މީހުން ދިރިއުޅޭ 70 އަށްވުރެ ގިނަ ރަށުގައި ފުލުހުންގެ އަމިއްލަ ޕޮލިސް ސްޓޭޝަންތައް އަޅަން ސޮއިކޮށްފި އެވެ.
15 މާޗް 2025
މީހުން ދިރިއުޅޭ 70 އަށްވުރެ ގިނަ ރަށުގައި ފުލުހުންގެ އަމިއްލަ ޕޮލިސް ސްޓޭޝަންތައް އަޅަން ސޮއިކޮށްފި އެވެ.
ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ ފުލުހުންގެ ހިދުމަތް ދޭ ރަށްރަށުގައި، ފުލުހުންގެ އަމިއްލަ މަރުކަޒުތައް ބިނާކުރުމަށްޓަކައި ސަރުކާރުގެ ތިން ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އެގޮތުން އާރުޑީސީ އާއި ފެނަކަ ކޯޕަރޭޝަން އަދި އެމްޓީސީސީއާއެކު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ސޮއިކޮށްފަ އެވެ.
އެ 75 ޕޮލިސް ސްޓޭޝަން އެޅުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށައި، އޭގެ ތެރެއިން ބައެއް ސްޓޭޝަންތަކުގެ މަސައްކަތް މި އަހަރު ނިންމާނެ އެވެ. ނަމަވެސް، ތިން ކުންފުންޏާ މަސައްކަތް ހަވާލުކުރި އަގެއް އަދި ނުބުނެ އެވެ.
ފެނަކަ ކޯޕަރޭޝަން: 40 ޕޮލިސް ސްޓޭޝަން
އާރުޑީސީ: 20 ޕޮލިސް ސްޓޭޝަން
އެމްޓީސީސީ: 15 ޕޮލިސް ސްޓޭޝަން
މިނިސްޓްރީން ބުނީ އެއީ ފުލުހުންގެ 91 އަހަރުވީ ތާރީހުގައި މިހާތަނަށް ހިންގޭ އުމްރާނީ އެންމެ ބޮޑު މަޝްރޫއު ކަމަށެވެ. އެ މަސައްކަތްތައް ނިމުމުން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމްކޮށް، ދެބައިކުޅަ އެއްބައި ރަށުގައި ފުލުހުންގެ އަމިއްލަ އަދި ޒަމާނީ މަރުކަޒުތައް ގާއިމްކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ފުލުހުންގެ އަމިއްލަ މަރުކަޒުތަކުގެ ގޮތުގައި ހުރީ އެންމެ 17 ޕޮލިސް ސްޓޭޝަން ކަމަށެވެ. އަދި 70 ރަށުގައި ފުލުހުންގެ ހިދުމަތް ގާއިމްވެފައި ނުވާތީ، އެ މަޝްރޫއުއަކީ އަމާންކަން ގާއިމްކުރަން ހިންގޭ މުހިންމު މަޝްރޫއުއެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ދޮގު ތުހުމަތުނުކޮށް މައްސަލަ ބަލަން ފައްޔާޒު އެދިއްޖެ
ފުލުހުން ދޭ ހިދުމަތްތައް ލާމަރުމަޒީ ކުރަން ފަށަނީ
"ނަޒާހަތްތެރިކަން ވިއްކާ ނުލައި ކަރާމާތް ދަމަހައްޓާ"
ފްލިކް އަދި ބަޓަފްލައި ނައިފް މަނާވެއްޖެ!
ގޭންގު ކުށްތަކުގެ އާ ގާނޫނަށް އަމަލުކުރަން ފަށައިފި
ހަ ރަށެއްގައި ޕޮލިސް ސްޓޭޝަން އަޅާނެ ބަޔަކު ހޯދަނީ
ސީޕީގެ މަގާމުގެ އިންޓަވިއު ނިންމައި މިނިސްޓަރަށް
ސީޕީ ކަމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފި
ޕޮލިސް ކޮމިޝަނަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި
ކުރީގެ ޕޮލިސް ކޮމިޝަނަރު ޝުޖާއު ރިޓަޔާކުރައްވައިފި