Roadha Mihaaru
މިނިވަން ދުވަހަށް ޓިކްޓޮކް ހަދައިގެން 15،000ރ.

މިނިވަން ދުވަހަށް ޓިކްޓޮކް ހަދައިގެން 15،000ރ.

11 ޖުލައި 2021

މިނިވަން ދުވަހަށް އަމާޒުކޮށްގެން "މިނިވަން އުފާ" ގެ ނަމުގައި، އިނާމަކަށް 15،000ރ. ލިބޭ ޓިކްޓޮކް މުބާރާތެއް ބާއްވަން ނިންމައިފި އެވެ.

މިނިވަން ދުވަހަށް އަމާޒުކޮށްގެން "މިނިވަން އުފާ" ގެ ނަމުގައި، އިނާމަކަށް 15،000ރ. ލިބޭ ޓިކްޓޮކް މުބާރާތެއް ބާއްވަން ނިންމައިފި އެވެ.

މި މުބާރާތް އިންތިޒާމުކުރަނީ ފިލްމު ޑައިރެކްޓަރު އަމްޖަދު އިބްރާހިމް (އަމްޖޭ) އާއި ވީޑިއޯގްރަފާ މުހައްމަދު ނާޝިދު (ބޭބީ) ގުޅިގެންނެވެ. މި މުބާރާތް ކުރިއަށް ދާނީ ހޯމް މިނިސްޓްރީން މިނިވަން ދުވަހު ޕީއެސްއެމުން ދައްކަން ނިންމާފައިވާ 18 ގަޑިއިރުގެ ޓެލޮތޯން ޕްރޮގްރާމްގެ ތެރެއިންނެވެ.

މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ވާދަކުރަން ބޭނުންވާ މީހުން ޓިކްޓޮކް ވީޑިއޯތައް ހަދައިފައި ފޮނުވަން މާދަމާ ހުޅުވާލާނެ އެވެ. އަދި ބައިވެރިވާން ދީފައިވާ މުއްދަތު ހަމަވާނީ މި މަހު 20 އަށެވެ.

މިނިވަން ދުވަހާ ގުޅޭ ވީޑިއޯއެއް ހެދުމަށް ފަހު، މި މުބާރާތުގައި ބައިވެރިވުމަށް ޖެހޭނީ #މިނިވަންއުފާ ހޭޝްޓެގާ އެކު އެ ވީޑިއޯތައް ޓިކްޓޮކަށް އަޕްލޯޑް ކުރާށެވެ.

މިނިވަން ދުވަހު ބާއްވާ ޓިކްޓޮކް މުބާރާތް އިންތިޒާމުކުރާ ފިލްމު ޑައިރެކްޓަރު އަމްޖަދު އިބްރާހިމް (އަމްޖޭ) އާއި ވީޑިއޯގްރަފާ މުހައްމަދު ނާޝިދު (ބޭބީ).--

މިނިވަން ދުވަހު ބާއްވާ ޓިކްޓޮކް މުބާރާތް އިންތިޒާމުކުރާ ފިލްމު ޑައިރެކްޓަރު އަމްޖަދު އިބްރާހިމް (އަމްޖޭ) އާއި ވީޑިއޯގްރަފާ މުހައްމަދު ނާޝިދު (ބޭބީ).--

"މިއީ މިނިވަންކަމުގެ ޖޯޝާއި ފޯރިއާ އެކު އެ ދުވަހާ ގުޅޭ އެކިއެކި އައިޓަމްތައް ބައިވެރިކޮށްގެން ކުރިއަށް ދާނެ މުބާރާތެއް،" ނާޝިދު ބުންޏެވެ.

"މުޅި ވީޑިއޯގެ ތީމަކަށް ވާންޖެހޭނީ މިނިވަން ދުވަސް. ކުލައެއްގެ ގޮތުގައި ބޭނުންކުރަންޖެހޭނީ ގައުމީ ދިދައިގެ ކުލަތަކާއި ސަގާފީ ހެދުން. ގައުމީ ވަންތަ ލަވަ އާއި ދުވަހުގެ ޝިއާރާ ގުޅޭ ހުރިހާ ބާވަތެއްގެ އައިޓަމް ބައިވެރިކުރެވޭނެ،" އޭނާ ބުންޏެވެ.

ވީޑިއޯގެ ދިގުމިނުގައި 15 - 20 ސިކުންތު ހުންނަން ޖެހެ އެވެ.

މި މުބާރާތުގެ އެއް ވަނަ އަށް ދާ ފަރާތަށް ދޭ ފައިސާގެ އިނާމުގެ އިތުރުން އެންމެ މޮޅު 10 ޓިކްޓޮކަށް 1،000ރ. ގެ ފައިސާގެ އިނާމު ދޭން ވަނީ ނިންމައިފަ އެވެ.

މި ހުރިހާ ޓިކްޓޮކް ވީޑިއޯތައް މިނިވަން ދުވަހުގެ ޓެލޮތޯންގައި ދައްކާނެ އެވެ. ވަނަވަނަ އަށް ހޮވޭ މީހުން އިއުލާންކުރާނީ ވެސް އެ ޕްރޮގުރާމްގެ ތެރެއިންނެވެ.