11 ސެޕްޓެމްބަރ 2022
މީގެ 14 އަހަރު ކުރިން އަމަލުކުރަން ފެށި ފެހި ގާނޫނު އަސާސީއާ އެކު ރާއްޖޭގައި ދިރިއުޅޭ ބިދޭސީ ދަރިވަރުން ވެސް ހިމަނައިގެން އެންމެންނަށް ހިިލޭ ފޮތާއި ފަންސޫރު ދީ ތައުލީމު ފޯރުކޮށްދޭން ސަރުކާރުން ފެށި އެވެ. އަމިއްލަ ސްކޫލުތައް އުފައްދައި ފުޅާވަމުން ދިޔައިރު، އެ ކުދިންނަށް ވެސް ދައުލަތުން ފުރަތަމަ އެހީ ދިނެވެ.
މީގެ 14 އަހަރު ކުރިން އަމަލުކުރަން ފެށި ފެހި ގާނޫނު އަސާސީއާ އެކު ރާއްޖޭގައި ދިރިއުޅޭ ބިދޭސީ ދަރިވަރުން ވެސް ހިމަނައިގެން އެންމެންނަށް ހިިލޭ ފޮތާއި ފަންސޫރު ދީ ތައުލީމު ފޯރުކޮށްދޭން ސަރުކާރުން ފެށި އެވެ. އަމިއްލަ ސްކޫލުތައް އުފައްދައި ފުޅާވަމުން ދިޔައިރު، އެ ކުދިންނަށް ވެސް ދައުލަތުން ފުރަތަމަ އެހީ ދިނެވެ.
އެކަމަކު، އެއީ 2017 ވަނަ އަހަރާ ހަމައަށެވެ. ވަކި ހިސާބަކުން ސަރުކާރުގެ ވިސްނުން ބަދަލުވެ، އިންޓަނޭޝަނަލް ސްކޫލުތަކުގައި ކިޔަވާ ކުދިންނަށް ހިލޭ ފޮތްތަކާއެކު ސްޓޭޝަނަރީ ދިނުން ހުއްޓާލީ އެވެ.
ނަމަވެސް، މި މައްސަލައިގައި އެތައް ބަޔަކު ސުވާލު އުފައްދާ ކަމެއް އެބައޮތެވެ. ތައުލީމުގެ ގާނޫނުގެ ދަށުން އިސްލާމާއި ދިވެހި ކިޔަވައިދިނުން ލާޒިމްވާއިރު، އެ ދަރިވަރުންނަށް ސަރުކާރުގެ އެއްވެސް އެހީތެރިކަމެއް ނުލިބެނީ ކީއްވެގެން ހެއްޔެވެ؟ ނުވަތަ ދެމުން ދިޔަ އެހީތެރިކަން ވެސް ހުއްޓާލީ ކީއްވެގެން ހެއްޔެވެ؟
ރާއްޖެއާ މާ ދުރުގައި ސްރީ ލަންކާ އަދި މެލޭޝިޔާގައި ދިރިއުޅޭ ދިވެހި ކުދިންނަށް ވެސް އިސްލާމާއި ދިވެހި ކިޔަވައިދިނުމަށް ސަރުކާރުން އެހީތެރިކަން ދިނުމަކީ، މި މައްސަލައިގައި ސުވާލު އުފައްދާ މީހުންގެ ހިތްހަމަނުޖެހުންތައް ބޮޑުވާ ސަބަބެވެ.
ތައުލީމީ ސިޔާސަތުތައް ކަނޑައެޅުމުގައި އަމަލީ ގޮތުން މަސައްކަތްކުރެއްވި ބޭފުޅަކު، ނަން ނުޖެހުމަށް އެދިވަޑައިގެން ވިދާޅުވީ، އަމިއްލަ ސްކޫލުތަކުގައި ކިޔަވާ ކުދިންނަށް ސްޓޭޝަނަރީ ދިނުން ހުއްޓާލީ އެ ތަންތަނަށް ފޮނުވަނީ ބެލެނިވެރިން އަމިއްލައަށް ބޭނުންވެގެން ކަމަށް ވާތީ ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު ޑރ. އައިޝަތު އަލީ (މ)، ޑެޕިއުޓީ މިނިސްޓަރު މުޖާހިދު އަދި ޑިރެކްޓާ ޖެނެރަލް އައްޒަ ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި އިންޓަނޭޝަނަލް ސްކޫލުތައް މަދުވުމާއި އެ ތަންތަނުގައި ކިޔަވާ ދަރިވަރުންގެ އަދަދު މަދުވުމުން އެ ކުދިންނަށް އިސްލާމާއި ދިވެހި ފޮތް ފޯރުކޮށްދިނުމަކީ ސަރުކާރަށް ނުކޮށްދެވޭ ވަރުގެ ބޮޑު ބުރައެއް ނޫން ކަމަށެވެ.
