Roadha Mihaaru
މާލޭގެ މަގުތައް ހަލާކުވެ، ޝަކުވާ ބޮޑުވެފައި!

މާލޭގެ މަގުތައް ވަރަށް ބޮޑަށް ހަލާކުވެ، ޝަކުވާ!

22 ޑިސެމްބަރ 2022

ހިނގާބިނގާވެ އުޅޭ މީހުންނަށް އުނދަގޫވާ ވަރަށް މާލޭގެ ބައެއް މަގުތައް ހަލާކުވެ، އާންމުންގެ ޝަކުވާ ބޮޑުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހިނގާބިނގާވެ އުޅޭ މީހުންނަށް އުނދަގޫވާ ވަރަށް މާލޭގެ ބައެއް މަގުތައް ހަލާކުވެ، އާންމުންގެ ޝަކުވާ ބޮޑުވެއްޖެ އެވެ.

"މިހާރު" އިން މާލޭގެ ބައެއް މަގުތަކުގެ ހާލަތު ބެލިއިރު، މާލޭ ސިޓީ ކައުންސިލުގެ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓުގެ ދަށުން މި ފަހުން ހެދި ބައެއް މަގުތައް ވެސް ވަނީ މިހާރު ހަލާކުވާން ފަށައިފަ އެވެ. އެއްވެސް ވަރަކަށް މަރާމާތުނުކޮށް ހުރި މަގުތަކުގެ ހާލަތު އެ އަށް ވުރެ ދަށެވެ. ބައެއް މަގުތަކުގައި ވަޅުގަނޑުތައް ވެސް ވަނީ ހެދިފަ އެވެ.

މަސައްކަތެއް ކުރަން މަޖީދީމަގު ކޮނެފައި މާރާމާތުނުކޮށް: ހިނގާވެބިނގާވެ އުޅޭ މީހުންނަށް އުނދަގޫވާ މިންވަރަށް މާލޭގެ ބައެއް މަގުތައް ވަނީ ހަލާކުވެފައި -- ފޮޓޯ: ނިޝާން އަލީ | މިހާރު

މަސައްކަތެއް ކުރަން މަޖީދީމަގު ކޮނެފައި މާރާމާތުނުކޮށް: ހިނގާވެބިނގާވެ އުޅޭ މީހުންނަށް އުނދަގޫވާ މިންވަރަށް މާލޭގެ ބައެއް މަގުތައް ވަނީ ހަލާކުވެފައި -- ފޮޓޯ: ނިޝާން އަލީ | މިހާރު

ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓުގެ ދަށުން، ބޮޑު ހަރަދެއް ކޮށްގެން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ހެދި ހަނދުވަރީ ހިނގުމުގެ ބައެއް ހިސާބުތަކުގައި ގާތަށް ހުރީ ރޫޅިފަ އެވެ. ގާތައް ރޫޅިފައި ހުރުމުން ދުއްވާ އެއްޗެހި ދުއްވަން ދަތިވާ ކަމަށް ވެސް އާންމުން ބުނެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހެދި މަޖީދީ މަގު ވެސް މިހާރު އޮތީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. ކޮނެގެން މަސައްކަތްކުރަން ނުޖެހޭ ގޮތަށް ހެދި އެ މަގުގެ ބައެއް ތަންތަން ކޮންނަ މައްސަލަ އެހާ ބޮޑު އިރު އެކި ހިސާބުތަކުގައި ވެސް ގާތައް ރޫޅިފައި އެބަހުއްޓެވެ.

މާލޭގެ މަގެއްގެ ޖަންކްޝަންގެ މަތިގަނޑު މައްޗަށް އަރައިފައި: ހިނގާވެބިނގާވެ އުޅޭ މީހުންނަށް އުނދަގޫވާ މިންވަރަށް މާލޭގެ ބައެއް މަގުތައް ވަނީ ހަލާކުވެފައި -- ފޮޓޯ: ނިޝާން އަލީ | މިހާރު

މާލޭގެ މަގެއްގެ ޖަންކްޝަންގެ މަތިގަނޑު މައްޗަށް އަރައިފައި: ހިނގާވެބިނގާވެ އުޅޭ މީހުންނަށް އުނދަގޫވާ މިންވަރަށް މާލޭގެ ބައެއް މަގުތައް ވަނީ ހަލާކުވެފައި -- ފޮޓޯ: ނިޝާން އަލީ | މިހާރު

ބައެއް މަގުތަކުގައި ޖަންކްޝަންގެ މަތިގަނޑުތައް މައްޗަށް އަރައި އޮތީ ދުއްވާ އެއްޗިއްސަށާއި ހިނގާ މީހުންނަށް ނުރައްކާވާ ގޮތަށެވެ.

