މާލޭ ރަސްމީ ފާލަމުން ފެށިގެން މާރުކޭޓާ ހަމައަށް ތާރު އަޅައި ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ކުރާތީ އެ ސަރަހައްދުގެ ފަޅު ބަންދުކުރުމުން ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމަށް އިތުރު ދެ ފަޅެއް ހަމަޖެއްސުމަށް މާލޭ ސިޓީ ކައުންސިލުން މަޝްވަރާކޮށްފި އެވެ.
07 ސެޕްޓެމްބަރ 2025
މާލޭ ރަސްމީ ފާލަމުން ފެށިގެން މާރުކޭޓާ ހަމައަށް ތާރު އަޅައި ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ކުރާތީ އެ ސަރަހައްދުގެ ފަޅު ބަންދުކުރުމުން ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމަށް އިތުރު ދެ ފަޅެއް ހަމަޖެއްސުމަށް މާލޭ ސިޓީ ކައުންސިލުން މަޝްވަރާކޮށްފި އެވެ.
މަގުގެ މަސައްކަތް މިދިޔަ މަހުގެ 21 ގައި އެމްޓީސީސީން ފެށުމާ އެކު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވަނީ އެ ސަރަހައްދަށް ގާތް ކުރަމުންދިޔަ އަތޮޅު ފެރީތަކާއި ލޯންޗުތަކަށް އިތުރު ދެ ސަރަހައްދެއް ބޭނުންކުރެވޭނެ ކަމަށް ބުނެފަ އެވެ.
ލޯންޗުތައް ގާތްކުރަން އެމްޕީއެލް އިން ހަމަޖެއްސީ އެމްޕީއެލްގެ ނޯތު ހާބަރުންނާއި ސައުތު ވެސްޓް ހާބަރު (ޓީޖެޓީ) ސަރަހައްދެވެ. އަންނަ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް އެތަނުން ހިދުމަތް ދޭނެ އެމްޕީއެލް އިން ބުނެފައިވެ އެވެ.
ރަށްރަށުން މާލެއަށް ދަތުރުކުރާ ފަރާތްތަކާއި ފަޅުތެރެ ބޭނުންކުރާ ފަރާތްތަކަށް މާލެއަށް އަރާފޭބުމަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ލޯންޗްތައް ކައިރިކުރުމަށް ފަޅުތެރެއިން އިތުރު ދެ ސަރަހައްދުން ޖާގަ ހަމަޖެއްސުމަށް އެ ސަރަހައްދު ބޭނުންކުރާ ބައެއް ފަރާތްތަކާއި މޭޔަރ @adamazim… pic.twitter.com/C3HbXdK6X0
— Malé City Council (@MaleCitymv) September 7, 2025
ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރަށްރަށުން މާލެއަށް ދަތުރުކުރާ ފަރާތްތަކާއި ފަޅުތެރެ ބޭނުންކުރާ ފަރާތްތަކަށް މާލެއަށް އަރައި ފޭބުމަށް ދިމާވާ ދަތިތައް ހައްލުކުރުމަށް އިތުރު ދެ ސަރަހައްދަކަށް ލޯންޗުތަކަށް ގާތް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެ ސަރަަހައްދުގެ ފަޅު ބޭނުންކުރާ ފަރާތްތަކާ އެކު އެކަމުގެ މޭޔަރު އާދަމް އާޒިމް މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
އެކަމަކު ލޯންޗުތައް ގާތްކުރަން ހަމަޖައްސާނީ ވަކި ކޮން ދެ ސަރަހައްދެއް ކަމަށް ނޭނގެ އެވެ.
ގިނަ އަދަދެއްގެ އަތޮޅު ފެރީތަކާއި އިތުރު ލޯންޗުތައް ވެސް ގާތްކުރާ އެމްއެމްއޭ ކައިރީ ފަޅު ބަންދުކުރުމާ އެކު އެހެން ސަރަހައްދުތަކަށް ވަނީ ވަރަށް ބޮޑަށް ބާރުބޮޑުވެފަ އެވެ.
އެމްއެމްއޭ ކައިރިން ފެށިގެން ބޭރު މަގު ތަރައްގީކުރަނީ މަގު ފުޅާކޮށް ހަތަރު ލޭނު އޮންނަ ގޮތަށެވެ. އެމްޓީސީސީއާ އެ މަޝްރޫއު ހަވާލުކުރީ 455 ދުވަސް ތެރޭގައި ނިންމަން ޖެހޭ ގޮތަށް 144 މިލިއަން ރުފިޔާއަށެވެ.
ހަތަރު ލޭނާ އެކު، "ސްޓްރެސް" އަށް ވެސް ލުޔެއް
ބޮޑުތަކުރުފާނު މަގު ހަތަރު ލޭނަކަށް ބަދަލުކުރަނީ
މަގު ހަދަން އެމްއެމްއޭ ކައިރިން ބޭރު މަގު ބަންދުކުރަނީ
މާލޭގެ މަގުތައް މަރާމާތުކުރަން 2 މިލިއަން ގާ ހޯދަނީ
ޕަބްލިކް ޓްރާންސްޕޯޓް ބޭނުންކުރަނީ ހަތް ޕަސެންޓް މީހުން
ރަސްފަންނުގެ ހާލަތު ފެނިފައި ހިތާމަކުރަން: ރައީސް
މާފަންނުން ފެން ހިންދާ ޕަމްޕް ސްޓޭޝަން ހަލާކުވެއްޖެ
ރަސްފަންނު މަރާމާތުކުރުމުގެ ފުރުސަތެއް ނުދިން:އެމްޓީސީސީ
"ރަސްފަންނު ބަލަހައްޓަން އެމްޓީސީސީއާ އޮތީ ހަވާލުކޮށްފައި"
މާލޭގައި ފެންބޮޑުވާ މަގުތައް މަރާމާތު ކުރަން ފަށައިފި