17 މެއި 2020
ކޮވިޑް-19 އާ ގުޅިގެން މުވާސަލާތީ ހިދުމަތްތައް ބޭނުން ކުރާ މިންވަރު އިތުރުވެފައިވާ މި ދަނޑިވަޅުގައި، އެ ހިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުން ދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކަމަށް، ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް މިއަދު ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 އާ ގުޅިގެން މުވާސަލާތީ ހިދުމަތްތައް ބޭނުން ކުރާ މިންވަރު އިތުރުވެފައިވާ މި ދަނޑިވަޅުގައި، އެ ހިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުން ދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކަމަށް، ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް މިއަދު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި މިނިސްޓަރު މަލީހް ވިދާޅުވީ، އެހެން ގައުމުތަކެކޭ އެއްގޮތަށް ކޮވިޑް-19 ގެ ސަބަބުން ރާއްޖެ ވެސް ހުއްޓުމަކަށް އައިސްފައިވާއިރު، އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައިސީޓީ) ގެ ބޭނުން ވަނީ ކުރިއަށް ވުރެ މާ މުހިންމު ވެފައިި ކަމަށެވެ.
"ޖަލްސާތަކާއި އޮފީސްތަކުގެ އެންމެހައި މަސައްކަތްތައް ކުރެވެނީ އިންޓަނެޓް މެދުވެރިކޮށް، އޮންލައިން ޒަރިއްޔާއިން. އަދި، ހަމަ އެހެންމެ، މި ނުރައްކާތެރި ރޯގާ ކޮންޓްރޯލް ކުރުމުގައި ކުރަންޖެހޭ ގިނަ މަސައްކަތްތައް ވެސް ކުރަނީ މި ގޮތަށް،" މަލީހް ވިދާޅުވި އެވެ.
"އެހެން ގިނަ ގައުމުތަކެކޭ އެއްފަދައިން، ރާއްޖޭގައި ވެސް މިހާރު ވަނީ އޮންލައިންކޮށް ސިއްހީ އަދި، ތައުލީމީ ހިދުމަތްތައް ވެސް ފޯރުކޮށްދޭން ފަށައިފައި."
އޭނާ ވިދާޅުވި ގޮތުގައި، މިފަދަ ހާލަތެއްގައި ރާއްޖެ އޮތްއިރު މުވާސަލާތީ ނިޒާމު އެދެވޭ ފެންވަރަކަށް ގާއިމު ކުރެވިފައި ވުމަކީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެކެވެ. މި ހާލަތަލުގައި ވެސް ޓެލެކޮމް ކުންފުނިތަކުން ރަނގަޅު ހިދުމަތްތަކެއް ދެމުން އަންނައިރު ޑޭޓާ ޕެކޭޖްތަކަށް ލުއިތަކަކާއި ޑިސްކައުންޓްތަކެއް ދީފައިވާ ކަމަށް ވިދާޅުވި އެވެ.
"މުވާސަލާތީ ހިދުމަތްތައް ބޭނުންކުރާ މިންވަރު އެތައް ގުނައަކަށް އިތުރުވެފައިވާ މި ދަނޑިވަޅުގައި، ސަރުކާރުގެ އެދުމާ އެއްގޮތަށް، ރާއްޖޭގެ މުވާސަލާތީ ކުންފުނިތަކުން، ރަގަޅު ފެންވަރެއްގައި ހިދުމަތްތައް ދީ އަދި ދަމަހައްޓަން ކުރަމުން ގެންދާ ބުރަ މަސައްކަތްތަކަށް ޝުކުރު އަދާކުރަން،" މަލީހް ވިދާޅުވި އެވެ.
ރާއްޖޭގެ އައިސީޓީ ދާއިރާ އަށް ބަލާއިރު، އެކަށީގެންވާ މިންވަރަކަށް ހިދުމަތްތަކާއި އިންފްރާސްޓަރަކްޗާ ވަނީ ތަރައްގީ ކޮށްފައި ކަމަށް ވެސް މަލީހް ވިދާޅުވި އެވެ. އެގޮތުން، ރާއްޖެ އާއި ބޭރު ދުނިޔެއާ ދެމެދު ސަބްމެރީން ފައިބާ އޮޕްޓިކް ކޭބަލުން ގުޅައިލުމުގެ އިތުރުން، ރާއްޖޭގެ އެތެރޭގައި ވެސް ވަނީ ފައިބާ ނެޓްވޯކްތައް ގާއިމް ކޮށްފައިކަމަށް ވިދާޅުވި އެވެ.
