މުނިފޫހިފިލުވުމާއި ކުޅިވަރު ކުޅެވޭނެ ގޮތަށް ތަރައްގީ ކުރަމުންދާ ގަލޮޅު ސިޓީ ޕާކް އަންނަ މަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.
08 ސެޕްޓެމްބަރ 2025
މުނިފޫހިފިލުވުމާއި ކުޅިވަރު ކުޅެވޭނެ ގޮތަށް ތަރައްގީ ކުރަމުންދާ ގަލޮޅު ސިޓީ ޕާކް އަންނަ މަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.
ސިޓީ ޕާކު އަލުން ތަރައްގީކުރަން އެތަން ބަންދުކުރީ 2022 ވަނަ އަހަރު އެވެ. އޭރު އެ ޕާކު ތަރައްގީކުރަން ކައުންސިލުން ޕްލޭން ކޮށްފައި އޮތަސް އޭރު އެތަނުގައި އެއްވެސް މަސައްކަތެއް ނުކުރެ އެވެ.
އޭގެފަހުން މިދިޔަ އޭޕްރީލް މަހު އެ ޕާކުގެ މަސައްކަތް ކުރުމަށް ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފަ އެވެ.
ސިޓީ ކައުންސިލުން ބުނީ ސިޓީ ޕާކް ތަރައްގީ ކުރުމުގެ މަރުހަލާގެ ފޭސް 2 ގެ މަސައްކަތުގެ 65 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ފޭސް 2 ގެ ކޮންކްރިޓް މަސައްކަތްތައް އެއްކޮށް ވަނީ ނިންމައިފަ އެވެ.
އެ ޕާކުގެ މަސައްކަތް އަންނަ އޮކްޓޫބަރު މަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ކައުންސިލުން ބުންޏެވެ.
އެ ޕާކު ތަރައްގީ ނިމޭއިރު ސްޕޯޓްސް އޭރިއާގައި ބެޑްމިންޓަން ކޯޓަކާއި 3އޮން3 ބާސްކެޓްބޯޅަ ކުޅޭނެ ކޯޓެއް ވެސް އޮންނާނެ އެވެ. އަދި ސްޕޯޓްސް އޭރިއާގެ ގްރައުންޑް ލެވެލް ގައި 102 ސައިކަލް ޕާކު ކުރެވޭ ޖާގައިގެ ޕާކިން ޒޯނަކާއި އެ ޒޯނާ އިންވެގެން ކޮމާޝަލް ޖާގައިގެ ގޮތުގައި ދެ ސްލޮޓް ވެސް ހިމެނޭނެ އެވެ.
ސިޓީ ޕާކު ތަރައްގީކުރަން ކައުންސިލުން ފަށާފައި ވާއިރު ކުރީގެ ސަރުކާރުތަކުން ވެސް އެ ޕާކުގައި އެކި މަސައްކަތްތައް ކުރި އެވެ.
ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ގުޅުވައިގެން މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްގެން "ލެޑް ޕާކް" ގެ ނަމުގައި، އެކި ކުލަތަކުން ދިއްލޭ ގަސްތަކާ އެކު 2015 ވަނަ އަހަރު ވެސް އެ ޕާކު ހުޅުވި އެވެ. އެކަމަކު، އެތަން ވެސް ރަނގަޅަށް ނުބެލެހެއްޓި، އެ ތަކެތި އޭރު ހަލާކުވެގެން ދިޔައީ އެވެ.
ބާސްކެޓް ކޯޓަކާއެކު "މާފަންނު މައިޒާން" ހަދަނީ
ގަލޮޅު ސިޓީ ޕާކް ތަރައްގީކޮށްދޭނެ ބަޔަކު ހޯދަނީ
ލޮނުޒިޔާރަތް ޕާކު މަރާމާތުކޮށްދޭނެ ބަޔަކު ހޯދަނީ
ޕާކް ހަދަން ބަޖެޓް ނެތުމުން އެކަމަށް ބަޔަކު ހޯދަނީ
ކައުންސިލުން ސިޓީ ޕާކު އަލުން ތަރައްގީކުރަނީ
ލޮނުޒިޔާރަތްޕާކުގެ ވިނަގަނޑު މައްޗަށް ދޮންވެލި އަޅައިފި
ކޮވިޑް-19: މާލޭގެ ޕާކުތަކާއި މައިޒާންތައް ބަންދު
ތީމްޕާކް ހަދަން ބަޔަކު ކުރިމަތި ނުލުމުން އަލުން ބިޑަށް
ސިޓީ ކައުންސިލުގެ ބިޑު އިވެލުއޭޝަން ކޮމިޓީ އުވާލައިފި
ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ބަލަން އިންސްޕެކްޝަނެއް