Roadha Mihaaru
ކަނޑުމަތީގެ އޮޕަރޭޝަންތަކަށް ދެ ޑްރޯން ހަދިޔާކޮށްފި

ކަނޑުމަތީގެ އޮޕަރޭޝަންތަކަށް ދެ ޑްރޯން ދިވެހި ފުލުހުންނަށް ހަދިޔާކޮށްފި

17 ޖުލައި 2024

ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގައި ބޭނުން ކުރާނެ ޑްރޯންތަކެއް ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން ދިވެހި ފުލުހުންނަށް މިއަދު ހަދިޔާކޮށްފި އެވެ.

އެ ދެ ޑްރޯންއާ ރަސްމީކޮށް ހަވާލުވެވަޑައިގަތުމަށް ފަހު، އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އަލީ އިހުސާނު ވިދާޅުވީ، ޑްރޯންތައް ބޭނުންކުރާނީ ފުލުހުންގެ މެރިން އޮޕަރޭޝަންސް ޑިވިޝަނުން ކަމަށެވެ.

މި ޑްރޯންތަކާ އެކު، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް މެރިން ޕޮލިހުން ކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުން ލިބޭނެ ކަމަށް އިހުސާނު ވިދާޅުވި އެވެ.

ޔޫއެންއޯޑީސީން ދިވެހި ފުލުހުންނަށް ހަދިޔާކުރި ޑްރޯން މަސައްކަތްކުރާ ގޮތް ފުލުހުންގެ އިސް އޮފިސަރަކު މިއަދު ބައްލަވާލައްވަނީ.---ފޮޓޯ: ހޯމް މިނިސްޓްރީ

ޔޫއެންއޯޑީސީން ދިވެހި ފުލުހުންނަށް ހަދިޔާކުރި ޑްރޯން މަސައްކަތްކުރާ ގޮތް ފުލުހުންގެ އިސް އޮފިސަރަކު މިއަދު ބައްލަވާލައްވަނީ.---ފޮޓޯ: ހޯމް މިނިސްޓްރީ

އަދި މި ޑްރޯންތަކުގެ ސަބަބުން އޮޕަރޭޝަންސްތަކުގައި ފުލުުހުންގެ ރައްކާތެރިކަން ވެސް އިތުރަށް ކަށަވަރު ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޔޫއެންއޯޑީސީން ހަދިޔާކުރީ ކަނޑާއި ވައިގެ ތެރޭގައި ދުއްވޭ ފަދަ ޑްރޯންތަކެއް ކަމަށާއި މި ޑްރޯންތައް ބޭނުންކުރަން ހަމަޖެހިފައިވަނީ ޝޯޓް ރޭންޖް އޮޕަރޭޝަންތަކުގައި ކަމަށް ފުލުހުން ބުންޏެވެ.

ދިވެހި ސިފައިން މިހާރު ގެންދަނީ އަސްކަރީ ދެ ޑްރޯންއެއް ވެސް ބޭނުންކުރަމުންނެވެ.