ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ފުލުހުންގެ އިދާރާ ވަގުތީ ގޮތުން ހިންގެވުމާ މިހާރު ހަވާލުވެ ހުންނެވި ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް ނަވީން އާއި ކުރީގެ އެކްޓިން ސީޕީ ފަރުހާދު ފިކުރީ އަދި ސައުތު ޕޮލިސް ކޮމާންޑަރު އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝަމީމް ކުރިމަތިލައްވައިފި އެވެ.
02 ޖޫން 2025
ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ފުލުހުންގެ އިދާރާ ވަގުތީ ގޮތުން ހިންގެވުމާ މިހާރު ހަވާލުވެ ހުންނެވި ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް ނަވީން އާއި ކުރީގެ އެކްޓިން ސީޕީ ފަރުހާދު ފިކުރީ އަދި ސައުތު ޕޮލިސް ކޮމާންޑަރު އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝަމީމް ކުރިމަތިލައްވައިފި އެވެ.
"މިހާރު"އަށް އެނގިފައިވާ ގޮތުގައި، ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާން ދިން މުއްދަތު މިއަދު މެންދުރު 12:00 އަށް ހަމަވިއިރު، އެ މަގާމަށް ކުރިމަތިލެއްވީ އެ ތިން ބޭފުޅުންނެވެ.
ހޯމް މިނިސްޓްރީން މިދިޔަ ހަފުތާގައި ކުރި އިއުލާނުގައި ބުނީ އެ މަގާމަށް ކުރިމަތިލެވޭނީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީގެ އޮފިސަރުންނަށް ކަމަށެވެ.
ޕޮލިސް ކޮމިޝަނަރު ކަމަށް ބޭފުޅަކު ކަނޑައަޅަނީ އެ މަގާމަށް ކުރިމަތިލާ މީހުންގެ ފެންވަރު ގާނޫނުގައިވާ ގޮތުން ޕޮލިސް ބޯޑުން ވަޒަންކޮށް ނުވަތަ އިންޓަވިއު ކުރުމަށް ފަހު، މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން، މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި އެންމެ ފަހުން ހުންނެވި އަލީ ޝުޖާއު މިދިޔަ މަހުގެ 26 ގައި މަގާމުން އިސްތިއުފާ ދެއްވައި ރިޓަޔާކުރެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވީ މާލޭގެ އިމާރާތެއް މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގެ ތަހުގީގާ ގުޅިގެން ފުލުހުންނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ.
ޝުޖާއު އިސްތިއުފާ ދެއްވުމުން ޕޮލިސް ކޮމިޝަނަރުގެ މަގާމު ވަގުތީ ގޮތުން ފުރަތަމަ ހަވާލުކުރެއްވީ އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީއާ އެވެ. ނަމަވެސް އޭގެ އިރުކޮޅެއް ފަހުން ހޯމް މިނިސްޓްރީން ވަނީ އެ ނިންމުން ބަދަލުކޮށް، ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް ނަވީންއާ އެ މަގާމު ވަގުތީ ގޮތުން ހަވާލުކޮށްފަ އެވެ.
ސީޕީގެ މަގާމުގެ އިންޓަވިއު ނިންމައި މިނިސްޓަރަށް
ޕޮލިސް ކޮމިޝަނަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި
ޕޮލިސް ކޮމިޝަނަރަކަށް ޝުޖާއު އައްޔަންކުރަން ލަފާދީފި
ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ޝުޖާއު އާއި ނަވީން
ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ފުރުސަތު ހުޅުވާލައިފި
ފުލުހުންނަށް އެފަހަރަކު ޖެހުނު ވަޒީރެއް!
ބޯޑުގެ ނިންމުން: އޮފިސަރުން ދެކެނީ ޓާގެޓެއް ކަމަށް
އަނިޔާގެ ތުހުމަތު: "މިއީ އެ ދުވަހެއް ނޫން"!
ގާނޫނުގެ ދަށުން ހަދާ ގަވައިދުތައް ނިމިއްޖެ: ޕޮލިސް
ޓޫރިސްޓް ހައްޔަރުކުރީ ވަަރަށް ގޯސްކޮށެއް ނޫން: އިމްރާން