08 ޑިސެމްބަރ 2024
ޓިކްޓޮކްގެ ބެލެނިވެރިކަން، އަންނަ މަހުގެ 19 ގެ ކުރިން ޗައިނާގެ ކުންފުނިން ދޫކޮށްނުލައިފި ނަމަ އެމެރިކާގައި އެ އެޕްލިކޭޝަން މަނާކުރުމަށް ނިންމާފައި ވާއިރު އެކަމާ ދެކޮޅާށް ކޯޓަށް ހުށަހެޅި މައްސަލަ ޓިކްޓޮކަށް ނާކާމިޔާބުވެއްޖެ އެވެ.
ޓިކްޓޮކްގެ ބެލެނިވެރިކަން، އަންނަ މަހުގެ 19 ގެ ކުރިން ޗައިނާގެ ކުންފުނިން ދޫކޮށްނުލައިފި ނަމަ އެމެރިކާގައި އެ އެޕްލިކޭޝަން މަނާކުރުމަށް ނިންމާފައި ވާއިރު އެކަމާ ދެކޮޅާށް ކޯޓަށް ހުށަހެޅި މައްސަލަ ޓިކްޓޮކަށް ނާކާމިޔާބުވެއްޖެ އެވެ.
އަންނަ މަހުގެ 10 ވަނަ ދުވަހަކީ އެމެރިކާގެ ރައީސްކަމުގެ މަގާމަށް ޑޮނަލްޑް ޓްރަމްޕް ހަވާލުވެ ވަޑައިގަންނަވާ ދުވަސް ކަމަށް ވާއިރު ކުރިއަށް މި އޮތް ކުޑަ ދުވަސްކޮޅުގެ ތެރޭގައި ހައްލެއް ނުހޯދިއްޖެ ނަމަ ޓިކްޓޮކް އެމެރިކާގައި މަނާވާނެ އެވެ.
ޓިކްޓޮކުން ބުނީ ދަށު ކޯޓުގައި ނާކާމިޔާބު ވުމުން ދެން ދާނީ ސުޕްރީމް ކޯޓަށް ކަމަށެވެ. ސުޕްރީމް ކޯޓުން ވެސް ކާމިޔާބު ނުވެއްޖެ ނަމަ އަންނަ މަހު އެމެރިކާގައި ޖެހޭނީ ޓިކްޓޮކް މަނާކުރާށެވެ.
"އެމެރިކާގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު ހިމާޔަތް ކުރުމުގެ ތާރީހީ ރެކޯޑެއް ސުޕްރީމް ކޯޓުގައި އެބައޮތް. އަޅުގަނޑުމެން އުންމީދުކުރަނީ ދުސްތޫރީ މި މުހިންމު މައްސަލައިގައި ވެސް އެ ބޭފުޅުން އެކަން ކުރައްވާނެ ކަމަށް،" އެ ކުންފުނިން ބުންޏެވެ.
މީގެ އިތުރުން ޓިކްޓޮކުން ވަނީ މިކަމުގައި ޓްރަމްޕުގެ އެހީ ވެސް ލިބިދާނެ ކަމަށް އުންމީދުކޮށްފަ އެވެ. އެ ކުންފުނިން ބުނަނީ ޓިކްޓޮކް މަނާވުމުން މައިގަނޑު ގޮތެއްގައި ފައިދާ ވާނީ މާކް ޒަކަބާގުގެ ފޭސްބުކްގެ މައި ކުންފުނި މެޓާގެ ޕްލެޓްފޯމްތަކަށް ކަމަށެވެ.
ކަނާތުފިޔައިގެ ފިކުރަށް މެޓަ ކުންފުނިން ފުރުސަތު ނުދޭ ކަމުގެ ތުހުމަތު ޓްރަމްޕު ކުރައްވަ އެވެ. އަދި 2021 ވަނަ އަހަރު ރިޔާސީ އިންތިހާބުން ނާކާމިޔާބީއާ ކުރިމަތިވެ ވަޑައިގަތުމުން، ގާނޫނު ހަދާ މަޖިލީހުގައި ހަމަނުޖެހުން އުފެއްދި މައްސަލައިގައި ފޭސްބުކުން ޓްރަމްޕް ބޭރު ވެސް ކޮށްލި އެވެ.
އެމެރިކާ ސަރުކާރުން ތުހުމަތުކުރާ ގޮތުގައި ޓިކްޓޮކް އިން ޗައިނާއަށް ޑޭޓާ އެއްކޮށްދީ، ބޭނުންކުރާ މީހުންނަށް ޖާސޫސް ކުރުމުގެ ފުރުސަތު ދެ އެވެ. އަދި ޓިކްޓޮކަކީ ޕްރޮޕެގެންޑާ ފެތުރުމަށް ބޭނުންކުރާ ވަސީލަތެއް ކަމަށް ވެސް ބުނެ އެވެ. އެކަމަކު ޗައިނާގެ ކުންފުނި ބައިޓްޑާންސް އިން އެ ވާހަކަތައް ދޮގުކުރެ އެވެ.
އެމެރިކާގައި ޓިކްޓޮކް މަނާކުރާ ސްޓޭޓާ ދެކޮޅަށް ކޯޓަށް
ޓިކްޓޮކް ލައިވްގައި ޔާމްބެއަށް ދެލައްކަ ރުފިޔާގެ އެހީ
ނޫސްވެރިއަކަށް ފުރައްސާރަކުރި މައްސަލައެއް ބަލަނީ
ތުރުކީ އާއި ބަންގްލަދޭޝްގައި އިންސްޓަގްރާމް މަނާކޮށްފި
ކަމަލާއަށް މަލާމަތްކުރާތީ ކަންގަނާ ރުޅިގަދަވެއްޖެ
ޓިކްޓޮކް ދެބަސްވުމަކާ ހެދި، ހަމަނުޖެހުން ހިންގައިފި
އެމެރިކާގެ ބިލިއަނަރަކު ޓިކްޓޮކް ގަންނަން ވިސްނަނީ
ޓިކްޓޮކް މަނާކުރަން އުޅުނު ޓްރަމްޕް ޓިކްޓޮކަށް
އެމެރިކާގައި ޓިކްޓޮކް މަނާކުރަން ހައުސްއިން ފާސްކޮށްފި
ލުބްނާންގެ ޝެފަކު ތައްޔާރުކޮށްލީ ދިވެހި ކެއުން