ މެދު ގޮތެއް ނިންމަނީ
ޔާމީންގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައެއް ނުގަތް
ހައިކޯޓު ފަނޑިޔާރުންނާ ބައްދަލުކުރަން އިދިކޮޅުން އެދެފި
އާރަށް ހޯދަން އުޅުނު ކަމެއް ނޭނގޭ: ޔާމީން
ޔާމީންގެ ޖަލު ހުކުމް ފަސްކުރެވޭނެ ހަމައެއް ނެތް: ޕީޖީ
ފުއްގިރި މައްސަލާގެ ހުށަހެޅުންތައް ބަލައެއްނުގަތް
ފުއްގިރި ދައުވާ: ސުޕްރީމް ކޯޓުން ޔާމީނަށް ނާކާމިޔާބު
"އެއީ ޑޮލަރު ގަތުމުގެ މުއާމަލާތެއް، ރިޝްވަތެއް ނޫން"
ފުއްގިރި މައްސަލަ އަވަސް ކުރާތީ ޔާމީންގެ ނުރުހުން
ޔާމީންގެ މައްސަލަ ރަޖިސްޓަރީ ނުކުރޭ، ކަންބޮޑުވުން!