އިމާރާތެއްގެ ނުވަ ވަނަ ފްލޯ އިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު، އިތުރު ފަރުވާ އަށް މެލޭޝިއާ އަށް ގެންދިޔުމުގެ އިންތިޒާމުތަކާއި ބޭސްފަރުވާގެ ހުރިހާ ކަމެއް އެންސްޕާ މެދުވެރިކޮށް ހަމަޖައްސާފައިވާ ކަމަށް އާއިލާ އިން މިރޭ ބުނެފި އެވެ.
އިމާރާތެއްގެ ނުވަ ވަނަ ފްލޯ އިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު، އިތުރު ފަރުވާ އަށް މެލޭޝިއާ އަށް ގެންދިޔުމުގެ އިންތިޒާމުތަކާއި ބޭސްފަރުވާގެ ހުރިހާ ކަމެއް އެންސްޕާ މެދުވެރިކޮށް ހަމަޖައްސާފައިވާ ކަމަށް އާއިލާ އިން މިރޭ ބުނެފި އެވެ.
އާއިލާގެ ފަރާތުން، ވާހަކަ ދެއްކި މުހައްމަދު މުއުމިން "މިހާރު" އަށް ބުނީ އަންނަ އާދީއްތަ ދުވަހު ސްރީ ލަންކަން އެއާލައިންސް ފްލައިޓުން ޔުމްނު މެލޭޝިއާ އަށް ގެންދިޔުމުގެ އިންތިޒާމުތައް އެންސްޕާ މެދުވެރިކޮށް ހަމަޖެހިފައިވާ ކަމަށެވެ.
މެލޭޝިއާ އަށް ގެންދިޔުމާއި ބޭސްފަރުވާގެ ހުރިހާ ހަރަދެއް އެންސްޕާ މެދުވެރިކޮށް ސަރުކާރުގެ ހަރަދުގައި ހަމަޖައްސައި ދީފައިވާ ކަމަށް ވެސް މުއުމިން ބުންޏެވެ.
"އެކަމަކު ވީހާ ވެސް އަވަހަކަށް ބޭރަށް ގެންދަން ބޭނުންވާތީ، އާދީއްތައިގެ ކުރިން ވެސް ޗާޓަރު ފްލައިޓެއް ހަމަޖެހޭތޯ އެންސްޕާ މެދުވެރިކޮށް ދަނީ ބަލަމުން. އެންސްޕާގެ އެއްބާރުލުން އަޅުގަނޑުމެންނަށް ދަނީ ލިބެމުން،" އާއިލާ އިން ވާހަކަ ދެއްކި މުއުމިން ބުންޏެވެ.
ބޭސްފަރުވާއަށް ބަލި މީހުން ގެންދިޔުމަށް ޗާޓަރު ފްލައިޓު ހަމަޖައްސައިދިނުމަކީ އެންސްޕާއިން އަމަލުކުރާ އުސޫލެއް ނޫނެވެ.
"މެލޭޝިއާގެ ހޮސްޕިޓަލެއް އަދި ނުނިންމާ،" މުއުމިން ބުންޏެވެ.
ގ. ރަނައުރާގޭއާގެ ޔުމްނު އަށް މިހާރު ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗުގައި ކަމަށް ވާއިރު، އޭނާގެ ހާލަތާ ގުޅޭ ގޮތުން ސުވާލު ކުރުމުން މުއުމިން ބުނީ ބޭނުންވަނީ އެންމެންގެ ހެޔޮދުއާ ކަމަށެވެ. ނަމަވެސް، ޔުމްނު ފްލައިޓަށް އެރުމުގެ ހުއްދަ ޑޮކްޓަރުން ދީފައިވާ ކަމަށް މުއުމިން ބުންޏެވެ.
މުއުމިންއަކީ ޔުމްނު ރާއްޖެ އިން ބޭރަށް ގެންދިއުމާ ގުޅޭ ކަންކަމުގައި ވާހަކަ ދެއްކުމަށް އާއިލާގެ ފަރާތުން ޕަވާ އޮފް އެޓާނީ ދީފައިވާ ފަރާތެވެ. އެއީ ޔުމްނުގެ އެއްބަނޑުއެއްބަފާ ދައްތަގެ ފިރިމީހާ އެވެ.
