ސޯޝަލް މީޑީއާ ޕްލެޓްފޯމް ޓިކްޓޮކްގައި ކުޑަ އަންހެން ކުއްޖަކު ވިއްކާލަން އިއުލާންކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.
26 އޯގަސްޓް 2025
ސޯޝަލް މީޑީއާ ޕްލެޓްފޯމް ޓިކްޓޮކްގައި ކުޑަ އަންހެން ކުއްޖަކު ވިއްކާލަން އިއުލާންކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.
ފުލުހުން މިއަދު ބުނީ ޓިކްޓޮކް ލައިވްއެއްގައި، 13 އަހަރުގެ އަންހެން ކުއްޖެއްގެ ފޮޓޯ ދައްކައި، އެ ކުއްޖާއާ ގުޅޭ ގޮތުން ހަޑިހުތުރު ވާހަކަދައްކައި އަދި އެ ކުއްޖާގެ ކަރާމާތަށް އުނިކަން އަންނާނެ ފަދަ އަަމަލެއް ހިންގާފައިވާ ކަމުގެ ރިޕޯޓް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ލިބިފައިވާ ކަމަށެވެ.
އެ މައްސަލައިގައި ތުހުމަތުކުރެވޭ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގަށް އެ މީހާގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް މިހާރު ގެންގޮސްފައިވާ ކަމަށެވެ.
އެ މީހާ ވަނީ އެ ކުއްޖާ ވިއްކާލާނެ ކަމަށް ބުނެ، އެ ކުއްޖާގެ ފޮޓޯ ވެސް ޓިކްޓޮކްގައި މިދިޔަ ހުކުރު ދުވަހު އާންމުކޮށްފަ އެވެ. އެ މީހާ ކުއްޖާގެ ފޮޓޯ އާންމުކޮށް ވިއްކާލާނެ ކަމަށް ޖެހީ ކުއްޖާގެ މަންމައާ ޖެހުނު މައްސަލައެއްގައި ކަން ވަނީ އެނގިފަ އެވެ.
އެ މައްސަލަ ފުލުހުންގެ އިތުރުން ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމެންޓް މިނިސްޓްރީއަށް ވެސް ރިޕޯޓްކޮށްފައިވާ ކަމަށް އެ ކުއްޖާގެ މަންމަ ބުނެފައިވެ އެވެ.
ތަކެތި ވިއްކާކަމަށް ބުނެ ސްކޭމް ހިންގި މީހަކު ހައްޔަރު
ހަމަނުޖެހުމަށް ހިތްވަރު ދިންކަމަށް ބުނެ ހައްޔަރު
ގުރޫޕް ކުށްކުރާ ތަންތަނުގައި ތިބޭ ކުދިން ގިނަވަނީ
ކުޑަކުއްޖާއަށް އަނިޔާކުރި ތެރަޕިސްޓުން ހައްޔަރުކޮށްފި
ކުއްޖާއަށް އަނިޔާކުރި މުވައްޒަފުން ވަކިކޮށްފި
ޓިކްޓޮކްގައި ޔުމްނުއަށް 700،000ރ. ގެ އެހީ
އަންނައުނު ބާލުވައިގެން ކޮންމެ މީހެއްގެ ފޮޓޯއެއް ނުނަގާ
އެމްޑީޕީގެ އެކްޓިވިސްޓު ޝާފިއު ފުލުހަށް ހާޒިރުކުރަނީ
ތޮއްޔިބު ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފި
ޗެނަލްތަކަށް ވަތް މީހުންނަށް ފިޔަވަޅު އަޅާނެ: ފުލުހުން