އެކަމަކު، އިސްލާމާއި ދިވެހި ކިޔަވައިދިނުމަށް ގާނޫނުން ލާޒިމްވާއިރު، އަމިއްލަ ސްކޫލުތަކުގެ ދަރިވަރުންނަށް އެ ފޮތްތައް ނުދިނުމަކީ ހައްގަކަށް އަރައިގަތުން ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މީގައި މައްސަލައަކަށް މި ވަނީ ސަރުކާރުގެ ސްކޫލަކުން ޖާގަ ނުލިބިގެން އަމިއްލަ ސްކޫލަށް ދާން ޖެހުމުން. އޭގެ ވިސްނުމަކާ، ހިލޭ ނުދިނުމާ ކިޔަވައިދިނުމާ ތައާރަޒެއް ނުވޭ. ޕްރައިވެޓް ސްކޫލެއްގައި އުޅެފައި ސަރުކާރު ސްކޫލަށް ދަންޏާ ވައްދާނެ، ކުދިންތަކެއް އައިސްފިއްޔާ ޖާގަ ނެތަސް ޖާގަ ދޭނެ. ފީ ދައްކާފައި، އަނެއް ދުވަހު ސަރުކާރު ސްކޫލަކަށް ވައްދާ ކުއްޖަކު ޖާގަ ނެތިގެން ޖާގަ ނުދީ ނުހުންނާނެ. ބައި ޗޮއިސް ކިޔަވަން ދަނީ. ޖާގަ ނެތިގެން ކަމަށް ވަންޏާ އެއީ މައްސަލަ،" އޭނާ ވިދާޅުވި އެވެ.
ސަރުކާރުގެ ސްކޫލުތަކުގައި ކިޔަވާ ކުދިންގެ ފޮތްތަކާއި އިމްތިހާނުތަކުގައި ބައިވެރިވުމަށް ދައްކަންޖެހޭ ފީ ވެސް ދައްކައިދެނީ ސަރުކާރުންނެވެ.
އަމިއްލަ ސްކޫލުތަކަށް ސްޓޭޝަނަރީ ދިނުމާ ގުޅޭގޮތުން، މި ރިޕޯޓަށް ވާހަކަދެއްކެވި އޮފިޝަލް މިސާލެއްގެ ގޮތުން ނެންގެވީ އޭ ލެވެލް ކިޔެވުމަށް އަމިއްލަ ސްކޫލުތަކަށް ދޭ އެހީތެރިކަމެވެ.
މާލޭގައި މަތީ ސާނަވީއަށް ކިޔަވައިދިނުމަށް ސަރުކާރުން ހިންގަނީ ސީއެޗްއެސްއީ އެކަންޏެވެ. އެ ޑިމާންޑާ އެއްވަރަށް ދަރިވަރުންނަށް ޖާގަ ނުދެވޭތީ، އޯ ލެވެލް އިމްތިހާނުގައި ފަސް މާއްދާއިން ފާސްވެފައިވާ ދަރިވަރުންގެ ތެރެއިން ވިލާ އިންޓަނޭޝަނަލް އަދި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން ކިޔަވާ ކުދިންނަށް ސަރުކާރުން ފީ ދައްކައިދެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަމިއްލަ ސްކޫލުތައް ހިންގަނީ ސަރުކާރުގެ ވެސް ވަރަށް ބޮޑު އެހީތެރިކަމާއެކުގަ އެވެ. އެގޮތުން، އެ ސްކޫލުގެ ބިމާއި އިމާރާތްތައް، އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދީފައިވަނީ ސެލެކްޓެޑް ބިޑިން އަކުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ތަންތަން ހިންގަނީ މުޅިއަކުން ވެސް ޕްރައިވެޓް ކޮށް ނޫން. ޕަބްލިކް-ޕްރައިވެޓް ޕާޓްނަޝިޕްގެ ދަށުން މި ހިންގަނީ. ދަރިވަރުންގެ އަތުން ފީ ނަގައިގެން، ޓީޗަރުންނާއި މުވައްޒަފުންނަށް މުސާރަ ދީ، ބޮޑު ބިމަކާއި އިމާރާތަށް ކުއްޔަށް ދީގެން ކިހިނެއްތޯ ހިންގާނީ؟ ޣިޔާސުއްދީން ސްކޫލަކީ ރާއްޖެއަށް ޖަޕާނު ސަރުކާރުން އަޅައިދިން ސްކޫލެއް. އެތަން ވެސް ހަމަ ހިލޭ ދޫކޮށްފައި އެ ހުރީ."
