17 މެއި 2019
އިންޓަނެޓަކީ އަސާސީ ޚިދުމަތެއްގެ ގޮތުގައި މުސްތަގުބަލްގައި ފޯރުކޮށް ދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް މިއަދު ވިދާޅުވެއްޖެ އެވެ.
އިންޓަނެޓަކީ އަސާސީ ޚިދުމަތެއްގެ ގޮތުގައި މުސްތަގުބަލްގައި ފޯރުކޮށް ދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީގެ ދުވަހުގެ މުނާސަބަތުގައި މަލީހް ނެރުއްވި ޚިތާބެއް ގައި ވިދާޅުވީ، އައިސީޓީގެ ދާއިރާ އިން ރާއްޖެ އިން ގިނަ ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އެގޮތުން، ރާއްޖޭގެ ބޮޑު ބަޔަކަށް ފައިބާ ބްރޯޑް ބޭންޑްގެ އިންޓަނެޓާއި ހުރިހާ ތަނަކަށް 4ޖީގެ ޚިދުމަތް މިހާރު ވެސް ލިބެމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އައިސީޓީގެ ދާއިރާ އިން އިތުރު ތަރައްގީ ގެނައުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ބެއްލެމުގެ ދަށުން ސަރުކާރުން ގިނަ މަސައްކަތްތަކެއް އެބަކުރެ އެވެ. އަދި އިންޓަނެޓަކީ އަސާސީ ޚިދުމަތެއްގެ ގޮތުގައި ފޯރުކޮށް ދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި އެކަމަށް މަސައްކަތްތައް ކުރެވެމުންދާ ކަމަށް ވިދާޅުވި އެވެ.
"އިންޓަނެޓަކީ އަސާސީ ޚިދުމަތެއްގެ ގޮތުގައި މުސްތަގުބަލުގައި ފޯރުކޮށް ދިނުމަކީ އަޅުގަނޑުމެންގެ އަމާޒެއް. މިގޮތުން އެންމެ ފުރަތަމަ ކަމެއްގެ ގޮތުން ރާއްޖޭގެ އިންޓަނެޓްގެ ޚިދުމަތުގެ އަގު ހެޔޮކޮށް ރައްޔިތުންނަށް އިންޓަނެޓްގެ އެންމެ އެދެވޭ ފައިދާ ހޯދައި ދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން،" އެ ޚިތާބުގައ މަލީހް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، އިންޓަނެޓްގެ އަގު ހެޔޮކުރުމުގެ ކުރިން ތައުލީމީ މަންހަޖުގައި ވެސް އައިސީޓީ އަށް އިސްކަން ދިނުމާ އެކު، އެ ދާއިރާ އިން ދަރިވަރުން ބާރުވެރި ކުރުވުމުގެ މަސައްކަތްތަކެއް ވެސް ފަށާފައިވާ ކަމަށެވެ. އަދި މުހިންމު ޚިދުމަތްތައް ހޯދުމަށް ޓެކްނޮލޮޖީގެ ބޭނުން ކުރާ މިންވަރު އިތުރުވަމުން އަންނައިރު، ސަރުކާރުން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދޭ ގޮތަށް ވެސް ބަދަލުތައް ގެންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ. އެގޮތުން، ކޮންމެ ތަނެއްގައި ތިބެގެން ވެސް ރައްޔިތުންނަށް ޚިދުމަތް ހޯދޭނެ މަގު ތަނަވަސްވާން ޖެހޭ ކަމަށް އެ ޚިތާބުގައިވެ އެވެ.
"މިއަދު މި މަސައްކަތް ވެސް މިވަނީ އާ އަޒުމަކާ އެއްކޮށް ފަށާފައި. މި މަސައްކަތުގެ ސަބަބުން ސަރުކާރުން ދޭ ގިނަ ޚިދުމަތްތަކެއް ލާމަރުކަޒީކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް ވެސް ފަސޭހަކަމާ އެކު ފޯރުކޮށް ދެވޭނެ،" މަލީހް ވިދާޅުވި އެވެ.