"ޖަލްސާތަކާއި އޮފީސްތަކުގެ އެންމެހައި މަސައްކަތްތައް ކުރެވެނީ އިންޓަނެޓް މެދުވެރިކޮށް، އޮންލައިން ޒަރިއްޔާއިން. އަދި، ހަމަ އެހެންމެ، މި ނުރައްކާތެރި ރޯގާ ކޮންޓްރޯލް ކުރުމުގައި ކުރަންޖެހޭ ގިނަ މަސައްކަތްތައް ވެސް ކުރަނީ މި ގޮތަށް،" މަލީހް
"އަދި ދުވަހުން ދުވަހަށް ފައިބާ ނެޓްވޯކާ ގުޅާލެވޭ ރަށްތައް އިތުރުވެ މިހާރު ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ފައިބާ ނެޓްވޯކް މެދުވެރިކޮށް ބްރޯޑްބޭންޑް އިންޓަނެޓް ހިދުމަތް ލިބޭކަން އުފަލާ އެކު ފާހަގަކުރަން. ރާއްޖޭގެ އެންމެހައި ކަންކޮޅުތަކަށް މޯބައިލް ފޯނާއި 4ޖީ ގެ ހިދްމަތް ފޯރާފައި ވާއިރު، އެންމެ ފަހުގެ 5ޖީ ޓެކްނޮލޮޖީގެ ހިދުމަތް ވެސް ރާއްޖޭގައި ފޯރުކޮށްދޭން ވަނީ ފަށާފައި،" މަލީހް ވިދާޅުވި އެވެ.
"އެހެންކަމުން، މި ކުޑަކުޑަ ދިވެހިރާއްޖޭގައި ވެސް ދެމެހެއްޓެނެވި ތަރައްގީގެ ލަޑުދަނޑިތައް ހާސިލު ކުރުމަށް އައިސީޓީ ވަސީލަތްތަކުގެ މުހިއްމުކަން ބޮޑު."
އައިސީޓީ ދާއިރާއިން ރާއްޖެއަށް އިތުރު ތަރައްގީ ގެނެސްދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގެ މޭސްތިރިކަމުގެ ދަށުން ސަރުކާރުން ގިނަ މަސައްކަތް ތަކެއް އަންނަނީ ކުރައްވަމުން ކަމަށް ވެސް މަލީހް ވިދާޅުވި އެވެ. އެގޮތުން، މުވާސަލާތީ ހިދުމަތްތަކުގެ އެންމެ އެދެވޭ ފައިދާ ހޯދުމަށްޓަކައި ސަރުކާރުން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ތަރައްގީކޮށް،، އައިސީޓީ މެދުވެރި ކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މީހުންނަށް ވެސް ފަސޭހަކަމާއެކު ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"ދުވަހުން ދުވަހަށް ފައިބާ ނެޓްވޯކާ ގުޅާލެވޭ ރަށްތައް އިތުރުވެ މިހާރު ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ފައިބާ ނެޓްވޯކް މެދުވެރިކޮށް ބްރޯޑްބޭންޑް އިންޓަނެޓް ހިދުމަތް ލިބޭކަން އުފަލާ އެކު ފާހަގަކުރަން. ރާއްޖޭގެ އެންމެހައި ކަންކޮޅުތަކަށް މޯބައިލް ފޯނާއި 4ޖީ ގެ ހިދްމަތް ފޯރާފައި ވާއިރު، އެންމެ ފަހުގެ 5ޖީ ޓެކްނޮލޮޖީގެ ހިދުމަތް ވެސް ރާއްޖޭގައި ފޯރުކޮށްދޭން ވަނީ ފަށާފައި،" މަލީހް
މަލީހް ވަނީ، މުޖުތަމައުގެ ލާބަ އާއި ފައިދާ އަށް އައިސީޓީ ގެ ވަސީލަތްތައް ރައްކާތެރިކަމާއެކު، ހުރިހާ އެންމެން ވެސް ބޭނުން ކުރުމަށް އިލްތިމާސް ކުރައްވައިފަ އެވެ. ޓެލެކޮމިއުނިކޭޝަން އާއި އައިސީޓީގެ ވަސީލަތްތަކާއި އާ ހޯދުންތަކުގެ އެހީގައި ދިވެހީންގެ ދިރިއުޅުމުގެ ކަންކަން އިތުރަށް ތަރައްގީ ކޮށްދިނުމަށް އެންމެ މަތީ ހަރުފަތާ ހަމައަށް ގެންގޮސް ދިނުމަށް މުވާސަލާތީ ހިދުމަތް ދޭ ކުންފުނިތަކުގެ ކިބައިން މިނިސްޓަރު އެދިވަޑައިގަތެވެ.
ޑިޖިޓަލް އިކޮނޮމީއެއްގެ މުހިއްމުކަން އިހްސާސްވޭ: މަލީހް
"އިންޓަނެޓު އަސާސީ ޚިދުމަތަކަށް ހެދުމަކީ އަމާޒެއް"
އާ އަގުތަކުން ހަގީގީ މަންފާ ނުލިބޭނެ: މަލީހް
އިންޓަނެޓްގެ އަގު ހެޔޮކުރުމުގެ ނިޔަތެއް ނެތް: މަލީހް
މަބްރޫކް ދައްކަވަނީ ހިޔާލީ ވާހަކައެއް: މަލީހު
މަލީހު: ދެކޮޅަށް އުޅެނީ ވަކި ފެކްޝަނަކުން
އުރީދޫން އިންޓަނެޓް ސޭފްޓީ ކެމްޕޭނެއް ފަށައިފި
ރައްކާތެެރި އިންޓަނެޓް ޕްރޮމޯޓްކުރަން ދަރިވަރުންތަކެއް
ސަރުކާރުތެރެއިން މަޖިލިސް ތަޣައްޔަރު އެބަ ކުރޭ: އާޒިމް
މުވާސަލާތީ ހިދުމަތަށް އިތުރު ކުންފުންޏެއް ގެންނަނީ