18 ޑިސެމްބަރ 2023
މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރަން އުފެއްދި ޓާސްކް ފޯސްގެ އޮޕަރޭޝަންގައި ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެއްޗާއި ބަނގުރާ އަތުލައިގަނެ އަދި ގާނޫނާ ހިލާފު 53 ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރަން އުފެއްދި ޓާސްކް ފޯސްގެ އޮޕަރޭޝަންގައި ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެއްޗާއި ބަނގުރާ އަތުލައިގަނެ އަދި ގާނޫނާ ހިލާފު 53 ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
މިއީ މިދިޔަ ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވި ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިހާ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް ރިޕޯޓްކުރި ފުރަތަމަ ފަހަރެވެ.
މާ ބޮޑު ތަފްސީލެއް ނުދެއްވައި، ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން، "އެކްސް"ގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހަތަރު އިދާރާއެއް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ޓާސްކްފޯސް އިން މިދިޔަ ދެ ހަފުތާގެ ތެރޭގައި ހިންގި އޮޕަރޭޝަންތަކުން 5.5 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި ބަނގުރާ އަތުލައިގެންފައިވާ ކަމަށެވެ.
ގާނޫނާ ހިލާފުވި ކަމުގެ ކުށުގައި ވެސް 53 ބިދޭސީއަކު ބަންދުކޮށްފައިވާ ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ. އިހުސާންގެ ޕޯސްޓުން އެނގޭ ގޮތުގައި އެ ބިދޭސީންނާ މި ސަރުކާރުން މިހާތަނަށް އަތުލައިގަތް މަސްތުވާތަކެއްޗާ ގުޅުމެއް ނެތެވެ.
The Joint Taskforce of @PoliceMv, @CustomsMv, @ImmigrationMV,@CorrectionsMv, established with specific guidance of HEP @MMuizzu have seized MVR 5.5 Million worth of Drugs and Alcohol in the past 2 weeks and Detained 53 expats in violation of law.
— Minister of Homeland Security & Technology (@min_mohst) December 17, 2023
މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރަން އުފައްދާފައިވާ ޓާސްކް ފޯހުގައި ތިބެނީ ފުލުހުންނާއި އިމިގްރޭޝަނާއި ކަސްޓަމްސް އަދި ކަރެކްޝަންސްގެ އިސްވެރިންނެވެ.
ނަމަވެސް، އެ ޑްރަގް އަތުލައިގަތް ތަނެއް އަދި އެ އޮޕަރޭޝަނާ ގުޅޭ އެއްވެސް މައުލޫމާތެއް އަދި ހާމައެއް ނުކުރެ އެވެ.
ބިދޭސީންގެ ފީއިން ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ހޯދައިފި
ވޭޕްގެ ނަމުގައި ޑްރަގް ގެނައުން:މީހަކު ހައްޔަރެއްނުކުރޭ
"މުޑުދާރު ކާބޯތަކެތީގެ ވިޔަފާރި ފުޅާ، ހުއްޓުވާނަން"
ޖޫރިމަނާ ފައިސާ ދެއްކި 20ކުންފުނީގެ ނަން އާންމުކޮށްފި
ތިން ހަފުތާގެ ތެރޭގައި 182 މިލިއަން ލިބިއްޖެ
ބިދޭސީންގެ މައުލޫމާތު އެއްކުރުން ކައުންސިލްތަކަށް
ދެ މާރުކޭޓް ރެއިޑްކޮށް ރޭ ވެސް ބިދޭސީން އަތުލައިގަތް!
ފުރަތަމަ ވީ ދިވެހި މީހާގެ ގައިގައި އަތްލާން ކެރެން
މައުލޫމާތު ނުލިބި ފެއިލްވިގޮތް ތަހުގީގުކުރާނެ: އިހުސާން
ބިދޭސީންގެ ފީތައް ނުދައްކާ މީހުން ސަސްޕެންޑު ކުރަނީ!