މާލޭގެ އިމާރާތަކުން ވެއްޓުނު ހާދިސާގައި އަނިޔާވި ހައްވާ ޔުމްނު ރަޝީދު އިތުރު ފަރުވާއަށް މެލޭޝިއާއަށް ގެންދިއުމަށް ބޭނުންވާ ފައިސާ ޓިކްޓޮކް ލައިވްއެއްގައި ދޮޅުގަޑިއިރުގެ ލައިވެއްގައި ހޯދައިފި އެވެ.
26 އެޕްރީލް 2025
މާލޭގެ އިމާރާތަކުން ވެއްޓުނު ހާދިސާގައި އަނިޔާވި ހައްވާ ޔުމްނު ރަޝީދު އިތުރު ފަރުވާއަށް މެލޭޝިއާއަށް ގެންދިއުމަށް ބޭނުންވާ ފައިސާ ޓިކްޓޮކް ލައިވްއެއްގައި ދޮޅުގަޑިއިރުގެ ލައިވެއްގައި ހޯދައިފި އެވެ.
މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓޯނިއާގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓިފައި އޮއްވާ ފެނުނީ އެ ދުވަހު ހެނދުނު އެވެ. އެ ހާދިސާގައި ލިބުނު އަނިޔާތަކާ ގުޅިގެން ޔުމްނުއަށް ފަރުވާ ދެމުން އައީ އައިޖީއެމްއެޗުގެ އައިސީޔޫގަ އެވެ.
ދަތުރު ކުރުމުގެ ހުއްދަ ލިބުމުން ޔުމްނުގެ އާއިލާ އިން ބޭނުންވީ އޭނާ މެލޭޝިއާއަށް ގެންދާށެވެ. އެއީ އެ އާއިލާގެ ބައެއް މީހުން ވެސް އެ ގައުމުގައި ދިރިއުޅެމުން އަންނާތީ އެވެ. ޔުމްނުގެ ފަރުވާއަށް ހިނގާނެ ހުރިހާ ހަރަދެއް ހަމަޖައްސައިދޭނެ ކަމަށް އިއްޔެ ސަރުކާރުން ވަނީ ބުނެފަ އެވެ. އެހެންވެ، ޔުމްނު މެލޭޝިއާ އަށް ގެންދަން ބޭނުންވާ 25،000 ޑޮލަރު (385،500ރ.) އެންސްޕާ މެދުވެރިކޮށް ސަރުކާރުން ހަމަޖައްސައިދިނެވެ. އެ ފައިސާ ރޭގެ ވަގުތެއްގައި ޖަމާކޮށްދީފައި ވާއިރު އޭގެ ތެރޭގައި 12 މީހުންގެ ޓިކެޓުގެ ފައިސާ ހިމެނެ އެވެ.
މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ގާއިމްކޮށްދިނުމަށް ގޮވާލައި ރޭ ޒުވާނުން ކުރި މުޒާހަރާ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
އެ ފައިސާއިން ޔުމްނުގެ ފަރުވާގެ ކަންކަން ހަމަނުޖެހޭތީ ޝެހެނާޒް މޫސާ އިސްވެ ހުރެ ހިންގި އެ ޓިކްޓޮކް ލައިވްގައި ޔުމްނުގެ އެއްބަނޑު އެއްބަފާ ދައްތަ ވެސް ބައިވެރިވި އެވެ.
ޓިކްޓޮކް ކައިވްގެ އިތުރުން އިންސްޓަގްރާމް އަދި ފޭސްބުކާއި ޓްވިޓާގައި ވެސް ވަނީ ފަންޑްރައިޒް ކުރުމަށް ހަރަކާތެއް ކުރިއަށް ގެންގޮސްފަ އެވެ.
ލައިވް ނިންމާލުމަށްފަހު ލިބުނު ފައިސާގެ އަދަދު ހާމަކުރަން ސޯޝަލް މީޑިއާގައި ޝެހެނާޒް ބުނެފައި ވަނީ ހަވީރު 4:30ގައި ފެށި ލައިވްގައި ޖުމްލަ 735,367.16ރ. ލިބުނު ކަމަށެވެ. އެއީ 565,501.21ރ. އަދި 11,015.95 ޑޮލަރެވެ.
އެ ފައިސާ ޖަމާކޮށްފައި ވަނީ ޔުމްނުގެ ދެ ދައްތަގެ އެކައުންޓަށެވެ.
ޔުމްނުގެ އާއިލާގެ ފަރާތުން ވަނީ އެ އެހީތެރިކަން ފޯރުކޮށްދިން ހުރިހާ އެންމެންނަށް ޝުކުރު އަދާކޮށްފަ އެވެ.
އިމާރާތެއްގެ ނުވަ ވަނަ ފްލޯ އިން މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ހިމެނޭ މީހުން.--
މެލެޝިއާއަށް މިހާރު ފުރުވާލާފައިވާ ޔުމްނުގެ އާއިލާއިން ބުނެފައި ވަނީ ޔުމްނުގެ ފުރަތަމަ ސާޖަރީ އަށް އެކަނި ވެސް 878،940ރ. އަރާ ކަމަށެވެ. އަދި އެޑްމިޓް ކުރުމަށް ވެސް ފައިސާ ދައްކަން ޖެހޭ ކަމަށް އާއިލާ އިން ބުންޏެވެ.
ފުރާޅުމައްޗަށް ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގުގައި މިހާރު ވަނީ އޭނާއާ އެކު އެރޭ އުޅުނު ކަމަށް ބެލެވޭ މީހުން ދެނެގަނެ، އެ އެންމެންގެ ބަޔާން ނަގައި އެ މީހުންގެ ފުރުން މަނާކޮށްފަ އެވެ.
މީގެ އުތުރުން ހާދިސާ ހިނގުމުގެ ކުރިން ޔުމްނުއާއެކު އެންމެ ފަހުން އުޅުނު ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް ހައްޔަރުކޮށް، އޭނާގެ ބަންދަށް ވަނީ ފަސް ދުވަސް ޖަހައިފަ އެވެ.
ޔުމްނުގެ އެންމެ ނާޒުކު ސާޖަރީ ކާމިޔާބު: އާއިލާ
އިތުރު ފަރުވާއަށް ޔުމްނު މެލޭޝިއާއަށް ފުރުވާލައިފި
ޔުމްނު، ދައުލަތުގެ ހަރަދުގައި ފަރުވާއަށް ބޭރަށްގެންދަަނީ
ރާއްޖެ އެތެރެކުރި 3.5 ކިލޯގެ ޑްރަގްސް އަތުލައިގެންފި
ނޫސްވެރިއަކަށް ފުރައްސާރަކުރި މައްސަލައެއް ބަލަނީ
ޓިކްޓޮކްގައި ބަރަހަނާވި މީހާ އެއް އަހަރަށް ޖަލަށް
ޓިކްޓޮކްގައި ބަރަހަނާވާ މީހާ ތިންވަނަ ފަހަރަށް ހައްޔަރު
ހަތަރު ދިވެއްސަކު އިންޑޮނީސިއާއިން ހިފަހައްޓައިފި
ވައްކަމުގެ ތުހުމަތަށް މެލޭގައި ދިވެއްސަކު ހައްޔަރުކޮށްފި
މެލޭޝިއާގައި ހައްޔަރުކުރި ދެ ދިވެހިން ރާއްޖެ ގެނެސްފި