23 މެއި 2023
އެމެރިކާގައި ޓިކްޓޮކް ބޭނުންކުރުން އެއްކޮށް މަނާކުރާ ފުރަތަމަ ސްޓޭޓް ކަމަށްވާ މޮންޓާނާއާ ދެކޮޅަށް އެ ސޯޝަލް މީޑިއާ ޕްލެޓްފޯމުން ދައުވާކޮށްފި އެވެ.
އެމެރިކާގައި ޓިކްޓޮކް ބޭނުންކުރުން އެއްކޮށް މަނާކުރާ ފުރަތަމަ ސްޓޭޓް ކަމަށްވާ މޮންޓާނާއާ ދެކޮޅަށް އެ ސޯޝަލް މީޑިއާ ޕްލެޓްފޯމުން ދައުވާކޮށްފި އެވެ.
ޓިކްޓޮކުން ނެރުނު ބަޔާނެއްގައި ބުނީ އެކި އަސްލެއް ނެތް ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް މޮންޓާނާއިން ވަނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އަރައިގެންފައި ކަމަށެވެ.
އެމެރިކާގެ އެކި ސްޓޭޓްތަކުން ޓިކްޓޮކާ ދެކޮޅު ހަދަނީ އެއީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ބައިޓް ޑާންސްގެ އުފެއްދުމަކަށް ވާތީ އެ ކުންފުނިން ޗައިނާ ސަރުކާރަށް އެ އެޕުން ލިބޭ ޑޭޓާ ފޯރުކޮށްދީ ޖާސޫސްކުރާ ކަމުގެ ކަންބޮޑުވުންތަކާ އެކުގަ އެވެ.
މޮންޓާނާގެ ޑިސްޓްރިކްޓް ކޯޓަށް ހޯމަ ދުވަހު ހުށަހެޅި ދައުވާގައި ބުނެފައި ވަނީ މިއީ ޣައިރު ގާނޫނީ ނިންމުމެއް ބާތިލްކުރުމަށް ހުށަހެޅި ދައުވާއެއް ކަމަށެވެ.
"މިއީ މޮންޓާނާގެ ގާނޫނު އަސާސީއާ ހިލާފަށް ޓިކްޓޮކް މަނާކުރުމާ ދެކޮޅު ހަދައި، އަހަރެމެންގެ ވިޔަފާރި އާއި މޮންޓާނާގައި ތިބި، ޓިކްޓޮކް ބޭނުންކުރާ އެތައް ހާސް ބައެއްގެ ހިމާޔަތުގައި ކުރާ ދައުވާއެއް،" ބަޔާނުގައިވެ އެވެ.
ކުރީގެ ނިންމުންތަކާއި ގާނޫނީ ހަމަތަކަށް ބަލާއިރު މި ދައުވާ ކާމިޔާބުވާނެ ކަމުގެ ޔަގީންކަން ބޮޑު ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
އެ ކުންފުނީގެ ޝަކުވާގައި ބުނެފައި ވަނީ މިއީ ޓިކްޓޮކްގައި ހިޔާލު ފާޅުކުރާ އެންމެންނާ ދެކޮޅަށް އެޅި ގާނޫނުއަސާސީއާ ހިލާފް ފިޔަވަޅެއް ކަމަށެވެ. މޮންޓާނާއިން ނިންމާފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޓިކްޓޮކް މަނާކުރާށެވެ. އެކަމަކު މިހާރުވެސް ޓިކްޓޮކް ބޭނުންކުރާ މީހުންނަށް މި ގަވައިދުގެ ދަށުން އެކަން މަނަލެއް ނުވެ އެވެ. މަނާ ވަނީ އަލުން އެޕާ ގުޅުމެވެ. މިލިއަނަކަށް ވުރެ ބޮޑު އާބާދީއެއް އޮންނަ މޮންޓާނާ އިން ވަނީ މިދިޔަ ޑިސެމްބަރު މަހު ވަނީ ސަރުކާރުގެ ޑިވައިސްތަކުގައި ޓިކްޓޮކް ބޭނުންކުރުން މަނާކޮށްފަ އެވެ.
ޓިކްޓޮކުން ބުނާ ގޮތުގައި އެމެރިކާގައި އެ އެޕް ބޭނުންކުރާ 150 މިލިއަން މީހުން އެބަތިއްބެވެ. ފާއިތުވި އަހަރުތަކުގައި މި އެޕް އެކި އުމުރުގެ މީހުންގެ މެދުގައި މަގުބޫލުވެގެން ދިޔަ ކަމުގައި ވިޔަސް އެންމެ ބޮޑަށް މަގުބޫލީ ފުރާވަރުގެ ކުދިންނާއި އުމުރުން 20 ގެ އަހަރުތަކުގެ ޒުވާނުންގެ މެދުގައި ކަމަށް ބައިޓް ޑާންސުން ބުނެފައިވެ އެވެ.
އެމެރިކާގެ ސިޔާސީ ބޭފުޅުން ގަބޫލުކުރައްވަނީ ޓިކްޓޮކަކީ ގައުމީ ސަލާމަތަށް ނުރައްކަލަކަށް ވެދާނެ ކަމަށެވެ.
އެޕް ހިންގާ ބައިޓްޑާންސަކީ ޗައިނާ ސަރުކާރުން ކޮންޓްރޯލް ކުރާ ތަނެއް ކަމަށް އެމެރިކާއިން ކުރާ ތުހުމަތު އެ ކުންފުނިން ވަނީ ތަކުރާރުކޮށް ދޮގުކޮށްފަ އެވެ.
ކޯޓުން ނާކާމިޔާބުވެ އެމެރިކާގައި ޓިކްޓޮކް މަނާވެދާނެ
ޓިކްޓޮކް ލައިވްގައި ޔާމްބެއަށް ދެލައްކަ ރުފިޔާގެ އެހީ
ނޫސްވެރިއަކަށް ފުރައްސާރަކުރި މައްސަލައެއް ބަލަނީ
ތުރުކީ އާއި ބަންގްލަދޭޝްގައި އިންސްޓަގްރާމް މަނާކޮށްފި
ކަމަލާއަށް މަލާމަތްކުރާތީ ކަންގަނާ ރުޅިގަދަވެއްޖެ
ޓިކްޓޮކް ދެބަސްވުމަކާ ހެދި، ހަމަނުޖެހުން ހިންގައިފި
އެމެރިކާގެ ބިލިއަނަރަކު ޓިކްޓޮކް ގަންނަން ވިސްނަނީ
ޓިކްޓޮކް މަނާކުރަން އުޅުނު ޓްރަމްޕް ޓިކްޓޮކަށް
އެމެރިކާގައި ޓިކްޓޮކް މަނާކުރަން ހައުސްއިން ފާސްކޮށްފި
ލުބްނާންގެ ޝެފަކު ތައްޔާރުކޮށްލީ ދިވެހި ކެއުން