29 އޮކްޓޯބަރ 2024
ދޮގު ތުހުމަތުތައް ނުކޮށް، ޕޮލިސް ސްޓޭޝަންތައް އަޅަން ހަވާލުކުރި ކުންފުނީގެ މައްސަލަ ބަލައިދިނުމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް، ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނަށް މިއަދު ގޮވާލައްވައިފި އެވެ.
ދޮގު ތުހުމަތުތައް ނުކޮށް، ޕޮލިސް ސްޓޭޝަންތައް އަޅަން ހަވާލުކުރި ކުންފުނީގެ މައްސަލަ ބަލައިދިނުމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް، ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނަށް މިއަދު ގޮވާލައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް، މެމްބަރެއްގެ ސުވާލަކާ ގުޅިގެން އިހުސާން ވިދާޅުވީ އެކި ރަށްރަށުގައި ޕޮލިސް ސްޓޭޝަންތައް އިމާރާތް ކުރަން ކުރީގެ ސަރުކާރުން 3.6 މިލިއަން ޑޮލަރު (55.5 މިލިއަން ރުފިޔާ) އަށް ހަވާލުކުރި އިންޑިއާގެ އިންދިރާ ކުންފުނިން ބިގް ކުންފުނީގެ ހިއްސާ ގަނެ، ގ. މޫނިމާގެ އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ބިގްއަކީ ރައީސް އޮފީހުގެ ކުރީގެ ކޮމިއުނިިކޭޝަން ހެޑް، މ. ބޯގަންވިލާ ހަސަން އިސްމާއިލްގެ އިތުރުން އިންދިރާ ކުންފުނީގެ ހިއްސާ އޮންނަ ތަނެކެވެ.
އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް އިން ދައްކާ ގޮތުގައި ފައްޔާޒްގެ އާއިލީ ކުންފުނި ބިގްގެ ހިއްސާދާރަކަށް އިންދިރާ ކުންފުނި ހަމަޖައްސާފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 16 ގަ އެވެ.
އިހުސާންގެ ވާހަކަތަކަށް ރައްދު ދެއްވައި، ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓުގައި ކުރެއްވި ތުހުމަތުގައި ވަނީ، ޕޮލިސް ޔުނިޓުތަކެއް އެޅުމާ ގުޅޭގޮތުން އިހުސާން އެކި ޕްލެޓުފޯމުތަކުގައި ދޮގު މައުލޫމާތު ދެއްވާފައިވާ ކަމަށެވެ. ތަހުގީގީ އިދާރާތަކުގެ ބެލެނިވެރި ވަޒީރަކަށް ހުންނަވާތާ އަހަރެއް ވާއިރު، މި މުއްދަތުގެ ތެރޭގައި އެއްވެސް ތަހުގީގެއް އަދި ދައުވާއެއް ނުކޮށް އެފަދަ ތުހުމަތު އެޅުވުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަންކަން ވެސް ކުރައްވާ ފައްޔާޒު ވިދާޅުވި އެވެ.
މިނިސްޓަރު އިހުސާން ވަނީ ‘ކުރީސަރުކާރުން’ ޕޮލިސް ޔުނިޓުތަކެއް އެޅުމާގުޅޭ ޕްރޮޖެކްޓަކާއި ގުޅިގެން އެކި ޕްލެޓްފޯމްތަކުގައި ދޮގު މައުލޫމާތު ދެއްވާފައި. އަޅުގަނޑުގެ ފަރާތުން މިކަމުގައި ދޭން ޖެހޭ ޖަވާބުތައް އެކި ޕްލެޓްފޯމްތަކުގައި ދެވިއްޖެ. ތަހުގީގީ އިދާރާތަކުގެ ބެލެނިވެރި ވަޒީރަކަށް… pic.twitter.com/J2GEMHIDQl
— Fayyaz Ismail (@faya_i) October 29, 2024
އެހެންވެ، އެ ކަމުގައި ރަސްމީކޮށް ޖަވާބުދާރީވުމުގެ މަގު ތަނަވަސްކުރުމަށް އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި އޭސީސީ އާއި ފުލުހުންނަށް މިއަދު ހުށަހަޅާފައިވާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
"މި ވާހަކަ އިހުސާން ދެން ދައްކަވަން ވަނީ ރައްޔިތުންގެ ފަރާތުން ހަވާލުކޮށްފައިވާ ޒިންމާ އަދާކުރެއްވުމަށް ފަހު،" ފައްޔާޒު ވިދާޅުވި އެވެ.
