19 މެއި 2019
ރާއްޖޭގައި އިންޓަނެޓްގެ އަގު ހެޔޮކުރަން ސަރުކާރުން ކުރަމުންދާ މަސައްކަތުގައި އިތުރު ކުންފުނިތަކަށް ޖާގަ ދޭން ޖެހިދާނެ ކަމުގެ އިޝާރާތެއް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް މިއަދު ދެއްވައިފި އެވެ.
ރާއްޖޭގައި އިންޓަނެޓްގެ އަގު ހެޔޮކުރަން ސަރުކާރުން ކުރަމުންދާ މަސައްކަތުގައި އިތުރު ކުންފުނިތަކަށް ޖާގަ ދޭން ޖެހިދާނެ ކަމުގެ އިޝާރާތެއް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް މިއަދު ދެއްވައިފި އެވެ.
އިންޓަނެޓްގެ އަގު ހެޔޮ ކުރުމުގެ މަސައްކަތާ ގުޅޭގޮތުން މަލީހު މިއަދު ދެއްވި ބަޔާނެއްގައި ވިދާޅުވީ އިންޓަނެޓްގެ އަގު ހެޔޮ ކުރުމަށްޓަކައި، އެ ޚިދުމަތް ރާއްޖޭގައި ދޭ ތިން ކުންފުންޏާ އެކު ސަރުކާރުން ކުރާ މަޝްވަރާތައް މިހާރު ނިމުމަކާ ގާތަށް ގޮސްފައިވާ ކަމަށެވެ. ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ ފައިދާ އަށް ކަމަށާއި މަޝްވަރާގެ އުސޫލުން ސަރުކާރުން އެކަން ކުރިއަށް ގެންދަނީ ކުންފުނިތަކާ އެކު އެއްބަސްވެވޭ ގޮތަށް އެކަން ކުރުމަށް ކަމަށް މަލީހް ވިދާޅުވި އެވެ. އަދި އެކަމަށްޓަކައި އިތުރު ކުންފުނިތަކަށް ޖާގަ ދޭން ޖެހޭ ނަމަ އެކަން ސަރުކާރުން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސަރުކާރުން ބޭނުންވާ މިސްރާބަށް ކަންކަން ގެންދިއުމުގައި ކޮމްޕެޓިޝަނަށް ޖާގަ ދޭން ކަމަށް ވަންޏާ އެކަމަށް ވެސް އަޅުގަނޑު ފަސް ނުޖެހޭނެ ކަން މިއަދު އަޅުގަނޑު ފާހަގަކުރަން. އަޅުގަނޑު އުއްމީދު މި ކުރަނީ ސަރުކާރުގެ ފަރާތުން އަދި ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް ސަރުކާރުގެ ހުށަހެޅުން ރާއްޖޭގެ އިންޓަނެޓް ޚިދުމަތް ދޭ ކުންފުނިތަކުން ގަބޫލު ކުރައްވައި، ރައްޔިތުން ބޭނުންވާ މިންވަރަށް މި އަގު ތިރިކޮށް ދިނުމަކީ އަޅުގަނޑުމެންގެ އިލްތިމާސެއް،" މަލީހް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މަޝްވަރާތަކުގައި ސަރުކާރުން މިހާރު ވަނީ އިންޓަނެޓްގެ އަގު ހެޔޮ ކުރުމަށް ކުންފުނިތަކަށް ހުށަހެޅުންތަކެއް ހުށަހަޅައިފައިވާ ކަމަށެވެ. އެ ހުށަހެޅުންތައް ހުށަހެޅީ އެ މިނިސްޓްރީ އާއި ކޮމިއުނިކޭޝަންސް އޮތޯރިޓީން 26 ގައުމެއްގައި އިންޓަނެޓްގެ އަގުތަކާ ބެހޭގޮތުން ހެދި ދިރާސާތަކަކަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.
Raeesul Jumhooriyaa @ibusolih ge vaudheh kamugai vaa internet ge agu heyo kurumuge masaikah gosfavaa hisaab. @MCSTMV @maleehjamal @ncitmv pic.twitter.com/43cvQUuEQe
— Ministry of Communication Science and Technology (@MCSTMV) May 19, 2019
މިނިސްޓަރު މަލީހްގެ ވާހަކަ
"އެ ރިޕޯޓުން ވެސް ދައްކުވައިދޭ އެއް ހަގީގަތަކީ ނިސްބަތުން ރާއްޖޭގައި ދެވޭ އިންޓަނެޓްގެ އަގު ބޮޑުކަން. މިކަމަށް އަލި އަޅުވާލައި، ސަރުކާރުގެ ހުށަހެޅުންތައް މިވަނީ މިދެންނެވި ކުންފުނިތަކަށް ހުށަހަޅާފައި،" މަލީހް ވިދާޅުވި އެވެ.
މަލީހް ވިދާޅުވީ ގޮތުގައި ސަރުކާރުގެ ހުށަހެޅުންތަކާ އެއްގޮތަށް ކުންފުނިތަކުން އިންޓަނެޓްގެ އަގު ހެޔޮކޮށް ދިނުމަކީ ސަރުކާރުގެ އެދުމެކެވެ. އަދި ރައްޔިތުން އުފާވާ މިންވަރަށް އިންޓަނެޓްގެ އަގު ވަރަށް އަވަހަށް ހެޔޮވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިންޓަނެޓު އަސާސީ ޚިދުމަތަކަށް ހެދުމަކީ އަމާޒެއް"
އިންޓަނެޓްގެ އަގު ހެޔޮކުރުމުގެ ނިޔަތެއް ނެތް: މަލީހް
އޮންލައިންކޮށް ހިދުމަތް ދޭން ގޮންޖެހުން ހުރި: މަލީހު
ދިރާގުގެ ނިންމުމުން އެކަށީގެންވާ ލުޔެއް ލިބޭނެ: މަލީހް
މަލީހު، ފޯނަކީ ކުޅޭ އެއްޗަކަށް ހެދިޔަ ނުދީ
އިންޓަނެޓުގެ އަގު ހެޔޮވާނެ މުއްދަތެއް އެބައޮތް: މަލީހް
އިންޓަނެޓް އަސާސީ ޚިދުމަތަކަށް ހަދަންޖެހޭ: މަލީހް
މަލީހު ބައިވެރިވި ކޮމެޓީގައި ވެސް އިންޓަނެޓްގެ ހުރަސް!
ސިވިލްސާވަންޓުންގެ މަސައްކަތަށް އުރިދޫން ހިލޭ އިންޓަނެޓް
އިންޓަނެޓްގެ އަގު މި އަހަރު ހެެޔޮކުރަން ޕްލޭނަކު ނެތް