06 ސެޕްޓެމްބަރ 2023
ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑާކުރަން ބޭނުންވި ނަމަ ރާއްޖޭގެ ބޭންކެއްގައި ހުރި އަމިއްލަ އެކައުންޓަކަށް އެ ފައިސާ ޖަމާ ނުކުރާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައި ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑާކުރަން ބޭނުންވި ނަމަ ރާއްޖޭގެ ބޭންކެއްގައި ހުރި އަމިއްލަ އެކައުންޓަކަށް އެ ފައިސާ ޖަމާ ނުކުރާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައި ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.
އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީން 11 އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. އަދި އެ މައްސަލާގައި ރިޝްވަތު ދިނުމުގެ ކުށް ސާބިތުވެ، ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް ވެސް ވަނީ އިއްވައިފަ އެވެ. އެ ހުކުމް އެ ދެ ބޭފުޅުން ފަރާތުން ވަނީ އިސްތިއުނާފް ކޮށްފަ އެވެ.
ހައި ކޯޓުގައި މިއަދު ބޭއްވި ޔާމީން ވިދާޅުވީ ގިނަ އަދަދެއްގެ ފައިސާއެއް މީހެއްގެ އެކައުންޓަށް ޖަމާވެއްޖެނަމަ ކަމާބެހޭ އިދާރާތަކުން އެކަން ބަލަންޖެހޭ ކަމަށެވެ. އަދި ރާއްޖޭގެ ނިޒާމު އޮތްގޮތުން ރާއްޖެއަކީ ބޭންކް އެކައުންޓްތަކުގެ މައުލޫމާތު ސިއްރު ކުރެވޭ ގައުމެއް ނޫން ކަމަށާއި އެހެންވެ، މަނީ ލޯންޑާ ކުރަން ބޭނުންވާ ނަމަ ރާއްޖޭގައި ބޭންކެއްގައި ހުރި އަމިއްލަ އެކައުންޓަކަށް ފައިސާ ޖަމާކޮށްގެން އެކަން ނުކުރާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
"ފުލުހުން ތަހުގީގަކަށް ބޭނުންވެއްޖެނަމަ ލިބޭ. އެހެންވީމަ މަނީ ލޯންޑާކުރަން ބޭނުންވާ މީހަކު ހަގީގަތުގައި ދިވެހިރާއްޖޭގެ އެކައުންޓަކަށް، ބޭންކަށް ފައިސާއެއް ނުލާނެ." ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ އެ މައްސަލާގައި ލިބިވަޑައިގަތް ފައިސާ ހޮންކޮންގް އެންޑް ޝަންގްހާއީ ބޭންކް (އެޗްއެސްބީސީ) ގެ އެކައުންޓެއްގައި ބެހެއްޓުމަށްފަހު އެ ބޭންކް ބަންދު ކުރަން ނިންމުމުން އިސްލާމިކް ބޭންކްގެ އެކައުންޓަކަށް ޖަމާ ކުރުމަކީ ފައިސާ ލޯންޑާ ކުރުން ނޫން ކަމަށެވެ. އަދި މީހަކު އޭނާގެ އެއް އެކައުންޓުން އަނެއް އެކައުންޓަށް ޖަމާ ކުރުމަކީ ފައިސާގެ އަސްލު އޮޅުވާލުން ނޫން ކަމަށާއި އަދި އެމަނިކުފާނުގެ އެކައުންޓަށް ޖަމާވި ފައިސާ އަދިވެސް ބޭންކުގައި ހުންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެ ފައިސާ ވަން ގޮތަށް ބޭންކްގައި އެހެރީ. އެހެންވީމަ ކޮބައިތޯ ކޮންސީލް ކުރުމަކީ." ޔާމީން ވިދާޅުވި އެވެ.
ޔާމީން ވާހަކަ ދައްކަވަނީ
ޔާމީން ވިދާޅުވި ގޮތުގައި އެ މައްސަލާގައި ޔޫސުފް ނައީމް އަތުން ޑޮލަރު ބައްލަވައިގަތުމަށް ދިވެހި ރުފިޔާ ހޯއްދެވި ގޮތާ ބެހޭގޮތުން މިހާރު ދައުލަތުން ސުވާލު އުފެދިޔަސް، ތަހުގީގު މަރުހަލާ އާއި ދަށު ކޯޓުގައި އެ ސުވާލު އުފައްދާފައެއް ނުވެ އެވެ.