ތާރު އަޅައިގެން ހެދި މާލޭގެ ރިންގް ރޯޑު ވެސް އެއްވެސް ވަރަކަށް މަރާމާތެއް ނުކުރެ އެވެ. އެ މަގުގެ އެ ހިސާބުތަކުގައި ތާރުގަނޑު ހަލާކުވެގެން ބޮޑެތި ވަޅުގަނޑުތައް ހެދިފައި އެބަހުއްޓެވެ.

ބޮޑުތަކުރުފާނު މަގުގެ ތާރުގަނޑު ހަލާކުވެގެން ވަޅުގަނޑު ހެދިފައި: ހިނގާވެބިނގާވެ އުޅޭ މީހުންނަށް އުނދަގޫވާ މިންވަރަށް މާލޭގެ ބައެއް މަގުތައް ވަނީ ހަލާކުވެފައި -- ފޮޓޯ: ނިޝާން އަލީ | މިހާރު

ބޮޑުތަކުރުފާނު މަގުގެ ތާރުގަނޑު ހަލާކުވެގެން ވަޅުގަނޑު ހެދިފައި: ހިނގާވެބިނގާވެ އުޅޭ މީހުންނަށް އުނދަގޫވާ މިންވަރަށް މާލޭގެ ބައެއް މަގުތައް ވަނީ ހަލާކުވެފައި -- ފޮޓޯ: ނިޝާން އަލީ | މިހާރު

ބައެއް މަގުތަކުގައި ކާނުގަނޑުތައް ވެސް ހަލާކުވެ ހުރީ މީހުންނަށް ނުރައްކާވާ ގޮތަށެވެ.

ސްޓެލްކޯއިން މާލެއަށް ކަރަންޓު ދޭން ބޭނުންކުރާ ޕްލާންޓެއްގެ އިންޖީނުތަކުގެ ކޫލިން ސިސްޓަމުގައި ބޭނުންކުރާ އައުޓްފްލޯ ހޮޅިއެއް ފަޅައިގެން ގޮސް ބޮޑުތަކުރުފާނު މަގަށް ލޮނު ލީކުވި މައްސަލައާ ގުޅިގެން އެ ހޮޅި މަރާމާތުކުރުމަށް އެ މަގުގެ ތާރު ކެފި ފަހުން އެ ތަނުގެ މަރާމާތެއް ނުކޮށް ދުވަސްތަކެއް ވަނީ ވެފަ އެވެ.. އެ މަސައްކަތް ނިންމުމަށް ފަހު ތާރު ނާޅައި އެތަނުގައި އޮތީ ތަޅުން އަޅައިފަ އެވެ. ސިމެންތިގަނޑު ކައިރިން މިހާރު ވަނީ ވަޅުގަނޑެއް ހެދިފަ އެވެ.

މަސައްކަތެއް ކުރަން ބޮޑުތަކުރުފާނު މަގުގެ ތާރު ކަފައިފައި މަގުގައި ތަޅުން އަޅައިފައި: ހިނގާވެބިނގާވެ އުޅޭ މީހުންނަށް އުނދަގޫވާ މިންވަރަށް މާލޭގެ ބައެއް މަގުތައް ވަނީ ހަލާކުވެފައި -- ފޮޓޯ: ނިޝާން އަލީ | މިހާރު

މާލޭ ސިޓީ ކައުންސިލުގެ ތަރުޖަމާން މަރިޔަމް ޝިއުނާ "މިހާރު" އަށް ވިދާޅުވީ އެ ތަނުގައި ތާރު އަޅަން ސިޓީ ކައުންސިލުން ސްޓެލްކޯ އަށް އަންގާފައި ވާނެ ކަމަށެވެ. އެކަން ކުރާނެ ކަމަށް އެ ކުންފުނިން ބުނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މަގުތައް މަރާމާތުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރަމުން އަންނަނީ،" އޭނާ ވިދާޅުވި އެވެ.

