Roadha Mihaaru
ސިޓީ ޕާކް ތަރައްގީ ކުރުމުގެ ބޮޑު ބައި ނިމިއްޖެ

ކަޅުއޮއްފުންމިއާ އެކު ތަރައްގީކުރާ ސިޓީ ޕާކްގެ ބޮޑު ބައެއް ނިމިއްޖެ

27 ޖޫން 2016

ރާއްޖޭގެ މިނިވަންކަމަށް ޖިހާދު ކުރެއްވި ބޮޑުތަކުރުފާނު ބޭނުންކުރެއްވި ކަޅުއޮއްފުންމި ނަމޫނާއަކަށް ބަލައިގެން ހެދި އޮޑިއާއެކު ތަރައްގީކުރާ ސިޓީ ޕާކްގެ ބޮޑު ބައެއް ނިމިއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖޭގެ މިނިވަންކަމަށް ޖިހާދު ކުރެއްވި ބޮޑުތަކުރުފާނު ބޭނުންކުރެއްވި ކަޅުއޮއްފުންމި ނަމޫނާއަކަށް ބަލައިގެން ހެދި އޮޑިއާއެކު ތަރައްގީކުރާ ސިޓީ ޕާކްގެ ބޮޑު ބައެއް ނިމިއްޖެ އެވެ.

ސިޓީ ޕާކް ތަރައްގީ ކުރަނީ ކުރިން ސަލްޓަން ޕާކްގައި ހުރި ލެޑްބޮކީގެ ގަސްތަކާ އެކު އެވެ. އަދި އެ ތަން ތަރައްގީގެ ކުރުމުގެ މަޝްރޫއުގެ ދަށުން ކަޅުއޮއްފުންމީގެ އަސްލާ ވީހާ އެއްގޮތަކަށް ބަނުމަށް ފަހު އެ އުޅަނދު ވަނީ އެހެލައިފަ އެވެ. އެ ޕާކްގެ މަސައްކަތް ނިމުމާއެކު، މާލޭގައި ހުރި އެންމެ ރީތި އެއް ޕާކަށް އެތަނަށް ވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ކަޅުއޮއްފުންމި. ސިޓީ ޕާކް ތަރައްގީ ކުރާނީ އެ އޮޑި އާންމުންނަށް ފެންނަ ގޮތަށް. - ފޮޓޯ: ހޯމް މިނިސްޓްރީ

ކަޅުއޮއްފުންމި. ސިޓީ ޕާކް ތަރައްގީ ކުރާނީ އެ އޮޑި އާންމުންނަށް ފެންނަ ގޮތަށް. - ފޮޓޯ: ހޯމް މިނިސްޓްރީ

ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސަލީމް (މާޒް ސަލީމް) މިއަދު ވިދާޅުވީ ސިޓީ ޕާކް ތަރައްގީ ކުރުމުގެެ 70 ޕަސަންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ލެޑްބޮކީގެ ހުރިހާ ގަސްތަކެއް ހަރުކޮށް ނިމިފައިވާ ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާރު އެތަނުގައި ކުރަމުން އަންނަނީ ކަޅުއޮއްފުންމި ބާއްވާ ތަން ހިޔާ ކުރުމުގެ މަސައްކަތާއި އޮޑިއަށް ކަވަރެއް ހެދުމުގެ މަސައްކަތެވެ.

"ލެޑް ގާޑެންގެ ގަސްތައް ހަރުކޮށް ނިމިފައި ވަނީ. މިހާރު އެ ކުރަނީ އެތަން ތަފާތު ގޮތްގޮތަށް ރީތި ކުރުމުގެ މަސައްކަތް." މާޒް ސަލީމް ވިދާޅުވި އެވެ.

މީގެ އިތުރުން ލެޑް ގޮނޑި ކަހަލަ ދިއްލޭ އެއްޗެހި ރާއްޖޭން ބޭރުން ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.

މާލޭގައި ހުންނަ ސިޓީ ޕާކު. އެ ތަނުގެ 70 ޕަސަންޓު މަސައްކަތް ވަނީ ނިމިފައި. - ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

މާލޭގައި ހުންނަ ސިޓީ ޕާކު. އެ ތަނުގެ 70 ޕަސަންޓު މަސައްކަތް ވަނީ ނިމިފައި. - ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

ސިޓީ ޕާކް ތަރައްގީ ކުރުމަށްފަހު، އަންނަ މަހުގެ ޖުލައި 26 ގައި ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ޕާކް މަސައްކަތް ނިމޭއިރު، އެ ތަން ފެންނާނީ ކުރިން ފެނުނު ލެޑްޕާކަށް ވުރެ ފުރިހަމަ ޕާކެއްގެ ގޮތުގަ އެވެ.

މީގެ ކުރިން ލެޑްޕާކް ހެދީ ސަލްޓަން ޕާކްގަ އެވެ. ނަމަވެސް ސަލްޓަންޕާކް އާ ޕްލޭނެއްގެ ދަށުން ތަރައްގީ ކުރަން ނިންމުން އެތަނުގައި ހުރި ލެޑްބޮކީގެ ގަސްތައް ވަނީ ނަގައިފަ އެވެ.