ޔާމީން ވިދާޅުވީ އާރަށް ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ރައީސް އޮފީހުން ފޮނުވި ސިޓީގައި ވެސް ޔޫސުފް ނައީމްގެ ކުންފުންޏަށް ދޭން އަންގާފައި ނުވާ ކަމަށެވެ. އެހެންވެ، އެރަށް ޔޫސުފް ނައީމަށް ލިބުމާއި އެމަނިކުފާނަށް ލިބިވަޑައިގަތް ފައިސާއާ ނުގުޅުވޭނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ އެ މުއާމަލާތް ހިނގިއިރު ޕީޕީއެމްގެ ރައީސަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަމަށާއި އެހެންވެ، އެ ޕާޓީގެ ފައިސާއާ ގުޅޭ ކަންކަމުގައި އޭރު އެމަނިކުފާނުގެ ދައުރެއް ނެތް ކަމަށެވެ. އަދި އެމަނިކުފާނަށް ލިބިވަޑައިގަތް ފައިސާއަކީ ސިޔާސީ ކެމްޕެއިނަށް ހޯއްދެވި ފައިސާއެއް ކަމަށް ވިދާޅުވި އެވެ.
ވަކީލުން ވިދާޅުވީ ޔޫސުފް ނައީމާއި ޔާމީނާ ދެމެދު ހިންގެވީ ޑޮލަރު މާރު ކުރުމުގެ މުއާމަލާތެއް ކަމަށާއި އަދި ޔޫސުފް ނައީމް އޭރު ރަށެއް ހޯދަން އުޅޭކަން ޔާމީނަށް އެނގިވަޑައިގަންނަވާ ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް ވަކީލުން ވިދާޅުވި އެވެ. އަދި ޓޫރިޒަމްގެ ބޭނުމަކީ ރަށް ދޫކުރުމަކީ އޭރު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ކުރަމުން ދިޔަ ކަމެއް ކަމަށް ވަކީލުން ވިދާޅުވި އެވެ.
ވަކީލުން ވިދާޅުވި ގޮތުގައި ޔާމީނަށް ލިބިވަޑައިގަތީ ޔާމީންގެ ސިޔާސީ ކެމްޕެއިނަށް ލިބިވަޑައިގަތް ފައިސާއެއް ކަމަށްވާތީ އެ ފައިސާ ޕާޓީގެ އެކައުންޓަށް ޖަމާކުރާކަށް ނުޖެހެ އެވެ. އަދި އެ ފައިސާ ޔާމީންގެ އަމިއްލަފުޅު އެކައުންޓެއްގައި ބެހެއްޓުމަކީ ފައިސާގެ އަސްލު އޮޅުވާލުން ކަމަށް ނުބެލެވޭނެ ކަމަށް ވަކީލުން ވިދާޅުވި އެވެ.
ވަކީލުން ވިދާޅުވީ ތަހުގީގުގައި ހަނު ހުންނެވުމާއި ޔާމީންގެ މާލީ ބަޔާނުގައި އެ ފައިސާގެ ވާހަކަ ނެތުމަކީ އެއީ ރިޝްވަތުގެ ފައިސާ ކަމަށް ބެލެވޭނެ ސަބަބެއް ނޫން ކަމަށެވެ. އަދި ދަށު ކޯޓުން މައްސަލަ ނިންމީ ގަބޫލުކުރާ ގަބޫލު ކުރުމެއްގެ މައްޗަށް ކަމަށް ވެސް ވަކީލުން ވިދާޅުވި އެވެ.
ވަކީލުން ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީގެ ދަށަށް އާރަށް ބަދަލުކުރަން ރައީސް އޮފީހުން އޭރު ނިންމުމުގައި ވެސް ވަކި ފަރާތަކަށް އެރަށް ދޫކުރަން އަންގާފައި ނެތް ކަމަށް ވަކީލުން ވިދާޅުވި އެވެ. އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބުނާ ބުނުން ފިޔަވައި އިތުރު ހެއްކެއް އެކަމަށް ނެތް ކަމަށް ވަކީލުން ވިދާޅުވި އެވެ.
