މުނިފޫހިފިލުވުމާއި ކުޅިވަރު ކުޅެވޭނެ ގޮތަށް ގަލޮޅު ސިޓީ ޕާކް ތަރައްގީކުރާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.
27 އެޕްރީލް 2025
މުނިފޫހިފިލުވުމާއި ކުޅިވަރު ކުޅެވޭނެ ގޮތަށް ގަލޮޅު ސިޓީ ޕާކް ތަރައްގީކުރާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.
ސިޓީ ޕާކު އަލުން ތަރައްގީކުރަން އެތަން ބަންދު ކުރީ 2022 ވަނަ އަހަރު އެވެ. އޭރު ވެސް އެ ޕާކު ތަރައްގީކުރަން ކައުންސިލުން ޕްލޭން ކޮށްފައި އޮތަސް ފަހުން އެއްވެސް މަސައްކަތެއް ނުކުރެ އެވެ.
މިއަދު ކައުންސިލުން ކުރި އިއުލާނެއްގައި ވަނީ ގަލޮޅު ސިޓީ ޕާކް ތަރައްގީކުރުމުގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ފޭސް 2 ގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށެވެ. ސިޓީ ޕާކުގެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 8 ވަނަ ދުވަހު 9:00 އަށް އަގު ހުށަހަޅަންޖެހެ އެވެ.
ސިޓީ ޕާކު ތަރައްގީކޮށް ނިމޭއިރު އޮންނާނެ ގޮތުގެ ކުރެހުމެއް.-- ފޮޓޯ: މާލެ ސިޓީ ކައުންސިލް
އެ ޕާކު ތަރައްގީ ކުރަން ނިންމާފައި ވަނީ ސްޕޯޓްސް އޭރިއާގައި ބެޑްމިންޓަން ކޯޓަކާއި 3އޮން3 ބާސްކެޓްބޯޅަ ކުޅޭނެ ކޯޓަކާ ވެސް އެކު އެވެ.
އެ ސްޕޯޓްސް އޭރިއާގެ ގްރައުންޑް ލެވެލް ގައި 102 ސައިކަލް ޕާކު ކުރެވޭ ޖާގައިގެ ޕާކިން ޒޯނަކާއި އެ ޒޯނާ އިންވެގެން ކޮމާޝަލް ޖާގައިގެ ގޮތުގައި ދެ ސްލޮޓް ކަނޑައަޅާފައިވާ ކަމަށް ވެސް ބުންޏެވެ.
ސިޓީ ޕާކު ތަރައްގީކުރާނެ ގޮތް ދައްކައިދޭ ކުރެހުމެއް. -- ފޮޓޯ: މާލެ ސިޓީ ކައުންސިލް
ޕާކާއި ސަލާހުއްދީން މިސްކިތާ ދެމެދުގައިވާ ހަނި އަދި އަނދިރި ގޯޅީގައި ނޭދެވޭ އަމަލުތައް ހިންގުން މަދުކުރަން އެ ސަރަހައްދު އަލިކުރަން ކައުންސިލުން ވަނީ ޕާކްގެ ފާރުގައި "އެމްބެޑެޑް ލައިޓް" ހަރުކުރަން ނިންމައިފަ އެވެ. އޭރުން، ޕާކްގެ އެތެރޭގައި ދިއްލާ ލައިޓްތަކާ އެކު އެ ސަރަހައްދަށް އެކަށީގެންވާ އަލިކަން ލިބޭނެ ކަމަށް ކައުންސިލުން ބުންޏެވެ.
ސިޓީ ޕާކު ތަރައްގީކުރަން ކައުންސިލުން ނިންމާފައިވާއިރު ކުރީގެ ސަރުކާރުތަކުން ވެސް އެ ޕާކުގައި އެކި މަސައްކަތްތައް ކުރި އެވެ.
ސިޓީ ޕާކު ތަރައްގީކޮށް ނިމޭއިރު އޮންނާނެ ގޮތުގެ ކުރެހުމެއް.-- ފޮޓޯ: މާލެ ސިޓީ ކައުންސިލް
ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ގުޅުވައިގެން މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްގެން "ލެޑް ޕާކް" ގެ ނަމުގައި، ކުލަތަކުން ދިއްލޭ ގަސްތަކާ އެކު އެ ޕާކު ހުޅުވި އެވެ. އެކަމަކު، އެތަން ވެސް ރަނގަޅަށް ނުބެލެހެއްޓި، އެ ތަކެތި ހަލާކުވެގެން ދިޔައީ އެވެ.
ގަލޮޅު ސިޓީ ޕާކުގެ މަސައްކަތް އަންނަ މަހު ނިންމަނީ
ޕާކް ހަދަން ބަޖެޓް ނެތުމުން އެކަމަށް ބަޔަކު ހޯދަނީ
ކައުންސިލުން ސިޓީ ޕާކު އަލުން ތަރައްގީކުރަނީ
ސިޓީ ކައުންސިލުގެ ބިޑު އިވެލުއޭޝަން ކޮމިޓީ އުވާލައިފި
ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ބަލަން އިންސްޕެކްޝަނެއް
ކުއްޔަށް ދިން ޕާކިން ސްލޮޓްތައް އާއްމުންނަށް ހުޅުވާލަނީ
ލޯންޗުތަކަށް އިތުރު ދެ ފަޅެއް ދޭން މަޝްވަރާކޮށްފި
މާރުކޭޓު އެއްބަސްވުމުގެ މައްސަލަ އޭސީސީއަށް
މަސްމާރުކޭޓުގައި ހިންގާ މަނާ ވިޔަފާރިތައް ހުއްޓުވަނީ
މާރުކޭޓަށް ދެ ކޮންޓްރެކްޓް، ސައްހަ އެއްޗެއް ނޭނގޭ!