ފުލުހުންނާއި ކަސްޓަމްސް ގުޅިގެން މިދިޔަ ތިން ދުވަހުގެ ތެރޭގައި ހިންގި އެކިއެކި އޮޕަރޭޝަންތަކުގައި 22 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި އެވެ.
03 އެޕްރީލް 2024
ފުލުހުންނާއި ކަސްޓަމްސް ގުޅިގެން މިދިޔަ ތިން ދުވަހުގެ ތެރޭގައި ހިންގި އެކިއެކި އޮޕަރޭޝަންތަކުގައި 22 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި އެވެ.
ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ތިން ދުވަހުގެ ތެރޭގައި ހިންގި އިންޓެލިޖެންސް ލެޑް ކައުންޓާ ނާކޮޓިކްސް އޮޕަރޭޝަންތަކުގައި 16.69 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.
އެ ތަކެތީގެ މަގުމަތީގެ އަގު 21.6 މިލިއަން ރުފިޔާ އަށް އަރާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލީޑަޝިޕްގެ ދަށުން އަޅުގަނޑު މި އަޒުމް ކަނޑައަޅަނީ ޑްރަގުގެ ވަބާއިން ރާއްޖެ ސަލާމަތްކުރުމަށް. ފުލުހުންނާއި ކަސްޓަމްސްގެ މި މަސައްކަތަށް ފަހުރުވެރިވަން،" އޭނާ ވިދާޅުވި އެވެ.
އެންމެ ފަހުން އަތުލައިގަތް 16.69 ކިލޯގެ މަސްތުވާތަކެއްޗާ ބެހޭ ތަފުސީލެއް އަދި ފުލުހުން ނުދެ އެވެ.
ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަތްއިރު، އިއްޔެ ރޭ މަޖީދީ މަގުގައި މަސްތުވާތަކެތި ވިއްކަމުން ދަނިކޮށް ވެސް ފުލުހުން ވަނީ ދެ މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ ވެސް މަގުމަތީގައި މަސްތުވާތަކެތި ވިއްކާ މީހުން ހޯދަން ފުލުހުން ހިންގާ އޮޕަރޭޝަންގެ ތެރެއިން އަތުލައިގަތް އެއްޗެހިތަކެއް ކަމަށް ވެ އެވެ.
އެ މަންޒަރު ދުށް މީހަކު "މިހާރު" އަށް ބުނި ގޮތުގައި، ބަންދުކޮށްފައި އޮތް ޕެކޭޖެއް ހިފައިގެން ސައިކަލުގައި ދެ މީހަކު އަރަބިއްޔާ ފްލެޓުތައް ކައިރިއަށް މަޑުކޮށްލިތަނާ، ފުލުހުންގެ ބަޔަކު ފަހަތުން ގޮސް އެ ދެ ފިރިހެނުން ހިފެހެއްޓި އެވެ. އެ ފުލުހުން ތިބީ އާދައިގެ ހެދުމުގައި ކަމަށް ވާތީ ބެލެވެނީ އެއީ ފުލުހުން ހިންގި އަންޑަކަވާ އޮޕަރޭޝަނެއްހެންނެވެ.
އެ އަށް ފަހު އެ ޕެކޭޖު ހުޅުވައި ބަލާލިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ކުދި ޕެކެޓުތައް ހުރި ކަމަށް އޭނާ ބުންޏެވެ.
ޑްރަގް ޓްރެފިކިންގެ ކުށްވެރިން ދޫވާ ސަބަބު ހޯދަނީ
މުއްސަނދިވުމުން އުމުރަށް ޖަލަށް، ބޮޑުންނަށް މާފެއްނެތް
މައުލޫމާތު ނުލިބި ފެއިލްވިގޮތް ތަހުގީގުކުރާނެ: އިހުސާން
ޑްރަގް އެތެރެކުރި ބަންގުލަދޭޝްގެ ދެ މީހަކު ބަންދުކޮށްފި
ފުވައްމުލަކު ޑްރަގު ނެޓްވޯކް އެއްކޮށްހެން ނައްތާލައިފި
ކިލޯއެއްގެ މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރުކޮށްފި
ޖޫރިމަނާހޯދުމުގެ ނިޒާމެއް ޑްރަގް ޑީލަރުންނަށް ނުހިނގާ!
ވައިގެ މަގުން ޑްރަގް ގެނައި މީހަކު ހައްޔަރުކޮށްފި
ޑްރަގާއެކު ހައްޔަރުކުރުމުން ބުނީ ބައްޕަގެ އެއްޗެއްކަމަށް
ބިލިއަން ރުފިޔާގެ ޑްރަގް މައްސަލަ: ބަންދު އިތުރުކޮށްފި