29 އޯގަސްޓް 2024
ސިޔާސީ ކަންކަމުގެ ތެރެއަށް ފުލުހުން ނުވައްދަން އެދިވަޑައިގަންނަވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ސިޔާސީ ކަންކަމުގެ ތެރެއަށް ފުލުހުން ނުވައްދަން އެދިވަޑައިގަންނަވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ތުހުމަތުކޮށް ފުލުހުން ތަހުގީގެއް ފެށުމުން އެ މައްސަލާގައި އިދިކޮޅު އެމްޑީޕީން ފާޑު ކިޔުމާ ގުޅިގެންނެވެ.
ހޯމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ ރައްޔިތުން އިންތިހާބު ކޮށްފައިވާ ސަރުކާރެއް ވައްޓާލަން ގޮވާލުމުން އެއީ ރަނގަޅު ކަމެއްތޯ ނުވަތަ ނޫންތޯ ބަލަން އެ ސަރުކާރު އިންތިހާބު ކުރި ރައްޔިތުން ބޭނުންވާނެ ކަމަށެވެ.
އޭގެ ޖަވާބު ދެވޭނީ އެކަށީގެންވާ ތަހުގީގެއް ކޮށްގެން ކަމަށާއި އެފަދަ ތުހުމަތެއް ކުރެވިއްޖެ ނަމަ ފުލުހުންގެ އިދާރާ އިން ތަހުގީގު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ފުލުހުން މައްސަލައެއް ތަހުގީގު ކުރަން ފެށުމަކީ ގޮތެއް ނިންމުމެއް ނޫން ކަމަށް އިހުސާން ވިދާޅުވި އެވެ.
"އެ މައްސަލަ ތަހުގީގު ކޮށްފަ ކަމެއް އޮތިއްޔާ ފިޔަވަޅު އަޅާނެ, ނެތިއްޔާ ނެތް ވާހަކަ ވެސް ރައްޔިތުންނަށް ސާފު ކޮށްދޭނެ،" އިހުސާން ވިދާޅުވި އެވެ.
އެ މައްސަލަ ތަހުގީގު ކުރަން ފެށުމުން ޕޮލިސް ކޮމިޝަނަރު އިސްތިއުފާ އަށް އިދިކޮޅު ފަރާތްތަކުން ގޮވަން ފަށާފައިވާ ކަމަށާއި އެފަދަ ކަންކަން ނުކުރުމަށް އެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ވަރަށް ބޮޑަށް އެދެން ސިޔާސީ ކަންކަން ކުރުމުގެ ތެރެއަށް މޯލްޑިވްސް ޕޮލިސް ސާވިސް ނުބާނާ. ސިޔާސީ ރެޓަރިކް ތެރެއަށް ސިޔާސީ ނެރެޓިވް ތެރެއަށް ސިޔާސީ ވާހަކަތަކުގެ ތެރެއަށް ދައުލަތުގެ މިފަދަ ޔުނިފޯމް މުއައްސަސާތައް ނުވައްދާ،" އޭނާ ވިދާޅުވި އެވެ.
ދައުލަތާ ދެކޮޅު ކަމެއް ހިނގާ ކަމުގެ މައުލޫމާތު ލިބުމުން ފުލުހުން ތަހުގީގު ކުރާނެ ކަމަށާއި އެއީ ހާސް ވާން ޖެހޭ ކަމެއް ނޫން ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.
އެ ތަހުގީގު ކުރަން ޖެހުނު ސަބަބު އިތުރަށް ސާފު ކޮށްދެއްވަމުން އިހުސާން ވިދާޅުވީ ޑޮލަރުގެ މައްސަލަ ދިމާވި ދުވަހު "ގިނަ އިއްތިފާގުތަކެއް އެއްފަހަރާ ހިނގި" ކަމަށެވެ.
ބީއެމްއެލް އިން އެ ނިންމުން ނިންމާފައި ވަނީ އިތުރު ބޯޑް މީޓިން އެއް ބާއްވަން ގަޑިއިރު ތަކަކަށް ވެފައި ވަނިކޮށް ކަމަށާއި އެ ދަނޑިވަޅާ ދިމާކޮށް ޕެއިޑް ސާވިސްތަކާއި ސޯޝަލް މީޑިއާ ބޮޓްތަކަކުން މީހުން މަގުމައްޗަށް ނެރެން ގޮވާލި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ހަމަ އެވަގުތު ސިޔާސީ ޕާޓީއަކުން ވެސް ޕްރެސް އެއް ބޭއްވި ކަމަށް އިހުސާން ވިދާޅުވި އެވެ.
އެއްފަހަރާ އެ ހުރިހާ އިއްތިފާގެއް ދިމާވުމުން ސުވާލު އުފެދޭ ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.
ދޮގު ތުހުމަތުނުކޮށް މައްސަލަ ބަލަން ފައްޔާޒު އެދިއްޖެ
ވޭޕްގެ ނަމުގައި ޑްރަގް ގެނައުން:މީހަކު ހައްޔަރެއްނުކުރޭ
އަތުހަރު ގޮޅީގައި އުޅުނު ގޮތް ފެންނަ ވީޑިއޯ ދައްކައިފި
ކާރު ދުއްވި މީހާ އަލުން ހައްޔަރުކޮށްފި
ގޭންގުތަކާއި މީހުންގެ ނަންތައް އާއްމުކުރާނަން: އިހުސާން
ކަނޑުމަތީގެ އޮޕަރޭޝަންތަކަށް ދެ ޑްރޯން ހަދިޔާކޮށްފި
ޖަލުގައި މަރުވާ ހުރިހާ ގައިދީންގެ ޕޯސްޓްމޯޓަމް ހަދަނީ
ޖަމީލަށް މީހަކު އަނިޔާކުރި ކަމަށް ނުބެލެވޭ: ޕޮލިސް
މައުލޫމާތު ނުލިބި ފެއިލްވިގޮތް ތަހުގީގުކުރާނެ: އިހުސާން
ޖަލަށް ޑްރަގާއި ފޯނު ވައްދާ ބޮޑު ނެޓްވޯކެއް!