Roadha Mihaaru
ރައްކާތެެރި އިންޓަނެޓް ޕްރޮމޯޓްކުރަން ދަރިވަރުންތަކެއް

"ރައްކާތެރި އިންޓަނެޓް" ޕްރޮމޯޓްކުރަން ދަރިވަރުންތަކެއް ނެރެނީ

07 ފެބުރުއަރީ 2021

އިންޓަނެޓަކީ އެ ވަސީލަތް ބޭނުންްކުރާ މީހުންނަށް ރައްކާތެރި އެއްޗަކަށް ހަދަން މަސައްކަތްކުރާ އެމްބެސެޑަރުންގެ ގޮތުގައި ރާއްޖޭގައި މަސައްކަތްކުރާނެ ދަރިވަަރުންތަކެއް ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ކޮމިއުނިކޭޝަން، ޓެކްނޮލޮޖީ އެންޑް ސަައިންސް މިނިސްްޓްރީން ފަށައިފި އެވެ.

އިންޓަނެޓަކީ އެ ވަސީލަތް ބޭނުންްކުރާ މީހުންނަށް ރައްކާތެރި އެއްޗަކަށް ހަދަން މަސައްކަތްކުރާ އެމްބެސެޑަރުންގެ ގޮތުގައި ރާއްޖޭގައި މަސައްކަތްކުރާނެ ދަރިވަަރުންތަކެއް ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ކޮމިއުނިކޭޝަން، ޓެކްނޮލޮޖީ އެންޑް ސަައިންސް މިނިސްްޓްރީން ފަށައިފި އެވެ.

"ސޭފާ އިންޓަނެޓްޑޭ"ގެ ނަަމުގައި ބައިނަލްއަގުވާމީ ގޮތުން ފާހަކުރާ އިންޓަނެޓްގެ ރައްކާތެރިކަމުގެ ދުވާހުގެ މުނާސަބާއާ ގުޅުވައިގެން ޓެކްނޮލޮޖީ މިނިސްޓްރީގައި މިއަދު ފެށި ޕްރޮގްރާމްގައި ބައިވެރިކުރީ އެކި ސްކޫލްތަކުގެ ގްރޭޑް 9-10 އިން ހޮވައިލި ދަރިވަރުންތަކެކެވެ.

ސޭފާ އިންޓަނެޓް އެމްބެސެޑަރުންގެ ގޮތުގައި އެ ކުދިން ތަމްރީނުކުރުމުގެ ޕްރޮގްރާމް ފަށަން ޓެކްނޮލޮޖީ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް، ވިދާޅުވީ އެ ޕްރޮގްރާމްގައި ދަރިވަަރުން ބައިވެރި ކުރީ ބެލެނިވެރިންނަށް ވުރެ ބޮޑަށް އިންްޓަނެޓްގެ ކަންތައްތައް އެނގެނީ ދަރިވަރުންނަށް ކަމަށް ވާތީ ކަމަށެވެ. އިންޓަނެޓްގައި ބެލެނިވެރިންނަށް ވުރެ މާ ގިނަ ވަގުތު ވެސް ދަރިވަރުން ހޭދަކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ އަޅުގަނޑުމެންގެ ކޮންމެ ކުއްޖަކު ވެސް ވާން އެބަޖެހޭ ވަރަށް ޒިންމާދާރު ކުއްޖަކަށް. އެ ހެޔޮ ގޮތުގައި ބޭނުންކުރާނީ ކިހިނެއްތޯ ދެނެގަންނަން އެބަ ޖެހޭ،" މަލީހު ވިދާޅުވި އެވެ.

ޓެކްނޮލޮޖީ މިނިސްޓްރީން ބުނީ ސޭފާ އިންޓަނެޓް އެމްބެސެޑަރުންގެ ގޮތުގައި ތަމްރީނުކުރާ ފުރަތަމަ ގްރޫޕުގައި ހިމެެނެނީ މާލެ ސަރަހައްދުގެ ސްކޫލްތަކުގެ 15 ދަރިވަރުން ކަމަށެވެ. އެކަމަކު ކުރިއަށް އޮތް ތަނުގައި އަތޮޅުތަކުގެ ސްކޫލްތަކުގެ ދަރިވަރުންނަށް ވެސް އެ ޕްރޮގްރާމް ހިންގާނެ ކަަމަށް ވެސް ބުންޏެވެ.