ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު މިރޭ އިސްތިއުފާ ދެއްވުމާ ގުޅިގެން ފުލުހުންގެ އިދާރާ ވަގުތީ ގޮތުން ހިންގުން ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީއާ ހޯމް މިނިސްޓަރު ދެންމެ ހަވާލު ކުރައްވައިފި އެވެ.
ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު މިރޭ އިސްތިއުފާ ދެއްވުމާ ގުޅިގެން ފުލުހުންގެ އިދާރާ ވަގުތީ ގޮތުން ހިންގުން ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީއާ ހޯމް މިނިސްޓަރު ދެންމެ ހަވާލު ކުރައްވައިފި އެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ސީޕީ ޝުޖާއު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، ފުލުހުންގެ ގާނޫނުގެ ދަށުން އެ މަގާމުގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން އަދާކުރައްވާނީ ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ކަމަށެވެ.
ޑިސެމްބަރު 25، 2023 ގައި ސީޕީގެ މަގާމަށް އައްޔަން ކުރެއްވި އަލީ ޝުޖާއު މިރޭ ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވީ އިމާރާތެއްގެ ނުވަ ވަނަ ފްލޯ އިން މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގެ ތަހުގީގާ މެދު ގިނަ ސުވާލުތަކެއް ފެންމަތިކޮށް، އޭނާގެ އިސްތިއުފާ އަށް ގޮވަމުންދާ ދަނޑިވަޅެއްގަ އެވެ.
އުމުރުން މިހާރު 52 އަހަރުގެ ޝުޖާއު މަޖީދިއްޔާ ސްކޫލްގެ އެސިސްޓެންޓް ޕްރިންސިޕަލަށް ހުންނެވުމަށް ފަހު، ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގަތީ 2006 ވަނަ އަހަރު އެވެ. ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރުމާ ހަމައަށް އޭނާ ހުންނެވީ މާލެ އޭރިއާގެ ކޮމާންޑަރުގެ ގޮތުގަ އެވެ.
ކުރީގެ ޕޮލިސް ކޮމިޝަނަރު ޝުޖާއު ރިޓަޔާކުރައްވައިފި
މިއަހަރު ގިނަ ފުލުހުން ރަށްރަށަށް ބަދަލުކުރަނީ
ކުއްލި ހާލަތުގައި ދެން ގުޅަން ޖެހޭނީ 911 އަށް
އެސްއޯގެ އޮޕަރޭޝަންތަކަށް ސީޕީގެ ހާއްސަ ހުއްދައެއް!
ފުލުހުން ރޭ އަމަލުކުރި ގޮތް ރިވިއު ކުރަން އަންގަވައިފި
ސްޓިކާ ނުޖެހިޔަސް ބޭނުންހާ ގޮތަކަށް ޕާކްކޮށްގެން ނުވާނެ
އެކްޓިން ޕޮލިސް ކޮމިޝަނަރަކަށް ފަރުހާދު
ނަޝީދުގެ ތައުރީފު ޝުޖާއުއަށް
ފަރުހާދުގެ ބަދަލުގައި އެކްޓިން ސީޕީއަކަށް ނަވީން
ޕޮލިސް ކޮމިޝަނަރު ޝުޖާއު އިސްތިއުފާ ދެއްވައިފި