މާލޭގެ މަގެއްގެ ކާނުގަނޑު ހަލާކުވެފައި: ހިނގާވެބިނގާވެ އުޅޭ މީހުންނަށް އުނދަގޫވާ މިންވަރަށް މާލޭގެ ބައެއް މަގުތައް ވަނީ ހަލާކުވެފައި -- ފޮޓޯ: ނިޝާން އަލީ | މިހާރު

މާލޭގެ މަގެއްގެ ކާނުގަނޑު ހަލާކުވެފައި: ހިނގާވެބިނގާވެ އުޅޭ މީހުންނަށް އުނދަގޫވާ މިންވަރަށް މާލޭގެ ބައެއް މަގުތައް ވަނީ ހަލާކުވެފައި -- ފޮޓޯ: ނިޝާން އަލީ | މިހާރު

ސްޓެލްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބޮޑުތަކުރުފާނު މަގުގައި އެ ކުންފުނިން މަސައްކަތް ކުރި ސަރަހައްދުގައި ތާރު އަޅަން މިހާރު ބަޔަކާ ހަވާލުކޮށްފައިވާ ކަމަށެވެ. މިއަދު އެ މަސައްކަތް ފަށައި 10 ވަރަކަށް ދުވަސް ތެރޭގައި ނިންމާލެވެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އާންމުން ދަނީ މި ތަންތަނުގެ ފޮޓޯ ނަގައި ކޮންމެ ދުވަހަކު ސޯޝަލް މީޑިއާގައި ވެސް އާންމުކުރަމުންނެވެ. ޓުވިޓާ ކަހަލަ ތަނަކަށް ފޮޓޯ ނުލަންޏާ މައްސަލަ ހައްލު ވެސް ނުވަނީ އެވެ. އެހެން ނޫނީ ކަމާބެހޭ އިދާރާތަކަށް އެ ތަންތަން ފެންނަ ކަމަކަށް ނުވެ އެވެ.

ބޮޑުތަކުރުފާނު މަގުގެ ތާރުގަނޑު ހަލާކުވެފައި: ހިނގާވެބިނގާވެ އުޅޭ މީހުންނަށް އުނދަގޫވާ މިންވަރަށް މާލޭގެ ބައެއް މަގުތައް ވަނީ ހަލާކުވެފައި -- ފޮޓޯ: ނިޝާން އަލީ | މިހާރު

ބޮޑުތަކުރުފާނު މަގުގެ ތާރުގަނޑު ހަލާކުވެފައި: ހިނގާވެބިނގާވެ އުޅޭ މީހުންނަށް އުނދަގޫވާ މިންވަރަށް މާލޭގެ ބައެއް މަގުތައް ވަނީ ހަލާކުވެފައި -- ފޮޓޯ: ނިޝާން އަލީ | މިހާރު

މާލޭގައި އިމާރާތްކުރުމުގެ މަސައްކަތްކުރާ ތަންތަނުން ފެން ހިންދަން މަގުމަތީގައި ހޮޅި އެޅުމާއި މަގުތަކުގެ ޕާކިން ޖާގަތައް ބްލޮކުވާ ގޮތަށް ޕެލެޓް ބަހައްޓާ މައްސަލައިގައި ވެސް ހައްލެއް ނުލިބުނެވެ.

މަގުތަކުގެ ހާލަތު އެހާ ދަށްވެފައި އޮތްއިރު، މާލެއަށް ކުޑަ ވަގުތުކޮޅަށް ވާރޭ ވެހެލިޔަސް ހުރިހާ މަގެއްގައި މިހާރު ވެސް ފެންބޮޑުވެ އެވެ. ބައެއް ތަޖުރިބާކާރުން ބުނިގޮތުގައި، މާލޭގެ މަގުތައް މަރާމާތުކުރުމުގެ މަސައްކަތް އޮޅުންބޮޅުންވެ، ފެން ހިންދާ ނިޒާމު މިހާރު އޮތީ "ފުނޑިފަ" އެވެ.