21 އޮކްޓޯބަރ 2024
ވޭޕް ފްލެވާގެ ނަމުގައި ރާއްޖެ އެތެރެކުރި ޑްރަގް ޝިޕްމެންޓުގެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފި އެވެ.
ވޭޕް ފްލެވާގެ ނަމުގައި ރާއްޖެ އެތެރެކުރި ޑްރަގް ޝިޕްމެންޓުގެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފި އެވެ.
އެ ޝިޕްމަންޓް އަތުލައިގަތީ މި މަހުގެ 14 ވަނަ ދުވަހުގެ ރޭ އެވެ.
އެ މައްސަލާގައި މީހަކު ހައްޔަރު ކޮށްފައިވޭތޯ "މިހާރު" އިން ސުވާލު ކުރުމުން ޕޮލިހުންގެ މީޑިއާ އޮފިޝަލެއް ވިދާޅުވީ މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ.
ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓުގައި ކުރިން ވިދާޅުވެފައިވަނީ ވޭޕް އޮއިލް ނުވަތަ ފްލޭވާގެ ނަމުގައި ރާއްޖެ އެތެރެކުރީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް ކަމަށެވެ.
ކަސްޓަމްސް އިން އެ ޝިޕްމަންޓް ހިފަހައްޓާފައިވާ ކަމަށް ވިދާޅުވެ މިނިސްޓަރު ވަނީ ވޭޕް ކާޓްރެޖް ތަކެއްގެ ފޮޓޯ ވެސް އާންމު ކުރައްވައިފަ އެވެ.
14 May 2024 vana dhuvahu Raajje etherekuranikoh hifehettunu cannabis alhaafaivaa Vape Cartridge. School thakuge kiyavaa kudhinnah mifadha masthuvathakethi himeney vape olhuvaalaigen dhemundhaakan vanee faahanga kurevifa. https://t.co/DqSrn265xq pic.twitter.com/SYBCoBzCfC
— Minister of Homeland Security & Technology (@min_mohst) October 14, 2024
ޑްރަގް އަޅާފައިވާ ވޭޕް ސްކޫލް ދަރިވަރުންނަށް ދެމުންދާކަން ފާހަގަ ކުރައްވައި، އިހުސާން އޭރު ވިދާޅުވެފައިވަނީ އަންނަ މަހުން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި އެންމެ ބޮޑު އެއް ސަބަބަކީ ވެސް އެއީ ކަމަށެވެ.
ރައީސް ވަނީ ވޭޕާއި އޭގެ ވަކިވަކި ބައިތައް އަންނަ ނޮވެމްބަރު 15 ވަނަ ދުވަހުން ފެށިގެން ރާއްޖެ އެތެރެކުރުން މަނާކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ކަމާ ބެހޭ ފަރާތްތަކަށް އަންގަވައިފަ އެވެ. އަދި ވޭޕްކުރާ ތަކެތި ބޭނުން ކުރުމާއި ގެންގުޅުމާއި އުފެއްދުމާއި ވިއްކުމާއި އިޝްތިހާރު ކުރުމާއި ހިލޭ ބެހުން އަންނަ ޑިސެމްބަރު 15 އިން ފެށިގެން މަނާކުރަން އަންގަވާފައި ވާއިރު، އިއްޔެ ވަނީ އަންނަ ނޮވެމްބަރު 15 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އަށް އެތެރެކުރާ ވޭޕުން ޑިއުޓީ ބޮޑުކުރުމަށް ގާނޫނަށް އިސްލާހެއް ވެސް ހުށަހަޅައިފަ އެވެ.
ކަސްޓަމްސް އިން "މިހާރު" އާ ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު 2018 އިން ފެށިގެން މިދިޔަ ޖުލައި މަހާ ހަމައަށް 124 މިލިއަން ރުފިޔާގެ ގެ ވޭޕާއި އީ-ސިނގިރޭޓް ރާއްޖެއަށް އެތެރެ ކޮށްފައިވެ އެވެ. އަދި މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިދިޔަ ޖުލައި މަހާ ހަމައަށް 19.7 މިލިއަން ރުފިޔާގެ ވޭޕް އެތެރެ ކޮށްފައިވެ އެވެ.
މައުލޫމާތު ނުލިބި ފެއިލްވިގޮތް ތަހުގީގުކުރާނެ: އިހުސާން
22 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
ޑްރަގް ޓްރެފިކިންގެ ކުށްވެރިން ދޫވާ ސަބަބު ހޯދަނީ
ދެ ހަފުތާ ތެރޭގައި 5މިލިއަންގެ ޑްރަގްސް އަތުލައިގެންފި
ވޭޕް ޝިޕްމެންޓުން ކުރިން ވެސް ޑްރަގު ފެނުނު: އިހުސާން
ކަސްޓަމުން ހިފެހެއްޓި ވޭޕް ފްލޭވާތަކުގައި ޑްރަގެއް ނެތް
ސަލާންޖަހަން އުޅޭ 47 މީހަކު ފަރުވާއަށް ގެންގޮސްފި
ދޮގު ތުހުމަތުނުކޮށް މައްސަލަ ބަލަން ފައްޔާޒު އެދިއްޖެ
ސަލާންޖަހާ މީހުން ފަރުވާ އަށް ބަންދުކުރަނީ
"ވޭޕް ފްލޭވާ"ގެ ކެނަބިސް ޝިޕްމަންޓެއް އަތުލައިގެންފި