ރާއްޖެއަށް ވައިގެމަގުން އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް 18 ކިލޯގެ ޑްރަގާ ހަވާލުވާންދިޔަ ބިދޭސީ މީހާގެ ބައިވެރިވުމެއް އެކަމުގައި އޮތް ކަމަށް ނުފެންނާތީ އޭނާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
12 ޖޫން 2025
ރާއްޖެއަށް ވައިގެމަގުން އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް 18 ކިލޯގެ ޑްރަގާ ހަވާލުވާންދިޔަ ބިދޭސީ މީހާގެ ބައިވެރިވުމެއް އެކަމުގައި އޮތް ކަމަށް ނުފެންނާތީ އޭނާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މިދިޔަ އަންގާރަ ދުވަހުގެ ރޭ އިންޑިއާގެ ބެންގަލޫރު މަގުން ގެނަައި އެއާ ކާގޯ ޝިޕްމަންޓުގައި މަސްތުވާތަކެތި ފޮރުވާފައި ހުރީ 30 އަށް ވުރެ ގިނަ ޕެކެޓުގައި ވަކިވަކިން ބަންދުކޮށްފަ އެވެ. އެ ތަކެތި ހުރީ ޕްލާސްޓިކް ގަސް ފަދަ ތަކެތީގެ ޕޮޓާއި އޭގެ ބައިތަކުގައި ފޮރުވައިފަ އެވެ.
ޖުމްލަ ބަރުދަނުގައި 18.62 ކިލޯ ހުރި އެ ޑްރަގުގެ މަގުމަތީ އަގު އުޅެނީ 26 މިލިއަން ދިވެހި ރުފިޔާގަ އެވެ.
އެ މައްސަލާގައި ކަސްޓަމްސް އިން ފުލުހުންނާ ހަވާލުކުރީ އެ ތަކެއްޗާ ހަވާލުވާން ގޮސް ހުރި 35 އަހަރުގެ ބަންގްލަދޭޝް މީހެކެވެ. އަދި ރާއްޖެއަށް އެތެރެކުރި މަސްތުވާތަކެތި ވެސް ފުލުހުންނާ ހަވާލުކުރި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "މިހާރު" އަށް ވިދާޅުވި ގޮތުގައި ތަހުގީގަށް ބެލިބެލުމުން މަސްތުވާތަކެތި އެތެެރެކުރި ބަޔަކާއި މުދާ ކްލިއާ ކުރަން ދިޔަ މީހާއާ ގުޅުމެއް އޮތް ކަމަށް ނުފެނެ އެވެ.
"ފުލުހުންގެ ތަހުގީގަށް ބެލިބެލުމުން މަސްތުވާތަކެތި އެތެރެކުރި ބަޔަކާއި މުދާ ކްލިއާ ކުރަން ދިޔަ މީހާއާ ގުޅުމެއް އޮތް ކަމަށް ނުފެންނާތީ މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު މީހާ ވަނީ ދޫކޮށްލާފައި،" ފުލުހުން ބުންޏެވެ.
އެކަމަކު އެތަކެތި އެތެރެކުރީ ކޮން ކުންފުންޏަކުން ކަމެއް އަދި ސާފެއް ނޫނެވެ.
ރާއްޖެއަށް އެތެރެކުރި މަސްތުވާތަކެތި ވަނީ ކެނަބިއޮއިޑްސް އަށް ޕޮޒިޓިވްވެފަ އެވެ.
އެ ޝިޕްމެންޓް އަތުލައިގަތީ ކަސްޓަމްސް އަށް އެކަމުގެ މައުލޫމާތު ލިބިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގަ އެވެ.
މަސްތުވާތަކެތި ހުރި ޝިޕްމެންޓް ބަލާ ދިޔައީ ބިދޭސީއެެއް
ޑްރަގް އެތެރެކުރި ބަންގުލަދޭޝްގެ ދެ މީހަކު ބަންދުކޮށްފި
ފެޑެކްސް އިން ޑްރަގު އެތެރެކުރި މީހަކު ހައްޔަރުކޮށްފި
ވޭޕްގެ ނަމުގައި ޑްރަގް ގެނައުން:މީހަކު ހައްޔަރެއްނުކުރޭ
ޑްރަގު އެތެރެކުރި 65 އަހަރުގެ މީހާގެ ބަންދު ޖަހައިފި
ބޭރުން އައި 65 އަހަރުގެ މީހެއްގެ އަތުގައި ޑްރަގްސް
ރާއްޖެ އެތެރެކުރި 3.5 ކިލޯގެ ޑްރަގްސް އަތުލައިގެންފި
ރާއްޖެ އެތެރެކުރި 11 ކިލޯގެ ޑްރަގް އަތުލައިގެންފި
ވައިގެމަގުން ގެނައި ރެކޯޑް އަދަދެއްގެ ޑްރަގް އަތުލައިފި
ބޭރު މީހެއްގެ އަތުން ދެ ކިލޯގެ ޑްރަގު އަތުލައިގެންފި