Roadha Mihaaru

މާލޭގެ މަގުތައް މަރާމާތުކުރަން 2 މިލިއަން ގާ ހޯދަން އިއުލާންކޮށްފި

މާލޭގެ މަގުތައް މަރާމާތުކުރަން 2.2 މިލިއަން ގާ ހޯދަން މާލެ ސިޓީ ކައުންސިލުން މިއަދު އިއުލާންކޮށްފި އެވެ.

މާލޭގެ މަގުތައް މަރާމާތުކުރަން 2 މިލިއަން ގާ ހޯދަނީ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

22 ޖުލައި 2025

މާލޭގެ މަގުތައް މަރާމާތުކުރަން 2.2 މިލިއަން ގާ ހޯދަން މާލެ ސިޓީ ކައުންސިލުން މިއަދު އިއުލާންކޮށްފި އެވެ.

ކައުންސިލުން ވަނީ މާލޭގެ މަގުތައް މަރާމާތުކުރަން ބޭނުންވާ ގާ ސަޕްލައި ކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވާތީ ބީލަން ހުށަހަޅަން ހުޅުވާލައިފަ އެވެ.

ކައުންސިލުން ވަނީ ގަލުގެ ކުރެހުންތަކާއި މިންތައް ވެސް އެ އިއުލާނާ އެކު އާންމުކޮށްފަ އެވެ. ކައުންސިލުން ހުޅުވާލީ 2،202،500 ގާ ފޯރުކޮށްދިނުމަށެވެ.

ކައުންސިލުން ހޯދަން ބޭނުންވާ ގަލުގެ ތަފްސީލު:

- ޒިގްޒެގް ގާ: 1،000،000

- ޕޭވްމަންޓު ގާ: 1،000،000

- ގަޓަރު ކަވަރު (ކާނު މަތިގަނޑު): 200،000

- ކާބްސްޓޯން ޗެންފާ ކުޑަ: 500

- ކާބްސްޓޯން ޗެންފާ ބޮޑު: 500

- ކާބްސްޓޯން ރައުންޑް ކުޑަ: 500

- ކާބްސްޓޯން ރައުންޑް ބޮޑު: 1،000

ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ގާ ގެނައުމަށް ހަވާލުވާ ބަޔަކު ކައުންސިލުން ދައްކާ ތަނަކަށް އެ ތަކެތި ޑެލިވާކޮށްދޭން ޖެހޭނެ ކަމަށެވެ. އަދި ގާ ގެންނައިރު އެއްވެސް ގެއްލުމެއް ހުރެގެން ނުވާނެ ކަމަށާއި ފެންވަރު ރަނގަޅުވާން ޖެހޭނެ ކަމަށެވެ.

ފެންވަރު ރަނގަޅު ނޫން ނަމަ އެތަކެތި ބަލައި ނުގަނެ، އަނބުރާ ފޮނުވާލާނެ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

ކައުންސިލަށް ގާ ފޯރުކޮށްދޭން ބޭނުންވާ ނަމަ އަންނަ މަހުގެ ހަތަރުވަނަ ދުވަހުގެ ހެނދުނު 9:00ގައި އަންދާސީ ހިސާބު ހުށަހަޅަން ވެސް ވަނީ ހުޅުވާލައިފަ އެވެ.