މިދިޔަ މަހުގެ 18 ވަނަ ދުވަހު އިމާރާތެއްގެ ނުވަ ވަނަ ފްލޯއިން ވެއްޓި، ބޮޑެތި ޒަހަމްތަކެއް ލިބުނު ހައްވާ ޔުމްނު ރަޝީދުގެ ހާލު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށް އާއިލާއިން ބުނެފި އެވެ.
04 މެއި 2025
މިދިޔަ މަހުގެ 18 ވަނަ ދުވަހު އިމާރާތެއްގެ ނުވަ ވަނަ ފްލޯއިން ވެއްޓި، ބޮޑެތި ޒަހަމްތަކެއް ލިބުނު ހައްވާ ޔުމްނު ރަޝީދުގެ ހާލު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށް އާއިލާއިން ބުނެފި އެވެ.
މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހުން ފެށިގެން ޔުމްނުއަށް ފަރުވާ ދެމުން އަންނަނީ މެލޭޝިއާގަ އެވެ.
އާއިލާއިން މިރޭ ބުނިގޮތުގައި މިހާރު ޔުމްނު ވަނީ ހޭއަރައިފަ އެވެ. މިހާރު އައިސީޔޫގައި ފަރުވާ ދެމުން އައި ނަމަވެސް އޭނާގެ ހާލު ސްޓޭބަލް ކަމަށް އާއިލާ އިން ބުންޏެވެެ.
ޔުމްނުގެ ހާލަތާ ގުޅިގެން އާއިލާ އިން ބުނި ގޮތުގައި އޭނާއަށް ކާންދިނުމަށް ގުޅާފައި އޮތް ޓިއުބް ވެސް މިހާރު ވަނީ ނައްޓާލައިފަ އެވެ. އަދި އަންނަ ބުރާސްފަތި ދުވަހަށް ޔުމްނުގެ އިތުރު ސާޖަރީއެއް އެބައޮތް ކަމަށް ވެސް އާއިލާއިން ބުންޏެވެ.
އެއީ ޔުމްނުގެ އުނަގަނޑާ ދިމާލަށް ލިބިފައިވާ އަނިޔާއާ ގުޅިގެން ހަދާ ސާޖަރީއެއް ކަމަށް އާއިލާގެ ފަރާތުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ވެ އެވެ.
މަޑުމަޑުން ޔުމްނުގެ ހާލަތު ރަނގަޅުވަމުން އަޔަސް ފާއިތުވި ދެ ދުވަހު އޭނާގެ ފުއްޕާމޭގައި އިންފެކްޝަނެއް އުފެދިގެން އައީ ފަރުވާ ހޯދަމުންނެވެ.
Update on Naana
— Mooch (@mooch3300) May 4, 2025
She’s awake and stable in ICU, but still in deep shock.
Today’s key point: feeding tube is removed. She can now take blended food.
Next surgery is on Thursday to remove fragments from her hip and elbow, and to align the hip.
Recovery is slow but steady.
Last 2…
ޔުމްނު މެލޭޝިއާއަށް ފަރުވާއަށް ގެންދިޔަތާ ހަތަރު ވަނައަށްވީ ދުވަހު ވަނީ އޭނާގެ އެންމެ ނާޒުކު އެއް ސާޖަރީ ވެސް ހަދައިފަ އެވެ. ފަސް ގަޑިއިރަށް ވުރެ އިތުރަށް ހޭދަވި އެ ސާޖަރީއަކީ ޔުމްނުގެ ކަރާ ދިމާލުން މައިބަދައިގެ ކަށިގަނޑުގައި ރެނދެެއް ލާފައި ވާތީ ކުރި ސާޖަރީއެކެވެ.
