27 ސެޕްޓެމްބަރ 2020
ދަރިވަރުންނަށް 1،500 އިންޓަނެޓް ޑޮންގްލް ހޯދައިދޭނެ ބަޔަކު ހޯދަން އެޑިއުކޭޝަން މިނިސްޓްރީން އިއުލާނުކޮށްފި އެވެ.
ދަރިވަރުންނަށް 1،500 އިންޓަނެޓް ޑޮންގްލް ހޯދައިދޭނެ ބަޔަކު ހޯދަން އެޑިއުކޭޝަން މިނިސްޓްރީން އިއުލާނުކޮށްފި އެވެ.
އެ މިނިސްޓްރީން މިދިޔަ ހުކުރު ދުވަހު ކުރި އިއުލާނުގައި ބުނީ ޑޮންގްލް ގަތުމަށް އިކޮނޮމިކް މިނިސްޓްރީގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށް ހުޅުވާލާފައިވާ ކަމަށެވެ.
މިއީ ޔުނިސެފްގެ އެހީގައި ސަރުކާރުން ހޯދާ ވަސީލަތެކެވެ.
އެ ޕްރޮޖެކްޓަށް އަންނަ އަންގާރަ ދުވަހުގެ ކުރިން ބިޑް ށަހަޅަން ޖެހެ އެވެ. ބީލަން ހުޅުވުން އޮންނާނީ އަންނަ ހަފުތާގެ އަންގާރަ ދުވަހު އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައާ ބެހޭ ކޮމިޓީގައި މެއި 11، 2020 ގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ސަރުކާރު ސްކޫލްތަކުގެ ދަރިވަރުންނަށް އިންޓަނެޓް ޑޮންގްލް ދިނުމަށް، މުއާސަލާތީ ހިދުމަތް ދޭ ކުންފުނިތަކާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށެވެ.
އޭނާ އޭރު ވިދާޅުވި ގޮތުގައި، ކޮވިޑް-19އާ ގުޅިގެން ސްކޫލްތައް ބަންދުކޮށްފައި ހުންނަ އިރު ކިޔެވުން ކުރިއަށް ގެންދަން، ކޮންމެ ދަރިވަރަކަށް ޑޮންގްލްއެއް ދީގެން އިންޓަނެޓް ބޭނުންކުރެވޭ ގޮތް ހެދުމުގެ ވިސްނުން ގެންގުޅުއްވަ އެވެ. ދިރާގާއި އުރީދޫއާ އެކު އެ މަޝްވަރާތައް ފަށާފައިވާ ކަމަށް ވެސް އޭރު ވިދާޅުވި އެވެ. އެ ބައްދަލުވުމުގައި ސީނިއަ ޕޮލިސީ ޑިރެކްޓަރު މޫސާ އާދަމް ވިދާޅުވީ އެންމެ ގިނަ ދަރިވަރުންނަށް އެކްސެސް ވެވޭ ވަސީލަތެއް ބަލަން ހެދި ސާވޭއަށް 70،000 ދަރިވަރުންގެ ތެރެއިން 51،000 ދަރިވަރުންގެ ފަރާތުން ޖަވާބު ލިބުނު ކަމަށެވެ. ޖަވާބު ދިން ދަރިވަރުންގެ ތެރެއިން 70 ޕަސެންޓް ކުދިންނަށް ގޭގައި އިންޓަނެޓް ލިބެ އެވެ. އެ ހިދުމަތް ނުލިބޭ ކަމަށް 15،000 ދަރިވަރުން ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ސްކޫލުތައް ބަންދުކޮށްފައި އޮންނަ ހާލަތުގައި ކިޔެވުން ކުރިއަށް ގެންދަން ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އިންޓަނެޓެވެ.
ކޮވިޑުން ރައްކާތެރިވާން މާޗު 12 ގައި ރާއްޖޭގެ ހުރިހާ ސްކޫލެއް ބަންދުކުރި އެވެ. އަލުން ހުޅުވީ ގާތްގަނޑަކަށް ހަތަރު މަހަށް ފަހު ޖުލައި 1 ގަ އެވެ. އޭރު މާލެ ސަރަހައްދުގެ ސްކޫލްތައް ހުޅުވީ ގްރޭޑު 9-12ގެ ދަރިވަރުންނަށެވެ. އެކަމަކު މާލޭގައި ކޮވިޑް ކޭސްތައް ގިނަވާން ފެށުމުން އަލުން ބަންދުކުރި ގޮތަށް، މިހާރު ހުޅުވަން ހަމަޖައްސާފައި ވަނީ އަންނަ މަހު 4 ގަ އެވެ.
ރާއްޖޭގެ އެހެން ހިސާބުތަކުގައި މިހާރު ވެސް ގެންދަނީ ސްކޫލްތައް ހުޅުވައިގެން، ހުރިހާ ގްރޭޑަކަށް ކިޔަވައިދެމުންނެވެ.
ކިޔެވުން އޮންލައިންކޮށް، އިންޓަނެޓަކަށް ނުވަދެވޭ
މި ވަގުތު ތިބި ހުރިހާ ޓީޗަރުންނަށް ލައިސަންސް ލިބޭނެ
އޯ ލެވެލްގެ ދެބައިކުޅަ އެއްބައި ދަރިވަރުން ފާހެއްނުވޭ
އަރަބިއްޔާ ހާއްސަ، ޖާގަ ދެ ގުނަ ވާނެ: މިނިސްޓަރު
"ރީތި ސިފަތަކުން ދަރިވަރުންނަށް ނަމޫނާ ދައްކައިދީ"
ތައުލީމީ ސިޔާސަތުގެ ތަފާތު: ފޮތްތައް އެއްބަޔަކަށް؟
ރާއްޖޭގެ އަމިއްލަ އިމްތިހާނެއް ފަރުމާކުރަން ފަށައިފި
އޯ ލެވެލް ނަތީޖާ: ރަށްރަށުގެ ވިދުން ގަދަ އަހަރެއް!
ބޮޑުޗުއްޓީ ބަދަލުކުރަން ބޭނުން ނަމަ ސަރުކާރުން ވިސްނާނެ
ޗުއްޓީ ނިމެނީ، ޝަކުވާ ބޮޑު، މިނިސްޓްރީ ހިމޭނުން!