12 ނޮވެމްބަރ 2019
ރާއްޖެ އަށް މި އަހަރު 1.5 މިލިއަން ޓޫރިސްޓުން ގެންނަން ކަނޑައެޅި ލަނޑުދަނޑި މި ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި ހާސިލް ވުމަކީ ބޮޑު ކާމިޔާބީއެއް ކަމަށް އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ އަށް މި އަހަރު 1.5 މިލިއަން ޓޫރިސްޓުން ގެންނަން ކަނޑައެޅި ލަނޑުދަނޑި މި ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި ހާސިލް ވުމަކީ ބޮޑު ކާމިޔާބީއެއް ކަމަށް އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ އަށް ދޮޅު މިލިއަން ޓޫރިސްޓުން ގެންނަން ކަނޑައެޅި އަމާޒު މި މަހުގެ ފަހު ހަފުތާގެ ތެރޭ ހާސިލްވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
އެމްއެމްޕީއާރުސީން މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއް ގައި އެކަމާ ގުޅޭ ގޮތުން ތޮއްޔިބު ވިދާޅުވީ، ދޮޅު މިލިއަން ޓޫރިސްޓުން ގެނައުމުގެ ލަނޑުދަނޑި ހާސިލް ކުރެވުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވަރަށް ބޮޑު ހިތްވަރަކާއި އެމަނިކުފާނުގެ އިރުޝާދުގެ ތެރެއިން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެކި ގައުމުތަކުގައި ރާއްޖެ އިސްތިހާރު ކުރުމަށް މި އަހަރު ބުރަ މަސައްކަތްތަކެއް އެމްއެމްޕީއާރުސީން ވަނީ ކޮށްފަ އެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް އެކަނި ވެސް ރާއްޖެ އިސްތިހާރު ކުރުމަށް 113 ހަރަކާތެއް ހިންގި ކަމަށް ތޮއްޔިބު ވިދާޅުވި އެވެ.
އެމްއެމްޕީއާރްސީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ، މި އަހަރުގެ ތެރޭގައި 135 ހަރަކާތެއް ހިންގުމަށް ރޭވި އިރު ގިނަ ކަންކަން ކާމިޔާބު ކަމާ އެކު ނިންމާފައިވާ ކަމަށެވެ. އަދި މި އަހަރުގެ ބާކީ ދެ މަސް ދުވަހުގެ ތެރޭގައި ވެސް 30 އަށް ވުރެ ގިނަ ހަރަކާތް ރޭވިފައިވާ ކަމަށް ވިދާޅުވި އެވެ.
މިދިޔަ އަހަރާ އަޅާ ބަލާ އިރު މި އަހަރު ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ ނިސްބަތް ވަނީ 16 ޕަސެންޓް އިތުރު ކުރެވިފަ އެވެ.
ތޮއްޔިބު ވިދާޅުވި ގޮތުގައި، ރާއްޖެ ޕްރޮމޯޓު ކުރުމުގައި ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ލަފަޔާ ހިޔާލު ހޯދި އެވެ. މީގެ އިތުރުން، އެމްއެމްޕީއާރްސީގެ ހިންގުން ފުރިހަމަ ކުރުމަށްޓަކައި ކޯޕަރޭޓް ގަވަނެންސްގެ އުސޫލުތައް ހިފަހައްޓައިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ނުވަދިހަ ޕަސެންޓާ ހަމަޔަށް މި ކަންކަން ބަދަލު ކުރެވިއްޖެ ކޯޕަރޭޓް ގަވަނެންސް އުސޫލާ އެއްގޮތަށް. އައްޔަން ކުރަންޖެހޭ ކޮމިޓީތަކާއި މީހުން އައްޔަނު ކުރެވިއްޖެ. މީގެ ތެރެއިން ވަރަށް ބޮޑު ޗެލެންޖަކަށްވި ޕްރޮކިއުމެންޓް ޕޮލިސީތައް،" ތޮއްިބު ވިދާޅުވި އެވެ.
