ނަޒާހަތްތެރިކަން ވިއްކާ ނުލައި، ފުލުހުންގެ ވާޖިބު އަދާކުރުމުގައި މުއައްސަސާގެ އިއްޒަތާއި ކަރާމާތް ދެމެހެއްޓުމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިރޭ ފުލުހުންނަށް އިލްތިމާސް ކުރައްވައިފި އެވެ.
ނަޒާހަތްތެރިކަން ވިއްކާ ނުލައި، ފުލުހުންގެ ވާޖިބު އަދާކުރުމުގައި މުއައްސަސާގެ އިއްޒަތާއި ކަރާމާތް ދެމެހެއްޓުމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިރޭ ފުލުހުންނަށް އިލްތިމާސް ކުރައްވައިފި އެވެ.
ފުލުހުންގެ 40 ވަނަ އަސާސީ ތަމްރީން ކޯސް ފުރިހަމަކުރި ފުލުހުންގެ ދަސްވެނިވުމަށް މިރޭ ދ. ވާނީގައި ބޭއްވި ރަސްމިއްޔާތުގައި އިހުސާން ވިދާޅުވީ ފުލުހުންގެ ވާޖިބު އަދާކުރަން ވާނީ އިންސާނީ ހައްގުތަކަށް ހުރަސްނޭޅޭ ގޮތަށް ކަމަށެވެ. ފުލުހުން ވާން ޖެހޭނީ ރައްޔިތުންނަށް އިހުތިރާމާއި ގަދަރު ދޭ ބަޔަކަށް ކަމަށާއި އެކުވެރިކަމާއި ހިނިތުންވުމާ އެކު ރައްޔިތުންގެ ހިދުމަތުގައި ތިބޭ ބަޔަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
މީހަކު ކުށަށް އަރައިގަންނަ ހާލަތުގައި ނުވަތަ ގާނޫނާ ހިލާފުވާ ހާލަތުގައި ވެސް، ފުލުހުންގެ ގާނޫނީ ދައުރު އަދާކުރަން ވާނީ، އެ މީހަކަށް ލިބިގެންވާ އިންސާނީ ހައްގާއި ކަރާމާތަށް ހުރުމަތްތެރިކޮށް ހިތައިގެން ކަމަށް އިހުސާން ވިދާޅުވި އެވެ.
We are proud to announce Sergeant Mohamed Arshad as the Best All-Round Student of the 40th Police Initial Training Course. Congratulations on your outstanding skills and dedication in all areas of training! #PITC40 pic.twitter.com/TFMjlay3yC
— Maldives Police (@PoliceMv) August 30, 2025
އޭނާ ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުން ރާއްޖޭގެ ކޮންމެ ރަށެއްގައި ފޮލިސް ސްޓޭޝަނެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަނީ ފުލުހުންގެ އިންފްރާސްޓްރަކްޗަރު ވަރުގަދަކޮށް އަދި ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ރައްޔިތުންނާ ގާތުން ހިދުމަތް ދޭ ބަޔަކަށް ހެދުމުގެ މަގުސަދުގައި ކަމަށެވެ.
ރާއްޖޭގެ އިޖުތިމާއީ ބޮޑެތި މައްސަލަތަކުގެ ތެރެއިން މި ސަރުކާރުން ހައްލު ކުރުމަށް އެންމެ އިސްކަމެއްދޭ މަސްތުވާތަކެތީގެ މައްސަލަ އާއި ގޭންގު ހަދައިގެން ކުށްކުރާ މައްސަލަ އާއި ކުޑަކުދިންގެ ކުށުގެ މާހައުލަށް ނެރޭ މައްސަލަ އަދި ބިދޭސީންގެ މައްސަލަ ހައްލުކުރުމުގައި ފުލުހުންގެ ދައުރު ވަރަށް ބޮޑު ކަމަށް އިހުސާން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ފުލުހުންގެ ކޮންމެ އޮފިސަރަކީ ނަޒާހަތްތެރިކަމާއެކު މަސައްކަތްކުރާ ބަޔަކަށް ވާން ޖެހެ އެވެ.
