18 ފެބުރުއަރީ 2020
ސަރުކާރުގެ އެތަައް ސަތޭކަ މެއިލެއްގެ ޕާސްވޯޑް ހެކަރުންތަކެއް ލީކުކޮށްލައިފި އެވެ.
ސަރުކާރުގެ އެތަައް ސަތޭކަ މެއިލެއްގެ ޕާސްވޯޑް ހެކަރުންތަކެއް ލީކުކޮށްލައިފި އެވެ.
ހެކަރުން ލީކުކޮށްލައިފައިވާ ޕާސްވޯޑުތަކުގެ ތެރޭގައި ހިމެނެނީ ހަމައެކަނި ރާއްޖޭގެ އީމެއިލްތަކުގެ ޔޫސާ ނަންތަކާއި ޕާސްވޯޑުތައް އެކަންޏެއް ނޫނެވެ. އޭގެ ތެރޭގައި ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގެ ސަރުކާރުތަކުގެ މުއައްސަސާތައް ވެސް ހިމެނެ އެވެ.
ލީކުކޮށްލައިފައިވާ އީމެއިލް ޕާސްވޯޑުތަކުގެ ތެރޭގައި ގިނައިން ހިމެނެނީ ދައުލަތުގެ އެކި މުއައްސަސާތަކުގެ މުވައްޒަފުންގެ އޮފީސް އީމެއިލްތަކުގެ ޕާސްވޯޑުތަކެވެ. އޭގެ ތެރޭގައި މިހާރު ވަޒީފާއިން ވަކިވެފައިވާ ވަރަށް ގިނަ މުވައްޒަފުން ވެސް ހިމެނެ އެވެ. އެކަން އާންމުންގެ މީހަކު ޓްވިޓާގައި ވަނީ ސަރުކާރުގެ ސަމާލުކަމަށް ވެސް ގެނެސްފަ އެވެ.
ސައިންސް އެންޑް ކޮމިއުނިކޭޝަންގެ އިސް ވެރިޔަކު ވިދާޅުވީ ދައުލަތުން ބަލަހައްޓަން ޖެހޭ މުހިންމު އެއްވެސް މައުލޫމާތަކަށް ނުރައްކަލެއް ނެތް ކަމަށެވެ.
"ޑޭޓާ ބްރީޗުގެ ނުރައްކަލެއް ނެޝަނަލް ޑޭޓާ ސެންޓަރަކަށް ނެތް،" ދައުލަތުގެ މުހިންމު މައުލޫމާތު ރައްކާތެރިކޮށްފައި ހުންނަ ނިޒާމަށް އެއްވެސް މައްސަލައެއް ދިމާވިތޯ ސުވާލު ދެންނެވުމުން، އޭނާ ވިދާޅުވި އެވެ.
"އެ ޑޭޓާތައް ރައްކާތެރިކަމާ އެކު ބަލަހައްޓަމުން މި ގެންދަނީ."
އެކަމަކު އޭނާ ވިދާޅުވީ ސަރުކާރުގެ އެކި އޮފީސްތަކުގެ މެއިލްތަކުގައި ސަލާމަތީ ގޮތުން އެކަށީގެންވާ ފިޔަވަޅުތައް ނެތް ކަމަށެވެ. އެހެންކަމުން އެކަން ރަނގަޅުކުރަން މިއަދު އޮފީސްތަކަށް ހާއްސަ ދެންނެވުމެއް ވެސް ފޮނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިހާރު ކުރިމަތިވެގެން އުޅޭ މައްސަލަ ހިނގައިގެން އުޅޭތާ ދެތިން ހަފުތާއެއްހާ ވެއްޖެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އީމެއިލްތަކުގެ ސެކިއުރިޓީ ވަރުގަދަ ކުރަން ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ. އަޅުގަނޑުމެން އެކަމުގެ މައުލޫމާތު ސަރުކާރުގެ އޮފީސްތަކަށް ދޭނަން،" އޮފިޝަލް ވިދާޅުވި އެވެ.
އިންޓަނެޓްގެ އަގު ހެޔޮކުރުމުގެ ނިޔަތެއް ނެތް: މަލީހް
މަބްރޫކް ދައްކަވަނީ ހިޔާލީ ވާހަކައެއް: މަލީހު
މަލީހު ވަކިކުރިޔަސް އިންޓަނެޓުގެ ސްޕީޑް އަވަހެއް ނުވި
ރައްކާތެެރި އިންޓަނެޓް ޕްރޮމޯޓްކުރަން ދަރިވަރުންތަކެއް
އިތުރު ސަބްމެރިން ކޭބަލް ގެންނަން މަސައްކަތްކުރަނީ
ޑިޖިޓަލް އިކޮނޮމީއެއްގެ މުހިއްމުކަން އިހްސާސްވޭ: މަލީހް
"އީގަވަމަންޓް ރަނގަޅުކުރަން އިންވެސްޓް ކުރަން ޖެހޭ"
އޮންލައިންކޮށް ހިދުމަތް ދޭން ގޮންޖެހުން ހުރި: މަލީހު
އިންޓަނެޓުގެ އަގު ހެޔޮވާނެ މުއްދަތެއް އެބައޮތް: މަލީހް
ސޯޝަލް މީޑިއާ ބޭނުންކުރުމުގައި ސަމާލުވާންޖެހޭ ކަންކަން