ނަމަވެސް އެތަންތަން ދީފައިވަނީ ބައެއް ޝަރުތުތަކާ އެކުގަ އެވެ. އޭގެ ތެރެއިން ކޮންމެ ގްރޭޑަކަށް ވެސް ވަކި ވަރަކަށް ސްކޮލަޝިޕްތައް ކަނޑައެޅުމާއި ދަރިވަރުންގެ ފީ ވެސް ވަކި ވަރެއްގައި ހިފެހެއްޓުން ހިމެނެ އެވެ.
ސްކޫލުތައް ހިންގަން ކުއްޔެއް ދައްކަން ނުޖެހުނަސް، އެ އޮފިޝަލް ވިދާޅުވި ގޮތުގައި އެއީ ސީދާ ދަރިވަރުންނަށް ދޭ ލުއެއް ނޫނެވެ.
"ކިޔަވައިދިނުން މުއްސަނދި ވަނީ ޕްރައިވެޓް ސެކްޓާ ވެސް އޮވެގެން ކަމަށް ގަބޫލުކުރާތީ ސްކޫލުތަކަށް އެހީތެރިކަން ދެނީ. އެ ތަންތަން އެ އޮތީ ވެސް ސަރުކާރުގެ ވަރަށް ބޮޑު އެހީތެރިކަމަކާއެކު،" އޭނާ ވިދާޅުވި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ އެހީތެރިކަމާއި ފޮރިން މިނިސްޓްރީގެ އިސް ނެގުމަކުން ލަންކާގައި ހުންނަ ސޯސަންގޭގައި އިސްލާމާއި ދިވެހި ކިޔަވައިދޭތާ އަހަރުތަކެއް ވެއްޖެ އެވެ. އެ ދަރިވަރުންނަށް ބޭނުންވާ ފޮތްތައް ރާއްޖެއިން ފޮނުވި ނަމަވެސް، އެ ފޮތްތައް ޖެހެނީ ގަންނަން ކަމެއް ނުވަތަ ސަރުކާރުން ހިލޭ ދެނީ ކަމެއް ސާފެއްނުވެ އެވެ.
އަރަބިއްޔާ ސްކޫލުގެ ދަރިވަރުންތަކެއް، ސްކޫލު ދޮރުމަތީގައި މަޑުކޮށްލައިގެން.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
މެލޭޝިޔާގައި އެސްއެސްސީ އިމްތިހާނު ދޭން ފެށުމަށް މިދިޔަ މެއި މަހު އެ ގައުމުގައި ބޭއްވި ރަސްމިއްޔާތާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކޮންމެ އަހަރަކު ވެސް މެލޭޝިއާގައި އެ އިމްތިހާނު ބާއްވާނެ ކަމަށެވެ.
އެ އިމްތިހާނަށް ތައްޔާރުވުމަށްޓަކައި ދަރިވަރުންނާއި ޓީޗަރުންނަށް ބޭނުންވާ ފަންނީ އެހީތެރިކަން މިނިސްޓްރީން ފޯރުކޮށްދޭނެ އެވެ. އަދި ދަރިވަރުންނަށް ބޭނުންވާ އިސްލާމާއި ދިވެހި މާއްދާގެ ޓެކްސްޓު ފޮތްތައް ސަރުކާރުން ދޭނެ ކަމަށް ވެސް އޭރު ބުންޏެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހު ފެށި ދިރާސީ އާ އަހަރާއެކު އަމަލުކުރަން ފެށި ތައުލީމުގައި ގާނޫނުގައިވާ ގޮތުން 4-18 އަހަރާ ދެމެދު ނުވަތަ ޕްރީ ސްކޫލުން ފެށިގެން ގްރޭޑު 12 ނިމެންދެން ތައުލީމުގެ ހައްގު ލިބިގެންވެ އެވެ. އަދި ރާއްޖޭގައި އުޅޭ 4-16 އަހަރާ ދެމެދުގެ ކޮންމެ ކުއްޖަކީ މަޖުބޫރު ތައުލީމު ލާޒިމްވާނެ ކުއްޖެކެވެ.
