30 އޯގަސްޓް 2023
ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދިފާއީ ހެކިން ދެއްކި ވާހަކަތަކަށް ދަށު ކޯޓުން ރިއާޔަތް ނުކުރީ ބުއްދި ގަބޫލު ނުކުރެވޭ ވާހަކަތަކެއް އެ ހެކިން ދައްކާފައިވާތީ ކަމަށް ދައުލަތުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ.
ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދިފާއީ ހެކިން ދެއްކި ވާހަކަތަކަށް ދަށު ކޯޓުން ރިއާޔަތް ނުކުރީ ބުއްދި ގަބޫލު ނުކުރެވޭ ވާހަކަތަކެއް އެ ހެކިން ދައްކާފައިވާތީ ކަމަށް ދައުލަތުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ.
އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) ގެ ޖޫރިމަނާގެ ހުކުމެއް އޮތީ އިއްވައިފަ އެވެ. އެ މައްސަލާގައި ޔާމީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް ވެސް އޮތީ އިއްވައިފަ އެވެ. އެ މައްސަލަ ޔާމީނާއި ޔޫސުފް ނައީމްގެ ފަރާތުން ހައި ކޯޓުގައި ވަނީ އިސްތިއުނާފް ކުރައްވައިފަ އެވެ.
ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ އެއީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށް ދިފާއީ ހެކިން ހެކިބަސް ދިނަސް، އެ ހެކިބަސް ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ އެ ހެކިން ދެއްކި ވާހަކައަކީ ބުއްދި ގަބޫލުނުކުރެވޭ ފަދަ ހަމަނުޖެހޭ ވާހަކަތަކަށް ވާތީ ކަމަށެވެ. އަދި އެފަދަ ހާލަތްތަކުގައި ހެކިބަހަށް ބުރަދަން ނުދެވޭނެ ކަމަށް ބޭރު ގައުމުތަކުގެ ކޯޓުތަކުން ނިންމާފައިވާ ކަމަށް ދައުލަތުން ބުންޏެވެ. އެހެންވެ، އެ ހެކިންގެ ހެކިބަހަށް ބުރަދަން ނުދޭން ނިންމުމުގައި ގޯހެއް ނެތް ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުން ބުނީ ޔޫސުފް ނައީމް އަތުން ލިބިވަޑައިގަތް ފައިސާއަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށް ފަހުން ވިދާޅުވިޔަސް، އެ ފައިސާއަކީ ސިޔާސީ ކެމްޕެއިނަށް ލިބިވަޑައިގަތް ފައިސާއެއް ކަމަށް އެމަނިކުފާނު ބޭންކަށް މައުލޫމާތު ދެއްވި ކަމަށެވެ. އެހެންވެ، އެކަމާ މެދު ސުވާލު އުފެދޭ ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުން ބުނި ގޮތުގައި އެއީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ނަމަ ޑޮލަރު ގަތުމަށްޓަކައި ޔޫސުފް ނައީމަށް ދިވެހި ރުފިޔާ ޔާމީން ދެއްވިކަން ސާބިތުކޮށް ދޭންޖެހޭނެ އެވެ. ނަމަވެސް އެފަދަ ފައިސާއެއް ނަގުދު ފައިސާއިން ވެސް ޔާމީން ގެންގުޅުއްވި ކަން އެމަނިކުފާނުގެ މާލީ ބަޔާންތަކުން އެނގެން ނެތް ކަމަށް ދައުލަތުން ބުންޏެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަކީ ޔާމީނާ މެދު އަދާވާތްތެރި ބައެއް ކަމަށްވާތީ އެ މީހުންގެ ހެކިބަސް ބަލައިނުގަނެވޭނެ ކަމަށް ޔާމީންގެ ފަރާތްޕުޅުން ވިދާޅުވެފައި ވިޔަސް، ދައުލަތުން ބުނީ ޔާމީންގެ ވެރިކަމުގައި އެ ދެ ބޭފުޅުން ޖަލަށްލާފައިވާތީ އެއީ އަދާވާތްތެރިކަމެއް އޮންނަންޖެހޭ ސަބަބެއް ނޫން ކަމަށެވެ. އަދި އެގޮތަށް ބަލާ ނަމަ ރައީސުންނާ ދެކޮޅަށް ހެކިބަސް ދެވޭނެ މީހަކު ނުހުންނާނެ ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުން ބުނި ގޮތުގައި އަދީބާއި ޒިޔަތު ދިން ހެކިބަހަކީ ދޮގެއް ނަމަ އެކަން ސާބިތުކޮށްދޭން ދިފާއީ ހެކި ހުށަހެޅުމުގެ ފުރުސަތު ޔާމީނަށް އޮންނާނެ އެވެ. ނަމަވެސް އެފަދަ ހެއްކެއް ޔާމީންގެ ފަރާތުން ހުށަހަޅުއްވާފައިނުވާ ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުން ބުނީ އަދީބާއި ޒިޔަތުގެ ހެކިބަސް ބޭނުން ނުކުރިޔަސް، އެ މައްސަލާގައި ކުށް ސާބިތުވާނެ ކަމަށެވެ. އަދި އެ ބޭފުޅުންގެ ހެކިބަހަށް ރިއާޔަތް ނުކުރިޔަސް، އެ ހެކިބަހަށް ބާރުލިބޭ އެހެން ހެކި އެބަހުރި ކަމަށް ދައުލަތުން ބުންޏެވެ.
މީގެ އިތުރުން ދައުލަތުން ބުނީ ތަހުގީގުގައި ޔާމީން ހަނު ހުންނަވާފައިވާ ކަމަށާއި އެކަމަކު ދިފާއު ބިނާކުރުމުގެ ފުރުސަތު އެމަނިކުފާނަށް ދަށު ކޯޓުގައި ލިބިވަޑައިގަތް ކަމަށް ދައުލަތުން ބުންޏެވެ. އަދި ތަހުގީގުގައި ހަނު ހުންނެވިޔަސް، އެކަން ޔާމީނާ ދެކޮޅަށް ދަށު ކޯޓުން ބޭނުން ކޮށްފައިނުވާ ކަމަށް ދައުލަތުން ބުންޏެވެ.
އެ މައްސަލާގެ އިތުރު އަޑުއެހުމެއް ފަހުން ބާއްވާނެ އެވެ.
ހައި ކޯޓުން އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ހުޒައިފާ އެވެ.
ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ ސަބަބުން އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ވަނީ ބަންދުވެފަ އެވެ.
"ލޯންޑާ ކުރިނަމަ އެކައުންޓްގައި ފައިސާ ނުބަހައްޓާނެ"
ފުއްގިރި ދައުވާ: ސުޕްރީމް ކޯޓުން ޔާމީނަށް ނާކާމިޔާބު
ޔާމީނަށް ކާމިޔާބު، 52 މިލިއަންގެ އަމުރު ބާތިލް
ފުއްގިރި މައްސަަލަ:ޔާމީންގެ އިސްތިއުނާފް ނާކާމިޔާބު
52 މިލިއަން ދޭން އެންގި މައްސަލާގެ ހުކުމް މާދަމާ
ޔާމީންގެ ޖަލު ހުކުމުގެ އިސްތިއުނާފް ބަލައިގެންފި
ފުއްގިރި މައްސަލަ މަޑުޖައްސާލަން ހައި ކޯޓުން އަންގައިފި
52 މިލިއަން ދައްކަން އެންގީ ގޯސްކޮށް: ވަކީލް
52 މިލިއަން ދޭން އެންގި މައްސަލަ ބުދަ ދުވަހު ފަށަނީ
ޔާމީންގެ އިސްތިއުނާފް އިސްލާހުކޮށް އަލުން ހުށަހަޅައިފި