Roadha Mihaaru
މި އަހަރުގެ މިނިވަން ދުވަހު ފުޅަނދުބުރު ބާއްވަނީ

ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު މި އަހަރުގެ މިނިވަން ދުވަހު ފުޅަނދުބުރު ބާއްވަނީ

20 ޖޫން 2022

ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު، މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ފުޅަނދުބުރު ބާއްވަން ސަރުކާރުން ނިންމައި، ތައްޔާރީތައް ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު، މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ފުޅަނދުބުރު ބާއްވަން ސަރުކާރުން ނިންމައި، ތައްޔާރީތައް ފަށައިފި އެވެ.

އެ ފުޅަނދުބުރު މި އަހަރު އޮންނާނެ ކަން ފިޔަވައި، އިތުރު ތަފުސީލެއް ހޯމް މިނިސްޓްރީން އަދި ނުދެ އެވެ. އެކަމަކު ސަރުކާރުގެ ބައެއް ކުންފުނިތަކުން އެ ހަރަކާތަށް މިހާރު ތައްޔާރުވަމުން އަންނަ ކަން ވަނީ އެނގިފަ އެވެ.

ސްޓެލްކޯ އިން މިދިޔަ ބުރާސްފަތި ދުވަހު ވަނީ މިނިވަން ދުވަހަށް ތައްޔާރުކުރާ ފުޅަނދު ހެދުމަށް ބޭނުންވާ ދެ ސައުންޑް ޕްރޫފް ޖެނެރޭޓަރު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިއުލާންކޮށްފަ އެވެ.

މާލެ: ޖުލައި 27، 2019: މިނިވަން ދުވަހުގެ މުނާސަބަތުގައި އެންމެފަހުން ބޭއްވި ފުޅަނދުބުރު: މި އަހަރުގެ މިނިވަން ދުވަހު ވެސް އެ ހަރަކާތް ބާއްވަން ވަނީ ނިންމައިފައި -- ފައިލް ފޮޓޯ: މިހާރު

މާލެ: ޖުލައި 27، 2019: މިނިވަން ދުވަހުގެ މުނާސަބަތުގައި އެންމެފަހުން ބޭއްވި ފުޅަނދުބުރު: މި އަހަރުގެ މިނިވަން ދުވަހު ވެސް އެ ހަރަކާތް ބާއްވަން ވަނީ ނިންމައިފައި -- ފައިލް ފޮޓޯ: މިހާރު

މާލޭގައި އެންމެ ފަހުން ފުޅަނދުބުރެއް ބޭއްވީ ރާއްޖޭގެ 54 ވަނަ މިނިވަންދުވަހާ ދިމާކޮށް 2019 ގަ އެވެ. އެ އަހަރު ވެސް ފުޅަނދުބުރު ބޭއްވީ ތިން އަހަރުގެ މެދުކެނޑުމަކަށް ފަހުގަ އެވެ. އެ އަހަރުގެ ފުޅަނދުބުރުގައި ސަރުކާރުގެ ފަސް ކުންފުންޏަކުން ބައިވެރިވި އެވެ.

ތަފާތު ތީމުތަކަކަށް ފުޅަނދުތައް ހަދައި، މާލޭގެ ބޮޑެތި މަގުތަކުގައި ބާއްވާ އެ ހަރަކާތުގައި އެ އަހަރު ވަނީ ކުޑަކުދިންނާ ގުޅޭ ކާޓޫން ކެރެކްޓާތަކާއި ޖަޒީރާ އަދި ދިވެހިވަންތަކަށް ފެންނަ ފުޅަނދުތައް ދައްކާލައިފަ އެވެ. އެ ހަރަކާތް ބަލައިލުމަށް މާލޭގެ މަގުތަކަށް ގިނަ ބަޔަކު އެއްވި އެވެ.