Roadha Mihaaru
މިނިވަންދުވަހުގެ ކުޅިވަރުތަކުގައި 800 ކުދިން

މިނިވަން ދުވަހުގެ ކުޅިވަރުތަކުގައި 800 އަށް ވުރެ ގިނަ ކުދިން ބައިވެރިވޭ

25 ޖުލައި 2023

މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ކުޅިވަރުތަކުގައި މި ފަހަރު 800 އަށް ވުރެ ގިނަ ސްކޫލް ދަރިވަރުން ބައިވެރިވާ ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ކުޅިވަރުތަކުގައި މި ފަހަރު 800 އަށް ވުރެ ގިނަ ސްކޫލް ދަރިވަރުން ބައިވެރިވާ ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފި އެވެ.

މާދަމާ ފާހަގަކުރަނީ ރާއްޖޭގެ 58 ވަނަ މިނިވަން ދުވަހެވެ.

ހޯމް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، އެންމެ ގިނައިން ދަރިވަރުން ބައިވެރިވަނީ މާދަމާ ރޭ 9:00 ގައި ގަލޮޅު ދަނޑުގައި އޮންނަ ހަރަކާތުގައި ކަމަށެވެ. ސްކޫލް ކުދިންގެ އައިޓަމްތަކާއި ސިފައިންގެ ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް ވެސް އެ ހަރަކާތުގައި އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލެ: ޖުލައި 26، 2019: މިނިވަން ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި ބޭއްވި ކުޅިވަރު ހަރަކާތުގައި ސިފައިންގެ ޕެރޭޑު ކުރިއަށް ދަނީ.-- ފޮޓޯ: މިހާރު

މާލެ: ޖުލައި 26، 2019: މިނިވަން ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި ބޭއްވި ކުޅިވަރު ހަރަކާތުގައި ސިފައިންގެ ޕެރޭޑު ކުރިއަށް ދަނީ.-- ފޮޓޯ: މިހާރު

އަންނަ ބުރާސްފަތި ދުވަހު ހަވީރު މާލޭގެ ބޮޑެތި މަގުތަކުގައި ބާއްވާ ސިފައިންގެ ޕެރޭޑުގައި ވެސް ދަރިވަރުން ބައިވެރިވާނެ އެވެ. ހަމަ އެ ދުވަހުގެ ރޭގަނޑު، މަޖީދީ މަގާއި ސޯސަން މަގާއި މެދުޒިޔާރަތް މަގުގައި އަދި ހުޅުމާލޭގައި ފުޅަނދުބުރު ވެސް އޮންނާނެ އެވެ.

މިދިޔަ މަހުން ފެށިގެން ދަރިވަރުން އަންނަނީ އެ ކުޅިވަރުތަކަށް ފަރިތަކުރަމުންނެވެ.

"ފުޅަނދުބުރުގައި 8 ފަރާތަކުން 15 ފުޅަނދު ނެރޭނެ،" އޮފިޝަލް ވިދާޅުވި އެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި އަންނަ ހުކުރު ދުވަހު ހުޅުމާލޭގައި ކާނިވަލެއް ވެސް ހުޅުވަން ނިންމާފައިވެ އެވެ. އެ ކާނިވާ ހުޅުވުމުގެ ގޮތުން ހުކުރު ދުވަހުގެ ރޭ ހުޅުމާލޭގައި ހަވާ އެރުވުން އޮންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މާލެ: ޖުލައި 26، 2019: މިނިވަން ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި ބޭއްވި ކުޅިވަރު ހަރަކާތުގައި ކުދިންތަކެއް ދިވެހި ދިދަ ހިފައިގެން.-- ފޮޓޯ: މިހާރު

މާލެ: ޖުލައި 26، 2019: މިނިވަން ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި ބޭއްވި ކުޅިވަރު ހަރަކާތުގައި ކުދިންތަކެއް ދިވެހި ދިދަ ހިފައިގެން.-- ފޮޓޯ: މިހާރު

މިނިވަން ދުވަހުގެ ހަރަކާތްތައް

• ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން މިރޭ

• މާދަމާ ހެނދުނު ޖުމްހޫރީ މައިދާނުގައި ދިދަ ނެގުމުގެ ރަސްމިއްޔާތާއި ރަސްމީ ޖަލްސާ (އެ ޖަލްސާގައި ގައުމީ އިނާމު ދިނުން އޮންނާނެ).

• ރާއްޖޭގެ އެކި ރަށްރަށުގައި މިނިވަން ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތައް ދެއްކުމަށް ޓީވީ ކަވަރޭޖެއް.

• މާދަމާ ރޭ ގަލޮޅު ދަނޑުގައި ސްކޫލް ކުދިންގެ އައިޓަމްތަކާއި ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް.

• ބުރާސްފަތި ދުވަހުގެ ހަވީރު މާލޭގެ ބޮޑެތި މަގުތަކުގައި ޕެރޭޑް.

• ބުރާސްފަތި ދުވަހުގެ ރޭ މަޖީދީ މަގާއި ސޯސަން މަގާއި މެދުޒިޔާރަތް މަގުގައި އަދި ހުޅުމާލޭގައި ފުޅަނދުބުރު.

• ހުކުރު ދުވަހުގެ ހަވީރު ހުޅުމާލެ ސެންޓްރަލް ޕާކުގައި ފުޅަނދު ބުރުތައް ދައްކާލުން.

• ހުކުރު ދުވަހުން ފެށިގެން އަންނަ މަހު 4 އަށް މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއެކު ހުޅުމާލޭގައި ކާނިވަލެއް.

މި ހަރަކާތްތައް ބައްލަވާލެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ވެސް ވަޑައިގަންނަވާނެ ކަމަށް ހޯމް މިނިސްޓްރީން ކުރިން ބުންޏެވެ.

މާލޭގެ އިތުރުން ރަށްރަށުގައި ވެސް މިނިވަން ދުވަސް ފާހަގަކުރަން ގިނަ ހަރަކާތްތަކެއް އޮތީ ރާވައިފަ އެވެ.