"އަޅުގަނޑުމެން [ފުލުހުން] މި އަދާކުރަމުން އަންނަ ވަޒީފާއަކީ ނިސްބަތުން ބަލާއިރުގައި 24 ގަޑިއިރުގެ ވަޒީފާއަކަށް އެހާ ބޮޑު އުޖޫރައެއް ނޫން. މިހެން މި ހާލަތު އޮތަތީ، އަދި ރާއްޖޭގެ އިޖުތިމާއީ މައްސަލަތައް ނުހަނު ގިނަ ވާތީ، ފުލުހުންނަކީ ވެސް އެކި އިރު މަތިން އެކި ފަހަރު މަތިން އެކި މީހުން އަޅުގަނޑުމެންގެ ޔުނިފޯމާއި އަބުރާއި އިއްޒަތާއި ކަރާމާތް ގަންނަން އުޅެފާނެ މީހުން،" އޭނާ ވިދާޅުވި އެވެ.
"މިފަދަ ހާލަތްތަކުގައި އެފަދަ ކަންކަމަށް ނޫނެކޭ ބުނެ، ފުލުހުންގެ އިންޓެގްރިޓީ [ނަޒާހަތްތެރިކަން] ހިފަހައްޓައި، ފުލުހުންގެ މުއައްސަސާގެ ކަރާމާތް ހިފަހައްޓައި އަދި ކޮންމެ ފުލުހަކީ އެ މީހެއްގެ ވާޖިބުގައި ފުރިހަމައަށް ހުރި ފުލުހެއްކަން ރަމްޒު ކޮށްދިނުމަކީ މިއަދު ތިބޭފުޅުންނަށް އޮންނާނެ ޗެލެންޖެއް."
Sincere congratulations to all the officers who have successfully completed the 40th Police Initial Training Course! This achievement marks the start of an exciting journey ahead. pic.twitter.com/r5Mp1rEj1m
— Maldives Police (@PoliceMv) August 30, 2025
އިހުސާން ވިދާޅުވީ ނަޒާހަތްތެރިކަން ނެތް މީހުން ފުލުހުންގެ ތެރޭގައި ވަރަށް މަދު ކަމަށާއި އަދި ނަޒާހަތްތެރިކަން ނަގާލުމުގެ ފުރުސަތު ނުދިނުމަށްޓަކާ ފިޔަވަޅުތައް ވެސް އަޅަމުން އަންނަ ކަމަށެވެ.
ވާނީގައި މިރޭ ބޭއްވި ފުލުހުންގެ 40 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގައި 116 ފުލުހަކު ދަސްވެނިވި އެވެ.
116 ފުލުހަކު އަސާސީ ތަމްރީން ކޯސް ފުރިހަމަކޮށްފި
ސީޕީގެ މަގާމުގެ އިންޓަވިއު ނިންމައި މިނިސްޓަރަށް
ޕޮލިސް ކޮމިޝަނަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި
ކުރީގެ ޕޮލިސް ކޮމިޝަނަރު ޝުޖާއު ރިޓަޔާކުރައްވައިފި
ޕޮލިސް ޓްރެއިނިން ހަދަނިކޮށް ހާލު ގޯސްވެ ފަރުވާދެނީ
ދޮގު ތުހުމަތުނުކޮށް މައްސަލަ ބަލަން ފައްޔާޒު އެދިއްޖެ
ވޭޕްގެ ނަމުގައި ޑްރަގް ގެނައުން:މީހަކު ހައްޔަރެއްނުކުރޭ
އަތުހަރު ގޮޅީގައި އުޅުނު ގޮތް ފެންނަ ވީޑިއޯ ދައްކައިފި
ކާރު ދުއްވި މީހާ އަލުން ހައްޔަރުކޮށްފި
ސިޔާސީ ކަންކަމުގެ ތެރެއަށް ފުލުހުން ނުވައްދާ: އިހުސާން