އެއާއެކު، އެ އުމުރުގެ ކުދިންނަށް އިސްލާމީ އަގީދާ އާއި އިސްލާމީ ތަރުބިއްޔަތު ކިޔަވައިދޭންވާނެ ކަމަށް ބުނެފައިވެ އެވެ.
އިންޓަނޭޝަނަލް ސްކޫލެއްގެ އިސްވެރިޔަކު ވިދާޅުވި ގޮތުގައި ވަކި މާއްދާތަކެއް ކިޔަވައިދިނުމަށް ގާނޫނުން ލާޒިމްކުރާއިރު، އެ މާއްދާތައް ކިޔަވައިދޭން ސަރުކާރުން އެހީތެރިނުވުމަކީ، އަމިއްލަ ސްކޫލުތަކުގައި ކިޔަވާ ކުދިންނަށް ވެވޭ ބޭއިންސާފެއް ކަމަށެވެ.
"ރާއްޖޭން ބޭރުގައި އުޅޭ ކުދިންނަށް ވެސް ސަރުކާރުން އެބަ ކިޔަވައިދޭ. އެކަމަކު ރާއްޖޭގައި އެކަމެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.
މި މައްސަލައާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ހަމައެކަނި ވިދާޅުވީ ގާނޫނުގައި އޮންނަނީ ފުރުސަތުތައް ފަހިކޮށްދިނުމަށް ކަމަށެވެ. ސަރުކާރުގެ ތައުލީމީ ނިޒާމުގެ ތެރެއިން އެ ފުރުސަތުތައް ފަހިވެފައި އޮންނަ ކަމަށް ވިދާޅުވި އެވެ.
ގައުމީ ސިޔާސަތެއްގައި ވަކި ގޮތަކަށް ކަންކަން ކަނޑައަޅަން ޖެހޭނީ އޭގެ ވަސީލަތްތައް ގާއިމްް ކުރުމަށް ފަހު ކަމަށް މި ރިޕޯޓަށް ވާހަކަ ދެއްކެވި ބޭފުޅުން ވިދާޅުވެ އެވެ. ސަރުކާރުގެ ސްކޫލެއްގައި ކިޔެވިޔަސް، ނުވަތަ އެހެން ސްކޫލެއްގައި ކިޔެވިޔަސް އެކަން އޮންނަން ޖެހޭނީ އަސާސީ ކަމެއްގެ ގޮތުގަ އެވެ. މުހިންމު ކިޔަވާ ތަނެއް ނޫނެވެ. މުހިންމީ ކިޔެވުމެވެ.
ބޮޑުޗުއްޓީ ބަދަލުކުރަން ބޭނުން ނަމަ ސަރުކާރުން ވިސްނާނެ
ޕްރިންސިޕަލުން އެދެނީ އޭ ލެވެލް އިމްތިހާނު ފަސްކުރަން
އިތުރުކުރި ހަ މަހުގެ ބޭނުން ނުހިފި ބޭކާރު؟
ތައުލީމީ އާ ބަދަލު: ރަނގަޅުތަ؟
ޓެލިކިލާހަށް އޭޝިއާ ސަރަހައްދުގެ އެވޯޑެއް
ޕްރީސްކޫލް ނޫނީ ބަންދުކުރުމުގެ ވިސްނުމެއް ނެތް
ކަންބޮޑުނުވޭ، ކުދިން ސްކޫލަށް ފޮނުވައިދީ: މިނިސްޓަރު
ތައުލީމީ ގާނޫނު: ތައުލީމީ ދާއިރާއަށް ބޮޑު އުއްމީދެއް
ތައުލީމުގެ ގާނޫނުން ދާއިރާ ތަރުތީބުކޮށްދޭނެ: މިނިސްޓަރު
ފެހެންދޫ ދަރިވަރުން "ސްކޫލުފެރީ" ބޭނުންކުރަން ފަށައިފި