އެމްއެމްޕީއާރްސީ އަކީ އަބަދުވެސް ވަރަށް ގިނަ މަސައްކަތްތައް އެކި ފަރާތްތަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ކުންފުންޏަކަށް ވާއިރު ޕްރޮކިއުމެންޓް އުސޫލުތައް ރޭވިފައި އޮންނަ ގޮތުން ދަތިތަކާ ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވެ އެވެ.
ރާއްޖެ އިސްތިހާރު ކުރުމަށް އެމްއެމްޕީއާރުސީން ހިންގާ ހަރަކާތްތައް ރާވަނީ، އެ ކުންފުނީގެ މެންބަރުންނަށް އިސްކަން ދީގެން ކަމަށްވާ އިރު، ވީހާވެސް ގިނަ ރިސޯޓުތަކާއި ޓޫރިސްޓް ހިދުމަތްދޭ ތަންތަނަކީ އެމްއެމްޕީއާރުސީގެ މެންބަރުންނަށް ހެދުމަށްޓަކައި މެމްބާޝިޕް ފީ ވަނީ 50 ޕަސެންޓަށް ކުޑަކޮށްފަ އެވެ.
އެމްއެމްޕީއާރުސީގެ މެމްބަރަކަށް ވުމަށްޓަކައި ރިސޯޓުތަކުން ކުރިން ދައްކަމުން އައީ 1،500 ޑޮލަރުގެ ފީ އެކެވެ. އެކަމަކު، އަލަށް ގެނައި ބަދަލާ އެކު އަހަރު ދައްކަން ޖެހޭނީ 750 ޑޮލަރެވެ. މީގެ އިތުރުން، ކުރިން ގެސްޓް ހައުސްތަކާއި ސަޕާރީތަކުން 1،000 ޑޮލަރު ދެއްކި އިރު އަލަށް ގެނައި ބަދަލާ އެކު އެ އަދަދު ވަނީ 250 ޑޮލަރަށް ކުޑަ ކޮށްފަ އެވެ.
އަދި، ކޮންމެ އެނދަކަށް 40 ޑޮލަރު މަގުން ފީއެއް ރިސޯޓުތަކާއި ގެސްޓް ހައުސްތަކުން ކުރިން އައީ ދައްކަމުންނެވެ. މި އަދަދު ވެސް އަންނަ އަހަރުން ފެށިގެން އެމްއެމްޕީއާރްސީ އަށް ދައްކާކަށް ނުޖެހޭނެ އެވެ.
"ފަންސާސް ޕަސެންޓް ޓޫރިސްޓް ރިސޯޓަކީ އަޅުގަނޑުގެ މެންބަރެއް ނޫން. ވީމާ އަޅުގަނޑުމެއްނަށް ދަތިތަކަކާ ދިމާވޭ، މިހާ ބައިވަރު ހަރަކާތްތައް ކުރިއަށް ގެންދާއިރު،" އޭނާ ވިދާޅުވި އެވެ.
ބޯޑަރު ބަންދަސް ޗައިނާގެ މާކެޓު ހޯދަން މަސައްކަތްކުރަނީ
ރާއްޖެ މާކެޓު ކުރެވޭނީ އެންމެންގެ މަސަައްކަތުން:ތޮއްޔިބު
އައިޓީބީ ފެއާގައި އަންނަ އަހަރު ބޮޑުމަސް ފެންނާނެ
"މާސްޓަ ޝެފް" ރާއްޖޭގައި ބާއްވަން މަސައްކަތް ކުރަނީ
"އަހަރު ނިމޭ އިރު އިންޑިއާ ޓޮޕް ތިނަކަށް ގެންނާނަން"
ޗައިނާގައި ރާއްޖެ އިޝްތިހާރުކުރަން ހާއްސަ ހަރަކާތެއް
ޒުވާން ދެމަފިރިންގެ ހަނީމޫން ވީ ސަޕްރައިޒަކަށް
ރާއްޖެ ޕްރޮމޯޓްކުރަން ގަތަރު އެއާވޭސްއިން އެއްބަސްވެއްޖެ
"ލީޑިން ޑެސްޓިނޭޝަން" އެވޯޑް މި އަހަރުވެސް ރާއްޖެއަށް
ޗައިނާގައި ރާއްޖެ އިޝްތިހާރު ކުރަން ބޮޑު ދެ އިވެންޓެއް