08 ސެޕްޓެމްބަރ 2020
ކޮވިޑް-19 ގެ ބަލިމަޑުކަމުން އިހްސާސްވި އެއްކަމަކީ ރާއްޖެ އަށް ޑިޖިޓަލް އިކޮނޮމީއެއްގެ މުހިއްމު ކަން ބޮޑުވެފައި އޮތް މިންވަރު ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު މިއަދު ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމުން އިހްސާސްވި އެއްކަމަކީ ރާއްޖެ އަށް ޑިޖިޓަލް އިކޮނޮމީއެއްގެ މުހިއްމު ކަން ބޮޑުވެފައި އޮތް މިންވަރު ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު މިއަދު ވިދާޅުވެއްޖެ އެވެ.
ވޯލްޑް ސަމިޓް އޮން އިންފޮމޭޝަން ސޮސައިޓީ (ޑަބްލިއުއެސްއައިއެސް) އިން ކުރިއަށް ގެންދިޔަ މި އަހަރުގެ މިނިސްޓީރިއަލް ރައުންޑް ޓޭބަލްގައި އޮންލައިންކޮށް ބައިވެރިވަމުން މިނިސްޓަރު ވިދާޅުވީ ކޮވިޑް-19ގެ މި ހާލަތުގައި އިންޓަނެޓާއި ޑިޖިޓަލް ކަނެކްޓިވިޓީ ވަރަށް ބޮޑު ރޯލެއް އަދާކުރާ ކަމަށެވެ. އެކަމަކު ރާއްޖެ އަކީ ޖަޒީރާ ގައުމެއްކަމަށް ވުމުން ޑިޖިޓަލް ޑިވައިޑް ކުޑަކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ސަރުކާރުގެ ހިދުމަތްތައް ރަނގަޅުކުރަން ޑިޖިޓަލް ޓްރާންސްފޮމޭޝަނެއް ގެންނަން ޖެހެ އެވެ. އިންޓަނެޓްގެ ހިދުމަތްތައް ދިނުމުގައި ގިނަ ގޮންޖެހުންތަކެއް ހުރި ނަމަވެސް ދެކުނު އޭޝިއާގެ ގައުމުތަކަށް ބަލާ އިރު ރާއްޖެ އޮތީ އައިސީޓީ ޑިވެލޮމްޕެންޓް އިންޑެކްސްގެ އެންމެ ކުރީގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މަލީހް ވިދާޅުވީ ރާއްޖޭގެ އިންޓަނެޓް ހިދުމަތް ރަނގަޅުކުރަން އަދިވެސް ގިނަ ކަންތައްތަކެއް ކުރަން ޖެހޭ ކަމަށެވެ. އިންޓަނެޓާ ގުޅުން ހުރި ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރަން ބޭނުން ނަމަ، ސަބްމެރިން ކޭބަލް ސިސްޓަމް އިތުރުކުރަން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ބްރޯޑްބޭންޑް ޑިވައިޑް ކުޑަކުރެވޭނެ ގޮތްތައް މި ބައްދަލުވުމުގައި މަޝްވަރާކުރެއްވި އެވެ. ސަބްމެރިން ކޭބަލް އިތުރުކުރުމުގެ އިތުރުން ނެޓްވޯކް ކަވަރޭޖްގެ ފެންވަރު ރަނގަޅުކުރުމާއި އައިސީޓީގެ ލީގަލް ފްރޭމްވޯކް ހަރުދަނާ ކުރުން ވެސް މުހިއްމު ކަމަށް މަލީހު ވިދާޅުވި އެވެ.
އެކި ގައުމުތަކުގެ ކޮމިއުނިކޭޝަން އާއި ޓެކްނޮލޮޖީ މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުން މި ބައްދަލުވުމުގައި ބައިވެރިވަޑައިގަތެވެ. މި ބައްދަލުވުން މޮޑަރޭޓްކުރެއްވީ އިންޓަނޭޝަނަލް ޓެލެކޮމިއުނިކޭޝަން ޔޫނިއަން (އައިޓީޔޫ) ގެ ސެކަޓަރީ ޖެނެރަލް ހޫލިން ޒައު އެވެ.
އިންޓަނެޓްގެ ހިދުމަތް ރާއްޖެއަށް ތައާރަފްކޮށްފައި ވަނީ 1996 ވަނަ އަހަރެވެ. ވޭތުވެ ދިޔަ 24 އަހަރު ތެރޭގައި ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތަށް ގިނަ ކުރިއެރުންތަކެއް އަރާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިދިޔަ އަހަރު ރާއްޖެއަށް 5ޖީ ގެ ހިދުމަތް ތައާރަފްކުރި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖެއަށް އިންޓަނެޓް ހިދުމަތް ދޭން އަޅާފައިވާ ދެ ސަބްމެރިން ކޭބަލް އަކީ، މުއާސަލާތީ ހިދުމަތްތައް ރާއްޖޭގައި މިހާރު ވެސް ދެމުން އަންނަ އޫރީދޫ އާއި ދިރާގުން އަޅާފައިވާ ކޭބަލްތަކެކެވެ. މި ދެ ކުންފުނި ގުޅިގެން އިތުރު ސަބްމެރިން ކޭބަލްއެއް އަޅަން މިހާރު އަންނަނީ މަސައްކަތްކުރަމުންނެވެ.
އާ އަގުތަކުން ހަގީގީ މަންފާ ނުލިބޭނެ: މަލީހް
އިންޓަނެޓްގެ އަގު ހެޔޮކުރުމުގެ ނިޔަތެއް ނެތް: މަލީހް
މަބްރޫކް ދައްކަވަނީ ހިޔާލީ ވާހަކައެއް: މަލީހު
ރައްކާތެެރި އިންޓަނެޓް ޕްރޮމޯޓްކުރަން ދަރިވަރުންތަކެއް
އިތުރު ސަބްމެރިން ކޭބަލް ގެންނަން މަސައްކަތްކުރަނީ
އޮންލައިންކޮށް ހިދުމަތް ދޭން ގޮންޖެހުން ހުރި: މަލީހު
މުވާސަލާތީ ހިދުމަތުގެ ފެންވަރު ރަނގަޅު: މަލީހް
އިންޓަނެޓް އަސާސީ ޚިދުމަތަކަށް ހަދަންޖެހޭ: މަލީހް
މަލީހު ބައިވެރިވި ކޮމެޓީގައި ވެސް އިންޓަނެޓްގެ ހުރަސް!
ސަަރުކާރުގެ އީމެއިލް ޕާސްވޯޑްތަކެއް ލީކުކޮށްލައިފި