Roadha Mihaaru
ޑްރަގު އެތެރެކުރި 65 އަހަރުގެ މީހާގެ ބަންދު ޖަހައިފި

ޑްރަގްސް އެތެރެ ކުރި 65 އަހަރުގެ ދިވެހި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި

21 ސެޕްޓެމްބަރ 2024

ރާއްޖެ އިން ބޭރުން ޑްރަގްސް އެތެރެކުރި މައްސަލާގައި ހައްޔަރުކުރި އުމުރުން 65 އަހަރުގެ ދިވެހި ފިރިހެންމީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ދީފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރާއްޖެ އިން ބޭރުން ޑްރަގްސް އެތެރެކުރި މައްސަލާގައި ހައްޔަރުކުރި އުމުރުން 65 އަހަރުގެ ދިވެހި ފިރިހެންމީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ދީފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށް، ބަންދު މުއްދަތު ޖަހާފައި ވަނީ އައްޑޫ ހިތަދޫ، ވެހެތާނުގޭ އަބްދުﷲ ސޯދިގުގެ އެވެ.

ފުލުހުން ބުނެފައި ވަނީ މިދިޔަ ހޯމަ ދުވަހު ސްރީ ލަންކަން އެއާލައިންސުން އައި އަބްދުﷲ ސޯދިގު ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 349 ގްރާމްގެ ތަކެތި ފެނިފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ކަސްޓަމްސް އިން ފާސްކުރިއިރު ފެނުނު ޑްރަގްސް

ކަސްޓަމްސް އިން ފާސްކުރިއިރު ފެނުނު ޑްރަގްސް

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން އަންނައިރު، ރާއްޖެ އަށް ޑްރަގްސް އެތެރެކުރާ މީހުން ފުލުހުންނާއި ކަސްޓަމްސް އިން ވެސް އަންނަނީ އަތުލައިގަންނަމުންނެވެ.

މިދިޔަ ބުދަ ދުވަހު ރާއްޖެ ގެނައި އެއާކާގޯ ޝިޕްމަންޓަކާއި ޕޯސްޓް ޕެކޭޖަކުން ވެސް މަސްތުވާތަކެތި ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފަ އެވެ. އެ ތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓުކުރިއިރު ހެރޮއިން އާއި ސިންތެޓިކް ކެތިނޯން އާއި ކެނަބިސް އަދި އެކްސްޓަސީއަށް ވަނީ ޕޮޒިޓިވްވެފަ އެވެ.