13 ޖެނުއަރީ 2021
ޗައިނާގެ ބޯޑަރު ބަންދުކޮށްފައި އޮތަސް ހުއްޓުމެއް ނެތި، އެ ގައުމުގައި ރާއްޖޭގެ ކެމްޕެއިންތައް ކުރިއަށް ގެންދާނެ ކަމަށް އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ޗައިނާގެ ބޯޑަރު ބަންދުކޮށްފައި އޮތަސް ހުއްޓުމެއް ނެތި، އެ ގައުމުގައި ރާއްޖޭގެ ކެމްޕެއިންތައް ކުރިއަށް ގެންދާނެ ކަމަށް އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ އިޝްތިހާރު ކުރަން ހިންގާ ހަރަކާތްތަކާ ގުޅޭ ގޮތުން އޭނާ ވިދާޅުވީ، ޗައިނާއަކީ ރާއްޖެ އަށް މުހިއްމު މާކެޓެއް ކަމަށާއި ކޮވިޑުގެ ކުރިން އޮތް ހާލަތަށް ދިއުމަށްޓަކައި އެ ގައުމުން ޓޫރިސްޓުން އަންނަން ފެށުން މުހިއްމު ކަމަށެވެ.
ޗައިނާގައި އެންމެ ބޮޑަށް ކުރިއަށް ގެންދަނީ އެ ގައުމުގެ މަޝްހޫރު ސޯޝަލް މީޑިޔާ ޕްލެޓްފޯމް "ވީބޯ" އާއި "ވީޗެޓް" ގެ މާކެޓިން ކެމްޕެއިންތަކެވެ. އެ ގައުމުގެ ބޯޑަރު ހުޅުވައިލުމާ އެކު، ފޭމް ޓްރިޕްތަކާއި އެ ނޫން ގޮތްގޮތަށް ކެމްޕެއިންތައް ފަށާނެ ކަމަށް ތޮއްޔިބު ވިދާޅުވި އެވެ.
"މަސައްކަތް މި ކުރަނީ ޗައިނާގެ ބޯޑަރު ހުޅުވައިލާ އިރު ވެސް އެ ގައުމުގައި މަގުބޫލު މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ ބޭއްވުމަށް،" އޭނާ ވިދާޅުވި އެވެ.
ކޮވިޑްގެ ހާލަތުގެ ކުރިން ޗައިނާއަކީ ވަކިވަކި ގައުމުތަކުގެ ތެރެއިން އެންމެ ގިނައިން ޓޫރިސްޓުން ރާއްޖެ އަށް އައި ގައުމެވެ. އެގޮތުން 2019 ވަނަ އަހަރު ޗައިނާ އިން ދެ ލައްކަ އަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އައިސްފައި ވެ އެވެ. އެ ގައުމުން މިދިޔަ އަހަރު އައީ 34،000 ޓޫރިސްޓުންނެވެ. މިއީ މިދިޔަ އަހަރުގެ ފެބްރުއަރީ 5 ވަނަ ދުވަހު ރާއްޖެ އިން ޗައިނާ ޓޫރިސްޓުން އައުން މަނާ ކުރުމާ ހަމައަށް އައިސްފައިވާ ޓޫރިސްޓުންނެވެ. އެ އަށް ފަހު މާޗު މަހު ރާއްޖޭގެ ބޯޑަރު އެއްކޮށް ބަންދުކޮށް، ޖުލައި މަހު ބޯޑަރު އަލުން ހުޅުވައިލި އިރު ވެސް ޗައިނާ އިން އެހެން ގައުމުތަކަށް ދަތުރުކުރުން އޮތީ ހުއްޓާލައިފަ އެވެ.
ކޮވިޑް އެންމެ ފުރަތަމަ ފެތުރެން ފެށި ޗައިނާގެ ބޯޑަރު ހުޅުވާނެ ތާރީހެއް އަދިވެސް އެ ގައުމުން އިއުލާނެއް ނުކުރެ އެވެ.
ޓޫރިޒަމް މިނިސްޓަރު ޑރ އަބްދުﷲ މައުސޫމް ވިދާޅުވެފައި ވަނީ، މި އަހަރު ނިމޭ އިރު 1.5 މިލިއަން ޓޫރިސްޓުން ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ޗައިނާގައި ރާއްޖެ އިޝްތިހާރުކުރަން ހާއްސަ ހަރަކާތެއް
ވެއްޓުނު ރޮކެޓުގެ ވާހަކައިން މައުސޫމު "އަނދައިފި"
ޗައިނާގައި ރާއްޖެ އިޝްތިހާރު ކުރަން ބޮޑު ދެ އިވެންޓެއް
ރާއްޖެ މާކެޓު ކުރެވޭނީ އެންމެންގެ މަސަައްކަތުން:ތޮއްޔިބު
ޗައިނާގެ އެޖެންސީތަކުގެ ދަތުރުތައް މެދުކަނޑާލަނީ
1.5 މިލިއަން ޓޫރިސްޓުން ހަމަވުމަކީ ބޮޑު ކާމިޔާބީއެއް
އައިޓީބީ ފެއާގައި އަންނަ އަހަރު ބޮޑުމަސް ފެންނާނެ
ރާއްޖޭގެ ޓޫރިޒަމް އިސްތިހާރުކުރަން ޗައިނާ އެހީވަނީ
ހަނީމޫނަށް މަރުގެ ނިމުމެއް، ދެއްކީ ހުސް އިހުމާލު!
ޗައިނާ ޓޫރިސްޓުންގެ އަދަދު ދެ ލައްކަ ހުރަސްކޮށްފި