"އިންޓަނެޓަކީ އަސާސީ ޚިދުމަތެއްގެ ގޮތުގައި މުސްތަގުބަލުގައި ފޯރުކޮށް ދިނުމަކީ އަޅުގަނޑުމެންގެ އަމާޒެއް. މިގޮތުން އެންމެ ފުރަތަމަ ކަމެއްގެ ގޮތުން ރާއްޖޭގެ އިންޓަނެޓްގެ ޚިދުމަތުގެ އަގު ހެޔޮކޮށް ރައްޔިތުންނަށް އިންޓަނެޓްގެ އެންމެ އެދެވޭ ފައިދާ ހޯދައި ދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން،" މަލީހް
މީގެ އިތުރުން، އިންޓަނެޓަކީ ތައުލީމު އެނގެނުމުގައި މުހިންމު އެއްޗެއް ކަމަށް ވިޔަސް، އިންޓަނެޓްގެ ބޭނުން ދަރިވަރުން ހިފަމުންދާ ގޮތް ބެލެނިވެރިން ގާތުން ބެލުން މުހިންމު ކަމަށާއި އަދި އިންޓަނެޓް މެދުވެރިކޮށް ހިންގާ މަކަރާއި ހީލަތް ހެދުމުގެ ކަންކަމަށް ވެސް ރައްޔިތުން ސަމާލުވެ ތިބެންޖެހޭ ކަމަށް މަލީހް ވިދާޅުވި އެވެ.
އެ ޚިތާބުގައި، މުވާސަލާތުގެ ޚިދުމަތް ދޭ ފަރާތްތަކަށް މަލީހް ގޮވައިލެއްވީ އައިސީޓީގެ އެހީގައި ދިރިއުޅުމުގެ ކަންކަން އިތުރަށް ތަރައްގީކޮށް، އާ ހަރުފަތަކަށް ގެންގޮސްދީ އަދި އާންމު ރައްޔިތުންގެ ބޭނުންތަކަށް ވިސްނައިގެން ފުޅާ ދާއިރާއެއްގައި ހަރަކާތްތައް ހިންގުމަށެވެ. އަދި އެއީ އަސާސީ ހައްގެއްގެ ގޮތުގައި ދެކިގެން އެއްވެސް ރަށެއް ތަފާތު ނުކޮށް، ޚިދުމަތް ދިނުމަށް ވެސް މިނިސްޓަރު ގޮވާލެއްވި އެވެ.
މިއަދަކީ ދުނިޔޭގައި ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީގެ ދުވަސް ރަސްމީ ގޮތުން ފާހަގަކުރަން ފެށިތާ 50 އަހަރު ފުރޭ ދުވަހެވެ.
އިންޓަނެޓް އަސާސީ ޚިދުމަތަކަށް ހަދަންޖެހޭ: މަލީހް
"އަގު ހެޔޮކުރަން އާ ކުންފުނިތަކަށް ޖާގަ ދޭންޖެހިދާނެ"
ގާޒާގެ މުވާސަލާތީ ގުޅުން އަލުން ހިދުމަތަށް
އާ އަގުތަކުން ހަގީގީ މަންފާ ނުލިބޭނެ: މަލީހް
ޖުލައި 1 އިން ފެށިގެން އިންޓަނެޓްގެ އަގު ހެޔޮކުރަނީ
އިންޓަނެޓްގެ އަގު ހެޔޮކުރުމުގެ ނިޔަތެއް ނެތް: މަލީހް
މަބްރޫކް ދައްކަވަނީ ހިޔާލީ ވާހަކައެއް: މަލީހު
މުވާސަލާތީ ހިދުމަތަށް އިތުރު ކުންފުންޏެއް ގެންނަނީ
ޑިޖިޓަލް އިކޮނޮމީއެއްގެ މުހިއްމުކަން އިހްސާސްވޭ: މަލީހް
އޮންލައިންކޮށް ހިދުމަތް ދޭން ގޮންޖެހުން ހުރި: މަލީހު