Roadha Mihaaru
ކަޅުއޮށްފުންމި މާލޭ ސިޓީ ޕާކަށް ބަދަލުކޮށްފި

ކަޅުއޮށްފުންމި މާލޭ ސިޓީ ޕާކަށް ބަދަލުކޮށްފި

18 މެއި 2016

ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުނު މުނާސަބަތާ ގުޅިގެން ސަރުކާރުން ބަނދެ ނިންމި ކަޅުއޮށްފުންމި މާލޭގައި ހުންނަ ސިޓީ ޕާކަށް ގެނެސް އެ ތަނުގައި މިއަދު ބަހައްޓައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުނު މުނާސަބަތާ ގުޅިގެން ސަރުކާރުން ބަނދެ ނިންމި ކަޅުއޮށްފުންމި މާލޭގައި ހުންނަ ސިޓީ ޕާކަށް ގެނެސް އެ ތަނުގައި މިއަދު ބަހައްޓައިފި އެވެ.

ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެ މިނިވަން ކުރުމަށް ބޮޑުތަކުރުފާނު ދަތުރުކުރެއްވި ކަޅުއޮށްފުންމި ބަނދެފައިވާ ގޮތް ކަމަށް ބުނެވޭ ގޮތަށް މިދިޔަ އަހަރު ބަނދެ ނިންމި މިހާތަނަށް އޮތީ މާލޭ ކައިރީގައި އޮންނަ ފޭދޫފިނޮޅުގަ އެވެ.

ހޯމް މިނިސްޓްރީން ބުނި ގޮތުގައި ސިޓީ ޕާކަށް ކަޅުއޮށްފުންމި ބަދަލުކުރީ އެ ތަން ތަރައްގީކޮށް ހުޅުވުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުންނެވެ.

ސިޓީ ޕާކް ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ ލެޑް ޕާކެއްގެ ގޮތުގަ އެވެ. އެގޮތުން ސަލްޓަން ޕާކްގައި ހުރި ލެޑް ގަސްތައް ސިޓީ ޕާކަށް ގެންދިއުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ކަޅުއޮށްފުންމި މާލެ ގެނައުމުގެ މަސައްކަތް ކުރަނީ. މި އޮޑި މާލެ ގެނައީ ބާޖެއްގެ އެހީގައި. - ފޮޓޯ: ހޯމް މިނިސްޓްރީ

ކަޅުއޮށްފުންމި މާލެ ގެނައުމުގެ މަސައްކަތް ކުރަނީ. މި އޮޑި މާލެ ގެނައީ ބާޖެއްގެ އެހީގައި. - ފޮޓޯ: ހޯމް މިނިސްޓްރީ

ސިޓީ ޕާކް، ލެޑް ޕާކެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ފަހު ދެ މަހެއްހާ ދުވަހުގެ ތެރޭގައި ހުޅުވުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

މިނިވަން ފަންސާހުގެ ރަސްމިއްޔާތަކުގައި ބޭނުންކުރުމަށް ފަހު، ކަޅުއޮއްފުންމި ބާއްވަން ނިންމީ ހުޅުމާލޭގައި ހުންނަ ހެރިޓޭޖް އިމާރާތުގަ އެވެ. ނަމަވެސް އެ އިމާރާތް ހަދައި ނުނިމޭތީ ސަރުކާރުން ވަނީ އެ ތަނަށް އޮޑި ގެންދިއުމުގެ ބަދަލުގައި މާލޭގައި އާންމުންނަށް ފެންނާނެހެން ބެހެއްޓުމަށް ނިންމައިފަ އެވެ.

ފަންސާހަކަށް ފޫޓުގެ މި އޮޑި ބަނދެފައިވަނީ ވަކަރު ބޭނުންކޮށްގެން ބ. މާޅޮހުގަ އެވެ. އެ މަސައްކަތް ކުރީ މެރިޓައިމް އެންޑް އަންޑާ ވޯޓާ ހެރިޓޭޖް ޖަމިއްޔާ އިންނެވެ.