Roadha Mihaaru

ޕޮލިސް ކޮމިޝަނަރުގެ މަގާމުގެ އިންޓަވިއުތައް ނިންމައި، ރައީސަށް ލަފާ އަރުވަން މިނިސްޓަރަށް

ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅުންނާ ޕޮލިސް ބޯޑުން ރޭ އިންޓަވިއުކޮށް ނިންމައި، އެ ބޯޑުގެ މެމްބަރުންގެ މާކްސްތަކާ އެކު، ގޮތެއް ކަނޑައެޅުމުގެ މަރުހަލާ ފެށުމަށްޓަކައި ހޯމް މިނިސްޓަރު އަލީ އިހުސާނަށް މިއަދު ފޮނުވައިފި އެވެ.

ސީޕީގެ މަގާމުގެ އިންޓަވިއު ނިންމައި މިނިސްޓަރަށް

ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅުންނާ ޕޮލިސް ބޯޑުން ރޭ އިންޓަވިއުކޮށް ނިންމައި، އެ ބޯޑުގެ މެމްބަރުންގެ މާކްސްތަކާ އެކު، ގޮތެއް ކަނޑައެޅުމުގެ މަރުހަލާ ފެށުމަށްޓަކައި ހޯމް މިނިސްޓަރު އަލީ އިހުސާނަށް މިއަދު ފޮނުވައިފި އެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު މިދިޔަ އޭޕްރީލް 26 ގައި އިސްތިއުފާ ދެއްވުމުންނެވެ. އެހެންވެ، ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާން ހޯމް މިނިސްޓްރީން މިދިޔަ މޭ މަހުގެ 27 ގައި ހުޅުވައިލުމުން އެޕްލިކޭޝަން ހުށަހެޅުއްވީ ފުލުހުންގެ އިދާރާ ހިންގުމާ މިހާރު ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް ނަވީނާއި ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ އަދި ސައުތު ޕޮލިސް ކޮމާންޑަރު، އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ޝަމީމެވެ.

އެ ތިން ބޭފުޅުންނާ ރޭ ޕޮލިސް ބޯޑުން އިންޓަވިއުކޮށް ވަނީ ނިންމާލައިފަ އެވެ. އެހެންވެ، އެ ބޯޑަށް ފެނުނު ކަންތައްތަކާއި މާކްސްތައް ހޯމް މިނިސްޓަރު އިހުސާނަށް މިއަދު ފޮނުވީ އެވެ.

ޕޮލިސް ކޮމިޝަނަރު ކަމަށް ބޭފުޅަކު ކަނޑައަޅަނީ އެ މަގާމަށް ކުރިމަތިލާ މީހުންގެ ފެންވަރު ގާނޫނުގައިވާ ގޮތުން ޕޮލިސް ބޯޑުން ވަޒަންކޮށް ނުވަތަ އިންޓަވިއު ކުރުމަށް ފަހު، މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން، މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.

ފުލުހުންގެ ގާނޫނުގައިވާ ގޮތުން ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވާތާ 45 ދުވަހުގެ ތެރޭގައި އެ މަގާމަށް އާ ބޭފުޅަކު އައްޔަން ކުރަން ޖެހެ އެވެ. އެ މުއްދަތު އަންނަ ހޯމަ ދުވަހަށް ހަމަވާނެ އެވެ. އެހެންވެ، އެ ތާރީހުގެ ކުރިން އާ ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭފުޅަކު އައްޔަން ކުރައްވަން ޖެހިވަޑައިގަންނަވަ އެވެ.

ކުރީގެ ޕޮލިސް ކޮމިޝަނަރު ޝުޖާއު އިސްތިއުފާ ދެއްވީ މާލޭގެ އިމާރާތެއް މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގެ ތަހުގީގާ ގުޅިގެން ފުލުހުންނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ. އެކަމަކު، ޝުޖާއު ވިދާޅުވީ އޭނާ އިސްތިއުފާ ދެއްވީ ނުވަތަ ރިޓަޔާ ކުރެއްވީ އަމިއްލަ ސަބަބުތަކާ ހެދި ކަމަށެވެ.

ޝުޖާއުގެ އިސްތިއުފާއާ އެކު، އެ މަގާމު ވަގުތީ ގޮތުން ފުރަތަމަ ހަވާލުކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދުއާ އެވެ. ނަމަވެސް އޭގެ އިރުކޮޅެއް ފަހުން ހޯމް މިނިސްޓްރީން އެ ނިންމުން ބަދަލުކޮށް، ޑެޕިއުޓީ ކޮމިޝަނަރު ނަވީންއާ އެ މަގާމު ވަގުތީ ގޮތުން ހަވާލުކުރި އެވެ.