Roadha Mihaaru
މާލޭގައި ފެންބޮޑުވާ މަގުތައް މަރާމާތު ކުރަން ފަށައިފި

މާލޭގައި ފެންބޮޑުވާ މަގުތައް މަރާމާތު ކުރަން ފަށައިފި

19 ޖޫން 2024

މާލެ އަށް ވާރޭ ވެހޭ ކޮންމެ ފަހަރަކު ގިނަ މަގުތަކެއްގައި ފެން ބޮޑުވާ މައްސަލަ ހައްލު ކުރުމަށްޓަކައި އެ މަގުތައް ވަކިވަކިން މަރާމާތު ކުރަން މާލެ ސިޓީ ކައުންސިލުން ނިންމައި އޭގެ ތެރެއިން އެއް މަގުގެ މަސައްކަތް ފަށައިފި އެވެ.

ކައުންސިލްގެ ފަރާތުން ފުރަތަމަ މަސައްކަތް ފެށީ މާފަންނު އިއްޒުއްދީން މަގު ނުވަތަ ފަލާހު ޕްރީ ސްކޫލް ހުންނަ މަގެވެ. އެ މަގުގެ ގާތައް ނަގައި އެއްވަރު ކުރުމަށް ފަހު އަލުން ގާ އަތުރަން ވަނީ ނިންމައިފަ އެވެ.

ސިޓީ ކައުންސިލުން ބުނީ، އެއީ ލަހުން ފެން ހިނދޭ މަގެއް ކަމަށާއި އަލުން މަގު ހަދައި ނިމުމުން، ފައިމަގުގައި އުޅޭ މީހުންގެ އިތުރުން ސްކޫލް ކުދިންނަށް ފަސޭހަތަކެއް ވާނެ ކަމަށެވެ.

"މި ގޮތަށް ފެން ހެދޭ މަގުތައް ރަނގަޅު ކުރުން ކުރިއަށް އޮތް ދުވަސްތަކުގައި ކުރިއަށް ދާނެ،" ސިޓީ ކައުންސިލުން ބުންޏެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމް ވަނީ އިއްޒުއްދީން މަގުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް މިއަދު ހަވީރު ބައްލަވާލައްވައިފަ އެވެ.

އިއްޒުއްދީން މަގު މަރާމާތު ކުރުމުގެ މަސައްކަތަށް މޭޔަރު އާދަމް އާޒިމް މިއަދު ބައްލަވާއިރު، މީހަކާ ވާހަކަ ދައްކަވަނީ.---ފޮޓޯ: މާލެ ސިޓީ ކައުންސިލް

އިއްޒުއްދީން މަގު މަރާމާތު ކުރުމުގެ މަސައްކަތަށް މޭޔަރު އާދަމް އާޒިމް މިއަދު ބައްލަވާއިރު، މީހަކާ ވާހަކަ ދައްކަވަނީ.---ފޮޓޯ: މާލެ ސިޓީ ކައުންސިލް

މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލު ކުރުމަށްޓަކައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިސްނަގައިގެން އެމްއެންޑީއެފާއި އިންފްރާންސްޓްރަކްޗާ މިނިސްޓްރީ ގުޅިގެން މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު ވަނީ މަޝްރޫއެއް ފަށައިފަ އެވެ.

އިންފްރާސްޓްރަލްޗަ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެފައި ވަނީ އެއީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން ފެން ބޮޑުވާ މައްސަލަ އަށް ވަގުތީ ހައްލެއް ހޯދައިދިނުމަށް ފެށި މަޝްރޫއެއް ކަމަށެވެ.

"ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އެމްއެންޑީއެފުން ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާ. ބޮޑެތި ޗެލެންޖަސްތަކެއް ވެސް ކުރިމަތިވޭ. އެގޮތުން [ފެންބޮޑުވުމުގެ ސަބަބުން] ގެތަކަށް އެންމެ ބޮޑު ގެއްލުންވާ ލިބޭ ސަރަހައްދަކީ މިއީ [ވެސްޓް ޕާކް ސަރަހައްދު]. އެއީ މި ސަރަޙައްދުގެ މަގުތައް ހެދިފައި ހުރި ގޮތުން. މި ސަރަހައްދަށް ހުރިހާ ފެންތަކެއް ޖަމާވާ ކަހަލަ ގޮތަކަށް މި އޮންނަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ ޑިސެމްބަރުގައި ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގައި ހަމަޖެހުނު 130 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ތެރެއިން އެންމެ އިސްކަން ދޭނީ މާލޭގެ މަގު ހެދުމުގެ މަޝްރޫއަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިން ވަނީ ވިދާޅުވެފަ އެވެ.