އެކަންކަން ފާހަގަކޮށް، ޔާމީންގެ ވަކީލުން އެދިވަޑައިގަތީ ދަށު ކޯޓުގެ ހުކުމް ބާތިލް ކުރުމަށެވެ.
ދައުލަތުން ބުނީ ޔާމީންގެ ބޭނުންކުރާ އެކައުންޓްތައް ހުއްޓާ އެ ފައިސާ ޖަމާކުރީ ބޭނުން ނުކޮށް ހުރި އެކައުންޓެއް އެކްޓިވް ކުރުމަށްފަހު އެ އެކައުންޓަށް ކަމަށެވެ. އަދި އެއަށްފަހު އެހެން އެކައުންޓްތަކަށް އެ ފައިސާ ފޮނުވާފައިވާ ކަމަށާއި އަދި އެ ފައިސާއާ ބެހޭގޮތުން ޔޫސުފް ނައީމާއި ޔާމީންގެ ފަރާތްޕުޅުން ބޭންކަށް ދެއްވި މައުލޫމާތު ދިމާނުވާ ކަމަށް ދައުލަތުން ބުންޏެވެ. އަދި ތަހުގީގު މަރުހަލާގައި ވެސް ދެ ބޭފުޅުން ހަނު ހުންނެވީ ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުން ބުނިގޮތުގައި އެއީ ޑޮލަރު މާރު ކުރުމުގެ މުއާމަލާތެއް ކަމަށް ބުނި ނަމަވެސް އޭގެ ބަދަލުގައި ދިވެހި ރުފިޔާ ދިން ގޮތެއް އެނގޭނެ ހެއްކެއް ނެތެވެ. އަދި ތަހުގީގު މަރުހަލާގައި އެ ދިފާއު ނަގާފައި ނެތުމުން އެއީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަން ކަށަވަރު ނުކުރެވޭ ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުން ބުނީ ބޭނުން ނުކުރާ އެކައުންޓަކަށް ފައިސާ ޖަމާ ކުރުމާއި އެއް ބޭންކުން އަނެއް ބޭންކަށް ފައިސާ ފޮނުވުމަކީ ވެސް އަސްލު އޮޅުވާލުން ކަމަށް ބެލެވޭނެ ކަމަށެވެ. އަދި އެ މައްސަލާގައި ޔާމީންގެ އެކައުންޓަށް އެ ފައިސާ ޖަމާވުމުން އިތުރު ފައިސާއާ އެކު އެހެން އެކައުންޓްތަކަށް ޖަމާކުރި ކަމަށް ދައުލަތުން ބުންޏެވެ.
އެ މައްސަލާގެ އިތުރު އަޑުއެހުމެއް ހައި ކޯޓުން ފަހުން ބާއްވާނެ އެވެ.
ހައި ކޯޓުން އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު މުހައްމަދު ސަލީމާއި ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު ހުޒައިފާ މުހައްމަދެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ސަލީމެވެ.
ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ ސަބަބުން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އެމަނިކުފާނަށް ވަނީ ބަންދުވެފަ އެވެ.
ޔާމީންގެ ހެކިންގެ ވާހަކަތައް ހަމައެއްނުޖެހޭ: ދައުލަތް
ފުއްގިރި ދައުވާ: ސުޕްރީމް ކޯޓުން ޔާމީނަށް ނާކާމިޔާބު
ޔާމީނަށް ކާމިޔާބު، 52 މިލިއަންގެ އަމުރު ބާތިލް
ފުއްގިރި މައްސަަލަ:ޔާމީންގެ އިސްތިއުނާފް ނާކާމިޔާބު
52 މިލިއަން ދޭން އެންގި މައްސަލާގެ ހުކުމް މާދަމާ
ޔާމީންގެ ޖަލު ހުކުމުގެ އިސްތިއުނާފް ބަލައިގެންފި
ފުއްގިރި މައްސަލަ މަޑުޖައްސާލަން ހައި ކޯޓުން އަންގައިފި
52 މިލިއަން ދައްކަން އެންގީ ގޯސްކޮށް: ވަކީލް
52 މިލިއަން ދޭން އެންގި މައްސަލަ ބުދަ ދުވަހު ފަށަނީ
ޔާމީންގެ އިސްތިއުނާފް އިސްލާހުކޮށް އަލުން ހުށަހަޅައިފި