މި މަހުގެ 18 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ހ. ފެންޓެނޯއީގޭގެ ނުވަ ވަނަ ފްލޯ އިން ޔުމްނު ވެއްޓުނީ ހ. މިޓާޒްގޭގައި ހުރި ގުދަނެއްގެ ފުރާޅުމައްޗަށެވެ.
ޔުމްނު ވެއްޓުނު ގެއަށް ވަނުމުގެ ކުރިން އޭނާ ވެސް ހިމެނޭ ގޮތަށް ނުވަ މީހަކު ވަނީ މއ. މާންދޫގޭދެކުނު ގޭގައި އެއްކޮށް އުޅެފަ އެވެ.
އެ ނުވަ މީހުންގެ ނަމާއި ފޮޓޯ އަދި އެޑްރެސް ފުލުހުން ވަނީ އިއްޔެ އާންމުކޮށްފަ އެވެ.
އެ އެންމެން ފުރުން މަނާކޮށް ޕާސްޕޯޓު ހިފެހެއްޓިއިރު އޭގެ ތެރޭގައި ހިމެނޭ ގ. ނޯތުބްރީޒް، އާއިޝަތު ލަޔާލީ އިގުބާލު ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަަތަކެއް ފެތުރި އެވެ.
އެކަމަކު، އެ މައްސަލާގައި ފުލުހުން ބުނީ ފުރުން މަނާކޮށްފައިވާ އަންހެނަކު މެލޭޝިއާ އަށް ފުރާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުކުރަމުން ދަނީ ހަގީގަތާ ހިލާފު މައުލޫމާތެއް ކަމަށެވެ.
އޭގެ ތެރެއިން މިހާރު ވަނީ ފެންޓެނޯއީގެ އަށް ޔުމްނުއާ އެކު ވަތް ރައުދު ހައްޔަރުކޮށްފަ އެވެ. ރައުދު ހައްޔަރު ކުރުމަށް ކޯޓުގައި އަމުރަކަށް އެދުނު އިރު ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ތުހުމަތު ކުރުުމުގެ އިތުރުން އެ ހާދިސާ ހިނގި ވަގުތު އޭނާގެ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތުކޮށްފައިވެ އެވެ.
ރައުދުގެ ބަންދުގެ މުއްދަތު ކޯޓުން މިއަދު ވަނީ ފަސް ދުވަހަށް އިތުރުކޮށްދީފަ އެވެ.
އިތުރު ފަރުވާއަށް ޔުމްނު މެލޭޝިއާއަށް ފުރުވާލައިފި
ޔުމްނުގެ އެންމެ ނާޒުކު ސާޖަރީ ކާމިޔާބު: އާއިލާ
ޓިކްޓޮކްގައި ޔުމްނުއަށް 700،000ރ. ގެ އެހީ
ރާއްޖެ އެތެރެކުރި 3.5 ކިލޯގެ ޑްރަގްސް އަތުލައިގެންފި
ހަތަރު ދިވެއްސަކު އިންޑޮނީސިއާއިން ހިފަހައްޓައިފި
ވައްކަމުގެ ތުހުމަތަށް މެލޭގައި ދިވެއްސަކު ހައްޔަރުކޮށްފި
މެލޭޝިއާގައި ހައްޔަރުކުރި ދެ ދިވެހިން ރާއްޖެ ގެނެސްފި
އިސްލާމީ އުންމަތް ގުޅިގެން ކުރިއަށް ދާން ގޮވާލައްވައިފި
އައިއައިޔޫއެމުން ރައީސަށް އޮނަރަރީ ޑޮކްޓަރޭޓުކަން
ރާއްޖޭގެ ތަރައްގީގައި ބައިވެރިވާން މެލޭޝިޔާއަށް ދައުވަތު