ވ. އާރަށް މައްސަލާގެ ތަހުގީގުގައި ހަނު ހުރުމުގެ ހައްގު އިހްތިޔާރު ކުރެއްވީ ފުލުހުންގެ ފުރައްސާރައާ ހެދި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
16 އޯގަސްޓް 2023
ވ. އާރަށް މައްސަލާގެ ތަހުގީގުގައި ހަނު ހުރުމުގެ ހައްގު އިހްތިޔާރު ކުރެއްވީ ފުލުހުންގެ ފުރައްސާރައާ ހެދި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމެއް ކްރިމިނަލް ކޯޓުން އިއްވިއިރު، އެމަނިކުފާނާ ދެކޮޅަށް ދަށު ކޯޓުން ފާހަގަކުރި އެއް ކަމަކީ އެއީ ޔާމީން ތަހުގީގުގައި ހަނު ހުންނެވުމެވެ.
އެ ހުކުމް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފް ކުރެއްވުމުން ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ޔާމީން ވިދާޅުވީ އާރަށް މައްސަލާގައި ފުލުހުން އެމަނިކުފާނާ ސުވާލުކުރީ ގއ. ވޮޑަމުލާގެ މައްސަލާގައި ފަސް އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް ކަމަށެވެ. އަދި ފުރަތަމަ ބަޔާން ދެއްވަމުން ގެންދެވި ކަމަށާއި އެކަމަކު ބަޔާންތައް އެތައް ފަހަރަކު ފުލުހުން ބޭނުންވާ ގޮތަށް ބަދަލުކޮށްގެން ކަންކަން ކުރަން ފެށުމުން ހަނު ހުރުމުގެ ހައްގު އިހްތިޔާރު ކުރައްވަން ނިންމެވީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެއްވެސް ގޮތަކަށް ފުލުހުން މަގު ނުދެއްކެވީމަ، ޕްރެސް ކުރީމަ އަޅުގަނޑު ބުނެފިން ހަނު ހުރުން ބޭނުންވާ ކަމަށް ވަންޏާ މިހާރު މި ހަނު ހުންނަނީއޭ." ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑަށް އެހާ ދަތިވެގެން ދިޔަ. މި ދެންނެވީ ހަމަ ކަނޑައެޅިގެން ހެރޭސް ކުރެއްވީ." ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ފުލުހުން އޭރު އަމަލުކުރި ގޮތުން އެމަނިކުފާނުގެ ހުރިހާ ވަކީލުން ތަހުގީގު މަރުހަލާގައި އެ މައްސަލަ ދޫކޮށްލި ކަމަށެވެ. އެހެންވެ، ދެން ޖަވާބުދާރީވެ ވަޑައިގަންނަވާނީ ޝަރީއަތުގައި ކަމަށް ވިދާޅުވެފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ފަސް ހަ ފަހަރު އެއް ބަޔާނެއް ތަފާތުކޮށްފައި ގެނައިމަ އަޅުގަނޑު ފުލުހުންނަށް ދަންނަވަމުން ގެންދިޔައިން ތި ކުރައްވަނީ ހެރޭސްއޭ. ފުލުހުންގެ ހުރިހާ ލޮގްތަކެއްގައި ހުންނާނެ މި ވާހަކަތައް. ދެން އިތުރަށް ކުރައްވާ ސުވާލެއް އާރަށާ ގުޅޭގޮތުން ވެސް އަޅުގަނޑު ދެންނެވިން ތި ކުރައްވާ ސުވާލުގެ ޖަވާބު އަޅުގަނޑުގެ ދިފާއު ދޭނީ ޝަރީއަތުގައޭ." ޔާމީން ވިދާޅުވި އެވެ.
ޔާމީންގެ ވަކީލުން ވިދާޅުވީ ހަނު ހުރުމަކީ އެ މީހަކާ ދެކޮޅަށް ބޭނުން ކުރެވޭނެ ހެއްކެއްގެ ގޮތުގައި ގާނޫނުގައި އޮތީ ވަރަށް މަދު ހާލަތްތަކެއްގައި ކަމަށެވެ. އަދި މި ބާވަތުގެ މައްސަލަތަކުގައި އެގޮތަށް މާނަ ކުރެވޭނެ ކަމަށް ގާނޫނުގައި ބުނެފައިނުވާ ކަމަށް ވަކީލުން ވިދާޅުވި އެވެ.
އެ މައްސަލާގެ އިތުރު އަޑުއެހުންތަކެއް އަދިވެސް ކުރިއަށް ގެންދާނެ އެވެ.
އެ މައްސަލާގެ ހުކުމް ދެމިއޮތުމުން ޔާމީނަށް އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ވަނީ ބަންދުވެފަ އެވެ.
ޔާމީން ފައިސާ ދައުރުކުރީ އަސްލު ގެއްލޭ ގޮތަށް:ދައުލަތް
އާރަށް ހޯދަން އުޅުނު ކަމެއް ނޭނގޭ: ޔާމީން
އާޒިމާ މިހާރު ކުރައްވަނީ ގާޒީ ބަދަލުވުމުގެ ޝަކުވާ
އިތުރު މައްސަލަތަކެއްގެ ތަހުގީގަށް ޔާމީން ހާޒިރުކުރަނީ
ޔާމީނާއި އާޒިމާ ކޯޓަށް ހާޒިރުވާން ޗިޓު ފޮނުވައިފި
ޔާމީންގެ އިސްތިއުނާފް މައްސަލައިގެ ހުކުމް ކެންސަލްކޮށްފި
ޔާމީންގެ އިސްތިއުނާފް ޝަރީއަތުގެ ފަހު އަޑުއެހުން މާދަމާ
ޔާމީންގެ ހުކުމް ފަސްކުރުމާ މެދު ގޮތެއް ނިންމަނީ
ޔާމީންގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައެއް ނުގަތް
"ޑޮލަރު ގަތީ ކަމަށް ބުނެ ޔާމީނަށް ފައިސާދިން"