ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމްތައް ހައި ކޯޓުން ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން އެންގި މައްސަލަ އިސްތިއުނާފް ކުރުމާ މެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފި އެވެ.
23 އެޕްރީލް 2024
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމްތައް ހައި ކޯޓުން ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން އެންގި މައްސަލަ އިސްތިއުނާފް ކުރުމާ މެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑްރިންގެ ކުށުގައި ހަތް އަހަރަށް އަދި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގައި ހަތަރު އަހަރުގެ ޖަލު ހުކުމެއް ޔާމީނަށް ކްރިމިނަލް ކޯޓުން ޑިސެމްބަރު، 2022 ގައި އިއްވި އެވެ. އެ މައްސަލަ ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފް ކުރުމުން އެ ދެ ހުކުމް ވެސް ހައި ކޯޓުން ވަނީ މިދިޔަ ހަފުތާގައި ބާތިލްކޮށް، އެ ދެ މައްސަލަ ވެސް އަލުން ބަލަން ކްރިމިނަލް ކޯޓަށް ފޮނުވައިފަ އެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމާ މެދު މިހާތަނަށް ވަކި ގޮތެއް ނިންމާފައިނުވާ ކަމަށެވެ.
އެފަދަ މައްސަލަތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން 60 ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ.
ޔާމީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް ތިން އަހަރުގެ ޖަލު ހުކުމެއް އެ މައްސަލާގައި ކްރިމިނަލް ކޯޓުން އިއްވި އެވެ. އެ ހުކުމް ވެސް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން ވަނީ އަންގައިފަ އެވެ.
ޔާމީންގެ މައްސަލައިގެ އަޑުއެހުމެއް ހޯމަ ދުވަހު
ހުކުމް ފަސްކުރުމަކީ ގާނޫނު ދަންނަ ކަމެއް ނޫން: ޕީޖީ
ފުއްގިރި ދައުވާ: ސުޕްރީމް ކޯޓުން ޔާމީނަށް ނާކާމިޔާބު
52 މިލިއަންގެ މައްސަލަ:ޕީޖީން ސުޕްރީމް ކޯޓަށް ނުދާނެ
މަރުގެ މައްސަލައެއްގައި ބޮޑު ހުކުމެއް ދަމަހައްޓައިފި
ނަޒާހާގެ މައްސަލާގެ ހުކުމް މިމަހު އިއްވަނީ
އާހެކި އެއްފަރާތްކުރީ ގާނޫނުއަސާސީއާ ހިލާފަށް: ދައުލަތް
އާ ހެކިތަކުގެ މައްސަލަ ސުޕްރީމް ކޯޓުގައި ފަށަނީ
ޔާމީނާ ދެކޮޅު އާ ހެކިތަކުގެ މައްސަލަ ބަލައިގެންފި
ޔާމީނާ ދެކޮޅު އާ ހެކިތައް ބަލައިގަންނަން ސުޕްރީމްކޯޓަށް