އެ ސިޓީތަކުގައި ފައްޔާޒު ވިދާޅުވީ އެ ތުހުމަތުތަކާ ގުޅޭގޮތުން މިހާތަނަށް ލިބިފައިވާ މައުލޫމާތުތައް ހިއްސާކުރިއަސް އަސްލު ސަރުކާރުން އޮޅުވާލަމުންދާ ކަމަށެވެ.
އެ ތުހުމަތުތައް ކުރާތާ އަހަރަކާ ކައިރިވެފައިވިއަސް ރައްޔިތުންގެ ފައިސާއާ ގުޅޭ މި ފަދަ މުހިއްމު ކަމެއްގައި މިހާތަނަށް ރަސްމީކޮށް އެއްވެސް ސުވާލެއް އަދި ތަހުގީގެއް ނުކުރާ ކަމަށް ވެސް ވިދާޅުވި އެވެ.
ސިޓީގައި ފައްޔާޒު އެދިވަޑައިގެންނެވީ ޕޮލިސް ސްޓޭޝަންތައް އެޅުމާ ގުޅޭ މަޝްރޫއުގެ އެއްވެސް ތަހުގީގެއް ގެންދާނަމަ ވީ އެންމެ އަވަހަކަށް ތަހުގީގު ނިންމައި އޭނާ އަށް ފުރިހަމައަށް ޖަވާބުދާރީވެވޭނެ މަގުތަނަވަސް ކޮށްދިނުމަށެވެ. އެފަދަ މައްސަލައެއް ތަހުގީގުކުރާ ނަމަ ފުރިހަމަ އަށް އެއްބާރުލުން ދޭން ތައްޔާރަށް ހުރި ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
އިންދިރާ ޕްރޮޖެކްޓް ޖޮއިންޓްވެންޗާ ކުންފުންޏާއެކު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 61 ރަށެއްގައި ފުލުހުންގެ އިމާރާތް އަޅަން 41 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކުރި އެވެ. އެކަމަށް އެ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި ދިވެހި ސަރުކާރުން އޭރު 3.6 މިލިއަން ޑޮލަރު ދިނެވެ.
އިހުސާން މީގެ ކުރިން ވިދާޅުވެފައިވަނީ އެ ކުންފުންޏަށް ދިން ފައިސާއަށް ވީ ގޮތެއް ވެސް ނޭނގޭ ކަމަށާއި ކުންފުނި ވެސް ހޯދިފައި ނުވާ ކަމަށެވެ.
އެމްޑީޕީގެ އެކްޓިވިސްޓު ޝާފިއު ފުލުހަށް ހާޒިރުކުރަނީ
ވޭޕްގެ ނަމުގައި ޑްރަގް ގެނައުން:މީހަކު ހައްޔަރެއްނުކުރޭ
އަތުހަރު ގޮޅީގައި އުޅުނު ގޮތް ފެންނަ ވީޑިއޯ ދައްކައިފި
ކާރު ދުއްވި މީހާ އަލުން ހައްޔަރުކޮށްފި
ސިޔާސީ ކަންކަމުގެ ތެރެއަށް ފުލުހުން ނުވައްދާ: އިހުސާން
ގޭންގުތަކާއި މީހުންގެ ނަންތައް އާއްމުކުރާނަން: އިހުސާން
ކަނޑުމަތީގެ އޮޕަރޭޝަންތަކަށް ދެ ޑްރޯން ހަދިޔާކޮށްފި
ޖަލުގައި މަރުވާ ހުރިހާ ގައިދީންގެ ޕޯސްޓްމޯޓަމް ހަދަނީ
ޖަމީލަށް މީހަކު އަނިޔާކުރި ކަމަށް ނުބެލެވޭ: ޕޮލިސް
މައުލޫމާތު ނުލިބި ފެއިލްވިގޮތް ތަހުގީގުކުރާނެ: އިހުސާން