Roadha Mihaaru
ބޭރުންް ގެންނަ ހާފިޒުން ސްކްރީން ކުރަނީ

ރޯދަ އަށް ބޭރުން ގެންނަ ހާފިޒުން ރާއްޖޭގެ އުސޫލުތަކަށް ތަބާވޭތޯ ބަލަނީ

05 ޖެނުއަރީ 2020

ރޯދަ މަހު އިމާމުވެ، ތަރާވީހު ނަމާދުކުރަން ބޭރުން ގެންނަ ހާފިޒުންނަކީ ރާއްޖޭގައި އޮންނަ ދީނީ އެއްބައިވަންތަ ކަމުގެ އުސޫލުތަކަށް ތަބާވާ ބައެއްތޯ ބަލަން ކައުންޓަ ރޭޑިކަލައިޒޭޝަން ކޮމިޓީން މިއަދު ނިންމައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރޯދަ މަހު އިމާމުވެ، ތަރާވީހު ނަމާދުކުރަން ބޭރުން ގެންނަ ހާފިޒުންނަކީ ރާއްޖޭގައި އޮންނަ ދީނީ އެއްބައިވަންތަ ކަމުގެ އުސޫލުތަކަށް ތަބާވާ ބައެއްތޯ ބަލަން ކައުންޓަ ރޭޑިކަލައިޒޭޝަން ކޮމިޓީން މިއަދު ނިންމައިފި އެވެ.

ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންްޓަރު (އެންސީޓީސީ) އިން ބުނީ ރޯދަމަހު ބޭރުން ގެންނަ ހާފިޒުންނަކީ ރަނގަޅު ބައެއްތޯ ބަލަން ދުރާލާ ތައްޔާރުވުމަށް ކައުންޓަ ރޭޑިކަލައިޒޭޝަން ކޮމިޓީގައި މިއަދު މަޝްވަރާކުރި ކަމަށެވެ. ހާފިޒުން ރަނގަޅުތޯ ބެލުމުގެ ކަންތައްތައް ހަރުދަނާ ކުރަން މިއަދު ސަބް ކޮމިޓީއެއް ނެގި ކަމަށް ވެސް އެންސީޓީސީން ބުންޏެވެ.

ބޭރުން ގެންނަ ހާފިޒުންނަކީ ރަނގަޅު ބައެއްކަން ނުވަތަ ނޫންކަން ކަނޑައެޅުމަށް ބަލާނީ އެ މީހުންނަކީ ރާއްޖޭގެ ދީނީ އެއްބައިވަންތަކަމުގެ އުސޫލަށް ތަބާވާ އަދި އިމާމުވެ ތަރާވީހު ނަމާދު ކުރަން އެކަށީގެންވާ ބައެއްތޯ އެވެ.

އެންސީޓީސީން އިސްނަގައިގެން އުފައްދާފައިވާ ކައުންޓާ ރޭޑިކަލައިޒޭޝަން ކޮމިޓީގައި ހިމެނޭ މުއައްސަސާތަކަކީ ހޯމް މިނިސްޓްރީ، އިސްލާމިކް އެފެއާޒް މިނިސްޓްރީ، ފޮރިން މިނިސްޓްރީ، އެމްއެންޑީއެފް، ޕޮލިސް އަދި މޯލްޑިވްސް އިމިގްރޭޝަނެވެ.

ކައުންޓާ ރޭޑިކަލައިޒޭޝަން ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މުއައްސަސާތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވަނީ: ހާފިޒުން ގެންނަ އުސޫލު ހަރުދަނާކުރަން މަޝްވަރާ ކުރެއްވި.

ކައުންޓާ ރޭޑިކަލައިޒޭޝަން ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މުއައްސަސާތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވަނީ: ހާފިޒުން ގެންނަ އުސޫލު ހަރުދަނާކުރަން މަޝްވަރާ ކުރެއްވި.

ހާފިޒުން ގެންނަ އުސޫލު އެކުލަވައިލުމުގައި މިފަހަރު ތަންފީޒީ އިދާރާތަކާއި ލޯކަލް ކައުންސިލްތަކުގެ ދައުރު ފުޅާކުރަން އެކޮމިޓީގެ ބައްދަލުވުމުން ނިންމި އެވެ.

ރޯދަމަހު ބޭރުން ހާފިޒުން ގެނައުމަށް ހާއްސަ ހުއްދައެއް ނަގަން ޖެހޭ ގޮތަށް މިދިޔަ އަހަރުގެ އޭޕްރިލް މަހު މޯލްޑިވްސް އިމިގްރޭޝަނުން ނިންމި އެވެ. އެމީހުންނަށް ވިސާ ހޯދުމަށް ގިނަ ލިޔެކިއުންތަކެއް ހުށަހަޅަން ޖެހޭ ގޮތަށް ވެސް އޭރު ހަމަޖެއްސި އެވެ. އޭގެ ތެރޭގައި އިސްލާމިކް މިނިސްޓްރީން ދޫކޮށްފައިވާ ހުއްދައިގެ ކުލަ ކޮޕީ އާއި އެ މީހަކީ ހިފްޒުކޮށް، ތަރާވީހު ނަމާދުކުރަން ގެންނަ މީހެއްކަން އެނގޭނެ ސިޓީއެއް ހިމެނެ އެވެ. އަދި، ރާއްޖެ އަށް އެ ހާފިޒަކު ގެންނަނީ ޖަމިއްޔާއަކުން ނަމަ އެ ޖަމިއްޔާއެއްގެ ރަޖިސްޓަރީގެ ކުލަ ކޮޕީއެއް ވެސް ހުށަހަޅަން ޖެހެ އެވެ.