01 އޯގަސްޓް 2024
އެކި ނަންނަމުގައި ހިންގާ ގޭންގުތަކާއި އެ ގޭންގުތަކުގައި އުޅޭ މީހުންގެ ނަންތައް ކުރިއަށް އޮތް ތަނުގައި ހާމަކުރައްވާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
އެކި ނަންނަމުގައި ހިންގާ ގޭންގުތަކާއި އެ ގޭންގުތަކުގައި އުޅޭ މީހުންގެ ނަންތައް ކުރިއަށް އޮތް ތަނުގައި ހާމަކުރައްވާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
އޭނާ މިދިޔަ ހަފުތާގައި "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ގޭންގު ކުށްތައް ހުއްޓުވުމާ ބެހޭ ގާނޫނު މިހާރު އޮތްގޮތުން އެ ފަރާތްތަކަށް ފިޔަވަޅު އެޅުމަކީ ދަތިކަމެއް ކަމަށެވެ. ގޭންގުތައް ކަމަށް ބަޔާންކޮށްފައި އޮންނަ ގޮތުން ގޮންޖެހުންތައް ކުރިމަތިވާތީ އެ ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިހާރު މަސައްކަތް އޮތީ އެ ގާނޫނު އިސާލާހު ކުރުމުގެ އެންމެ ފަހު މަރުހަލާގައި ކަަމަށް އިހުސާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މީގެ 14 އަހަރު ކުރިން ހެދި ގާނޫނަށް ބަދަލުތައް ގެނައުމުން ގޭންގުތަކާ ދެކޮޅަށް އަޅާ ފިޔަވަޅުތައް ފެންނާނެ ކަމަށެވެ. އޭގެ ތެރެއިން، ގޭންގުތަކުގެ ނަންތަކާއި އެ ގްރޫޕުތަކުގައި އުޅޭ މީހުންގެ ނަންތައް ހާމަކުރާނެ ކަމަށް އިހުސާން ވިދާޅުވި އެވެ.
"މި ވަގުތު ގާނޫނުތައް ހުރި ގޮތުން [ގޭންގުތަކާ ގުޅޭގޮތުން] އަވަސް ފިޔަވަޅު އެޅެން ނެތް. ނަމަވެސް، އެ ގާނޫނު ޑްރާފްޓު ކޮށްފައި ފައިނަލް ކުރާނަން މިހާރު ހުރި ހުރިހާ ޗެލެންޖަކަށް އެޑްރެސް ކޮށްފައި. މާނައަކީ ގޭންގުތަކުން ކުށް ކުރާ މީހުންނާއި ގޭންގުތަކުން ވިޔަފާރީގެ ތެރޭގައި އުޅުމާއި… pic.twitter.com/F4I0wlpX2I
— Mihaaru (@Mihaarunews) August 1, 2024
"މި ވަގުތު ގާނޫނުތައް ހުރި ގޮތުން [ގޭންގުތަކާ ގުޅޭގޮތުން] އަވަސް ފިޔަވަޅު އެޅެން ނެތް. ނަމަވެސް، އެ ގާނޫނު ޑްރާފްޓު ކޮށްފައި ފައިނަލް ކުރާނަން މިހާރު ހުރި ހުރިހާ ޗެލެންޖަކަށް އެޑްރެސް ކޮށްފައި. މާނައަކީ ގޭންގުތަކުން ކުށް ކުރާ މީހުންނާއި ގޭންގުތަކުން ވިޔަފާރީގެ ތެރޭގައި އުޅުމާއި ހުރިހާ ކަމަކަށް ދާއިމީ ހައްލެއް ގެނެވޭނެ ގާނޫނީ ބަދަލު އަޅުގަނޑުމެން ގެންނާނަން. ގެނެސްފައި އެއާ އެއްގޮތަށް އަމަލުކުރަން ފަށާނަން،" މިދިޔަ ބުރާސްފަތި ދުވަހު ދެއްވި އިންޓަވިއުގައި މިނިސްޓަރު ވިދާޅުވި އެވެ.
ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނުގައިވާ ގޮތުން ޖަމިއްޔާއަކަށް، ފިހާރައަކަށް ނުވަތަ އެ ނޫން ވެސް ތަނަކަށް ގޭންގަކަށް ނިސްބަތްވާ ނަމެއް ނުވަތަ ގޭންގަކަށް ނިސްބަތްވާ ލޯގޯއެއް ރަޖިސްޓަރީ ކޮށްގެން ނުވާނެ އެވެ. އޭގެ އިތުރުން ނިވާފަތްގަނޑެއްގެ ގޮތުގައި ގާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ޖަމިއްޔާއެއް ނުވަތަ ކުޅިވަރު ކުޅޭ ކްލަބެއް ބޭނުންކޮށްގެން ގާނޫނުގައި މަނާކޮށްފައިވާ އަމަލެއް ހިންގާ ކަމަށް ޝަރީއަތަށް ސާބިތުވެއްޖެ ނަމަ އެ ފަރާތެއްގެ ކުޅިވަރު ކުޅޭ ކްލަބްގެ ރަޖިސްޓަރީ ބާތިލު ކުރުމުގެ ބާރު ކަމާބެހޭ އިދާރާއަށް ލިބިގެންވެ އެވެ.
ނަމަވެސް، ގޭންގު ކުށްތައް ހުއްޓުވުމާ ބެހޭ ގާނޫނުގައި އޮންނަ ގޮތަށް، އެ ގާނޫނަށް އެތައް އަހަރެއް ވެގެން ދިޔައިރު ވެސް ގޭންގުތަކުގެ ނަންތަކެއް ހާމައެއް ނުކުރެ އެވެ. އެކަމަކު، ބަދަލުތައް ގެނައުމަށް ފަހު، އެ ލިސްޓު އާއްމު ކުރާނެ ކަމަށް ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގައި ގޭންގުތައް ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރާ ގޭންގުތަކުގެ ނަންތައް ބޭނުންކޮށްގެން ކުޅިވަރު ކްލަބުތައް ވެސް ރަޖިސްޓްރީ ކޮށްފައި ވެ އެވެ. އަދި މާލޭގައި ސަރުކާރުގެ ބިންތަކުގައި ހަދާފައިވާ ޓާފް ދަނޑުތައް ހިންގަނީ ބާރު ގަދަ ގުރޫޕްތަކުން ކަމަށް ވަރަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ.
އިހުސާން ވިދާޅުވީ ރާއްޖޭގައި ގޭންގު ހަދައިގެން ކުށްކުރަމުން ނޫޅެވޭނެ ކަމަށާއި އެކަން ހުއްޓުވާނެ ކަމަށެވެ،
"އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ.
އަތުހަރު ގޮޅީގައި އުޅުނު ގޮތް ފެންނަ ވީޑިއޯ ދައްކައިފި
މައުލޫމާތު ނުލިބި ފެއިލްވިގޮތް ތަހުގީގުކުރާނެ: އިހުސާން
22 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
ޑްރަގް ޓްރެފިކިންގެ ކުށްވެރިން ދޫވާ ސަބަބު ހޯދަނީ
ކުށްވެރިން ދޫކޮށްލުމުން ކުށްތައް އިތުރުވި
ގޭންގުތަކުގެ ކުރިމަތީގައި މިފަހަރު ކުޑަކަޑޫ ނުޖަހާނެ!
މާރާމާރީ ހުއްޓުވަން މިދަނީ މަސައްކަތް ކުރަމުން:އަޒްލީން
ގޭންގްތައް ކަނޑައެޅުން ކޮމިޓީއަށް ދޭ މާއްދާ އުނިކޮށްފި
އެފްއެސްއެމް މުވައްޒަފުންތަކެއްގެ ވައްކަމުގެ މައްސަލަ
އެމްޑީޕީގެ އެކްޓިވިސްޓު ޝާފިއު ފުލުހަށް ހާޒިރުކުރަނީ