އާއިލާ އިން ބުނިގޮތުގައި، އެއީ ޔުމްނުގެ އެންމެ ނާޒުކު އަދި އެންމެ ނުރައްކާތެރި ސާޖަރީ އެވެ. އެކަމަކު، އެ ސާޖަރީގެ ކަންކަން ފުރިހަމަކުރީ ވަރަށް އޮމާންކަމާ އެކު ކަމަށް އާއިލާ އިން ބުނެ އެވެ.
ހ. ފެންޓެނޯއީގެ އިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓިފައި އޮއްވާ ފެނުނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު އެވެ. އެ ހާދިސާގައި ލިބުނު އަނިޔާތަކާ ގުޅިގެން ޔުމްނުއަށް ފަރުވާ ދެމުން ފުރަތަމަ އައީ އައިޖީއެމްއެޗުގެ އައިސީޔޫގަ އެވެ.
ދަތުރު ކުރުމުގެ ހުއްދަ ލިބުމުން ޔުމްނުގެ އާއިލާ އިން އޭނާ މެލޭޝިއާ އަށް ގެންދިޔައީ އެ އާއިލާގެ ބައެއް މީހުން ވެސް އެ ގައުމުގައި ދިރިއުޅެމުން އަންނާތީ އެވެ. ޔުމްނުގެ ފަރުވާއަށް ހިނގާނެ ހުރިހާ ހަރަދެއް ހަމަޖައްސައިދޭނެ ކަމަށް ސަރުކާރުން ކުރިން ބުނެފައިވާއިރު، އޭނާ މެލޭޝިއާ އަށް ގެންދަން ބޭނުންވާ 25،000 ޑޮލަރު (385،500ރ.) އެންސްޕާ މެދުވެރިކޮށް ސަރުކާރުން ހަމަޖައްސައިދިނެވެ. އޭގެ ތެރޭގައި ހިމެނެނީ 12 ސީޓުގެ ފައިސާ އެވެ.
ޓިކްޓޮކް ލައިވެއްގައި ވެސް ހަތް ލައްކައަށް ވުރެ ގިނަ ރުފިޔާ އާންމުން ވަނީ ޔުމްނުގެ ފަރުވާއަށް ހަދިޔާކޮށްފަ އެވެ.
ހާދިސާ ހިނގުމުގެ ކުރިން ޔުމްނުއާ އެކު އެންމެ ފަހުން އުޅުނު ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް ހައްޔަރުކޮށް، 10 ދުވަހަށް ބަންދުކޮށްފައިވާއިރު އެ މައްސަލަ ތަހުގީގުކުރުމަށް ރައީސް ވަނީ ރިޔާސީ ކޮމިޝަނެއް ވެސް އުފައްދަވައިފަ އެވެ.
ޔުމްނުއާ ސުވާލުކުރުމުގެ ފުރުސަތެއް އަދި ނުލިބޭ: ޕޮލިސް
ޔުމްނުގެ އެންމެ ނާޒުކު ސާޖަރީ ކާމިޔާބު: އާއިލާ
ޓިކްޓޮކްގައި ޔުމްނުއަށް 700،000ރ. ގެ އެހީ
އިތުރު ފަރުވާއަށް ޔުމްނު މެލޭޝިއާއަށް ފުރުވާލައިފި
ޔުމްނު، ދައުލަތުގެ ހަރަދުގައި ފަރުވާއަށް ބޭރަށްގެންދަަނީ
ރާއްޖެ އެތެރެކުރި 3.5 ކިލޯގެ ޑްރަގްސް އަތުލައިގެންފި
ހަތަރު ދިވެއްސަކު އިންޑޮނީސިއާއިން ހިފަހައްޓައިފި
ވައްކަމުގެ ތުހުމަތަށް މެލޭގައި ދިވެއްސަކު ހައްޔަރުކޮށްފި
މެލޭޝިއާގައި ހައްޔަރުކުރި ދެ ދިވެހިން ރާއްޖެ ގެނެސްފި
ޔުމްނުއަށް އިންސާފު ހޯދަން ޕޮލިސް ކައިރިއަށް އެއްވެއްޖެ