28 ޖުލައި 2016
ރާއްޖޭގެ މިނިވަންކަމަށް 51 އަހަރު ފުރުން ފާހަގަކުރަން ބާއްވާ ރަސްމީ ކުޅިވަރުތައް އަންނަ ހޮނިހިރު ދުވަހުގެ ރޭ ގަލޮޅު ދަނޑުގައި އޮންނާނެ ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ރާއްޖޭގެ މިނިވަންކަމަށް 51 އަހަރު ފުރުން ފާހަގަކުރަން ބާއްވާ ރަސްމީ ކުޅިވަރުތައް އަންނަ ހޮނިހިރު ދުވަހުގެ ރޭ ގަލޮޅު ދަނޑުގައި އޮންނާނެ ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވީ މިފަހަރު ވެސް ރަސްމީ ކުޅިވަރުގެ ތެރޭގައި ވަކި ތީމަކަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ޝޯއެއް ދައްކާލާނެ ކަމަށެވެ. އެ ޝޯގައި މާލޭގެ އަށް ސްކޫލަކުން ބައިވެރިވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރަށްރަށުގެ ހަރަކާތްތަކެއް ވެސް ފެނިގެންދާނެ ކަމަށާއި މިދިޔަ އަހަރާ އަޅާބަލާއިރު ހަރަކާތްތައް ތަފާތު ވާނެ ކަމަށެވެ.
"މިފަހަރު ހުށަހަޅައިދޭ ސްޓޯރީއަކީ މުޅިން ތަފާތު ސްޓޯރީއެއް. މިދިޔަ އަހަރު ހުށަހެޅީ ރާއްޖޭގެ ތާރީހާ ގުޅޭ ޝޯއެއް. ނަމަވެސް މިފަހަރުގެ ތީމް ތަފާތުވާނެ،" ސަލީމް ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުންނާއި ބޭރުގެ އިއްޒަތްތެރިންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ފުޅަނދުބުރުގެ ހަރަކާތްތައް ވެސް ރޭ ވަނީ ފަށައިފަ އެވެ.
ފުޅަނދު ބުރު ވާދަވެރިވާނެ، ތަފާތުވާނެ: ސަލީމް
ރޯގާ ފެތުރޭތީ ފަސްކުރި ކާނިވާ މިރޭ ހުޅުވަނީ
ރޯގާ ފެތުރޭތީ ކާނިވާ ހުޅުވުން ފަސްކޮށްފި
މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރު ހަރަކާތްތައް ބާއްވައިފި
މިނިވަންދުވަހުގެ ކުޅިވަރުތަކުގައި 800 ކުދިން
ކުޅުދުއްފުށީގައި މި ފަހަރު ހަމަ އަސްލަށް ހަވާ އަރުވަނީ
މިނިވަން ދުވަހު މާލޭގައި ގިނަ ހަރަކާތްތަކެއް!
ހަރަދުކުޑަކުރަން ޖަލްސާ އާއި ފުޅަނދުބުރު ވެސް ކެންސަލް
މި އަހަރުގެ މިނިވަން ދުވަހު ފުޅަނދުބުރު ބާއްވަނީ
މިނިވަންކަމަށް ބޮޑު އަގެއް ދައްކަންޖެހޭ: އިމްރާން