ކޮވިޑު-19 ގެ ބަލިމަޑުކަމުގައި ޓީވީ މެދުވެރިކޮށް ކިޔަވައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ދައްކާ "ޓެލިކިލާސް" އަށް އޭޝިޔާ ސަރަހައްދުގެ ޝަރަފުވެރި އެވޯޑެއް ލިބިއްޖެ އެވެ.
21 ފެބުރުއަރީ 2021
ކޮވިޑު-19 ގެ ބަލިމަޑުކަމުގައި ޓީވީ މެދުވެރިކޮށް ކިޔަވައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ދައްކާ "ޓެލިކިލާސް" އަށް އޭޝިޔާ ސަރަހައްދުގެ ޝަރަފުވެރި އެވޯޑެއް ލިބިއްޖެ އެވެ.
އެ ޕްރޮގްރާމަށް ޔުނެސްކޯ ވެންހޫ އެވޯޑު ލިބިފައިވަނީ ބަލިމަޑުކަމުގައި މެދުކެނޑުމެއްނެތި ގައުމީ ޓީވީން ފިލާވަޅުތައް ދެއްކުމުގެ ޕްރޮޖެކްޓުންނެވެ. އެ އެވޯޑާއެކު ރާއްޖެއަށް 20،000 ޑޮލަރު ލިބިފައި ވެ އެވެ.
ޓެލިކިލާސް މެދުވެރިކޮށް އެޑިއުކޭޝަން މިނިސްޓްރީން ކިޔަވައިދޭން ފަށާފައިވަނީ ކޮވިޑުގެ ސަބަބުން މިދިޔަ މާޗު މަހު ސްކޫލުތައް ބަންދުކުރުމަށްފަހު މާޗު 15، 2020 ގަ އެވެ. އޭގެ ފަހުން ސްކޫލުތައް ހުޅުވިއަސް ޕީއެސްއެމްގެ ޔެސް ޗެނަލާއި މުންނާރު އަދި ދިވެހި ޗެނަލުން ޓެލިކިލާސް ފިލާވަޅުތައް ދައްކާފައިވެ އެވެ.
މިދިޔަ ޑިސެމްބަރު 3 ގައި ސްކޫލުތައް ބަންދުވުމާއެކު ޓެލިކިލާސް މެދުކަނޑާލުމަށްފަހު މިނިސްޓްރީން މިހާރު އަންނަނީ އެ ޕްރޮގްރާމް ދެއްކުމަށް ތައްޔާރުވަމުންނެވެ.
Congratulations to our hardworking team who made #Telikilaas possible. A special thank you to @YES_Maldives, @DhivehiChannel & @alkaunmv for helping us telecast the lessons. https://t.co/j3rxRrcVDz
— Aishath Ali (@aisthly) February 21, 2021
ވެންހުއި އެވޯޑަކީ ޔުނެސްކޯ އޭޝިޔާ ޕެސިފިކް ޕްރޮގްރާމް އޮފް އެޑިއުކޭޝަނަލް އިނޮވޭޝަން ފޯ ޑިވެލޮޕްމަންޓާއި ނޭޝަނަލް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ ފޯ ޔުނެކްސޯ ގުޅިގެން 2010 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ދެމުން އަންނަ އެވޯޑެކެވެ.
އެ އެވޯޑުގެ މަގުސަދަކީ އޭޝިއާ ޕެސިފިކް ސަރަހައްދުގައި ތައުލީމީ ދާއިރާ ކުރިއެރުވުމަށް އީޖާދީގޮތެއްގައި ފާހަގަކޮށްލެވޭ ހިދުމަތްތަކެއް ކުރާ މީހުންނާއި އިދާރާތަކުގެ އަގުވަޒަންކޮށް އެ ފަރާތްތަކަށް ހިތްވަރު ދިނުމެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ ކާމިޔާބުކަމާއެކު ޓެލިކިލާސް ގެންދިއުމުގައި އެހީތެރިކަން ދިން ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ތައުލީމީ ސިޔާސަތުގެ ތަފާތު: ފޮތްތައް އެއްބަޔަކަށް؟
ބޮޑުޗުއްޓީ ބަދަލުކުރަން ބޭނުން ނަމަ ސަރުކާރުން ވިސްނާނެ
ޕްރިންސިޕަލުން އެދެނީ އޭ ލެވެލް އިމްތިހާނު ފަސްކުރަން
އިތުރުކުރި ހަ މަހުގެ ބޭނުން ނުހިފި ބޭކާރު؟
ތައުލީމީ އާ ބަދަލު: ރަނގަޅުތަ؟
ޕްރީސްކޫލް ނޫނީ ބަންދުކުރުމުގެ ވިސްނުމެއް ނެތް
ކަންބޮޑުނުވޭ، ކުދިން ސްކޫލަށް ފޮނުވައިދީ: މިނިސްޓަރު
ތައުލީމީ ގާނޫނު: ތައުލީމީ ދާއިރާއަށް ބޮޑު އުއްމީދެއް
ތައުލީމުގެ ގާނޫނުން ދާއިރާ ތަރުތީބުކޮށްދޭނެ: މިނިސްޓަރު
ފެހެންދޫ ދަރިވަރުން "ސްކޫލުފެރީ" ބޭނުންކުރަން ފަށައިފި